Follow us on
ފޮޓޯ ނަގާ ފިރިހެނުންދެކެ އަންހެނުން މާ ގަޔާވޭ – ދިރާސާ
| ޒިދާން މުޙައްމަދު

ގިނަ އަންހެނުން ޤާބޫލު ކުރާ ގޮތުގައި، ފޮޓޯ ނަގާ ފިރިހެނުން ނުވަތަ ފިރިހެން ފޮޓޯގްރަފަރުންނަކީ ވަރަށް ސްމާޓް ބައެކެވެ.

ކެމެރާއެއް ހިފައިގެން ފިރިހެނަކު ހުރި ނަމަ، އެމީހަކަށް އަންހެނުންގެ ސަމާލުކަން ހުއްޓެއެވެ. ބައެއް އަންހެނުން ބުނާ ގޮތުގައި ފޮޓޯގްރަފީ އަކީ ވަރަށް “ސްމާޓް” ކަމެކެވެ. އެހެންކަމުން ގިނަ އަންހެނުން ފޮޓޯ ނަގާ ފިރިހެނުން ދެކެ ވަރަށް ގަޔާވެއެވެ. މިކަން ވަނީ ދާދި ފަހުން ކުރި ދިރާސާ އަކުން ހާމަކޮށް ދީފައެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި 93% އަންހެނުން ފޮޓޯ ނަގާ ފިރިހެނުންނާއި ގަޔާވެއެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާއި އެކުއެވެ.

ތަނަވަސް މީހެއް ކަމަށް ޤަބޫލު ކުރެވުން.
އާއްމު ގޮތެއްގައި ފެންވަރު ރަނގަޅު ކެމެރާއެއް ބާޒާރުން ގަންނަން ލިބޭ އަޑު އިންތިހާއަށް ބޮޑެވެ. އެހެންކަމުން އަމިއްލަ ކެމެރާއެއް ގެންގުޅޭނީ ފުދޭ ވަރެއްގެ ތަނަވަސް ކަމެއް ހުރި މީހެއް ކަމަށް އަންހެނުންނަށް ގަބޫލު ކުރެއެވެ. މިއީ އެ ފިރިހެނުންދެކެ ގަޔާވާން ދިމާވާ އެއް ސަބަބެވެ.

ފޮޓޯ ތަކުގެ ސަބަބުން.
ނަގާ ފޮޓޯ ތަކުގެ ހިތްގައިމު ކަމުންނާއި މޮޅު ކަމުން އެ ފޮޓޯ ނަގާ މީހާއާއި ގަޔާވެވޭ ތަން އާދެއެވެ. އާންމުކޮށް ދިމާވާ މައިގަނޑު ސަބަބަކީ މިއީ ކަމަށް ދިރާސާއިން އެނގެއެވެ.

ކެމެރާދެކެ ލޯބިވުން.
ކެމެރާދެކެ ވާލޯބި ފޮޓޯ ނަގާ މީހާދެކެވެސް ވާ ފަހަރު އާދެއެވެ. އެގޮތުން 75% އަންހެނުންނަށް މި ސަބަބާ ހުރެ ފޮޓޯ ނަގާ ފިރިހެނުން ދެކެ ގަޔާވެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ަަައެނޮނީމަސް

    މިއަކީ ވަރަށް ބޮޑު ތެދެއް.

  2. Anonymous

    ހާދަ ތާކުންތާކު ނުޖެހޭ ލިޔުމެއް. ދިރާސާ އޯ! ދިރާސީ ލިޔުމެއްގެ އެއްވެސް ކަމެއް މީގަ އެބަ އޮތްބާ؟ އެއްޗެއް ޕަބްލިޝްކުރެވެނިކޮށް ނިމުނީ ދޯ

  3. ފުވައްބެ

    ތާކުން ތާކުން ނުޖެހޭ ލިޔުމެއް…. 🤷‍♂️