Follow us on
ވަރަށް ލޯބިވޭ!
| ޒިދާން މުޙައްމަދު

ސުރުޚީގައި “ވަރަށް ލޯބިވޭ” އޭ އޮތީމަ ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟ މި އުޅެނީ ކޮންމެވެސް ލޯބީގެ ވާހަކައެއް ދައްކާށެވެ. ނޫން ހެއްޔެވެ؟ އެކަމަކު މިފަހަރު ތިއީ ކުށްހީއެކެވެ. މިއީ ލޯބީގެ ވާހަކައެއް ނޫނެވެ. މިއީ ތަފާތު ވާހަކައެކެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ރަމަޟާން މަހާއި ދިމާކޮށް ޒުވާން ކުދިންތަކެއް ހިންގަމުން އަންނަ ވައިބާ ގުރޫޕެއްގެ ވާހަކައެވެ. އެކި އަހަރު ތަކުގައި އެކި ނަމުން ހިންގި މި ޕަބްލިކް ގުރޫފަށް މިއަހަރު ދީފައި ވާ ނަމަކީ “ވަރަށް ލޯބިވޭ” އެވެ.

ކޮންމެ އަހަރަކުވެސް ތަފާތު ހަރަކާތްތަކަކާއިއެކު ކުރިއަށް ގެންދާ މި ގުރޫޕުން މިއަހަރުވެސް ތަފާރު ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ ގުރޫޕުގެ އެޑްމިން ޓީމުން މައުލޫމާތު ދެއެވެ. އެގުތުން ގުރޫޕް މެންބަރުންނަށް ހުޅުވާލައިގެން ފޮޓޯގުރަފީ މުބާރާތަކާއި، ލަވަބާޒީ، އަދި ވޮއިސް ޗެލެންޖް ފަދަ މަޖާ ހަރަކާތް ތަކެއް ކުރިއަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ.

“މި އަހަރު އެހެން އަހަރުތަކާއި ހިލާފަށް މެންބަރުންގެ އަދަދު ގިނަވެފައި ފޯރި ގަދަވާނެ…” ގުރޫޕުގައި އިސްކޮށް  އުޅޭ ފަރާރަކުން ބުންޏެވެ.

މިއީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ބައިވެރި ވެވޭ ގޮތަށް އާމުންނަށް ހުޅުވާލާ ގުރޫޕެކެވެ. ގުރޫޕަށް ޖޮއިން ކުރުމަށް، ފުރިހަމަ ނަން، އުމުރު އަދި ދިރިއުޅޭ ރަށް، “ވަރަށް ލޯބިވޭ ވައިބާ ގުރޫޕް”ގެ ފޭސްބުކް ޕޭޖަށް ފޮނުވާލާށެވެ. ނުވަތަ 9877233 އަށް ވައިބާ ކުރުމަށް އެ ގުރޫޕުގެ ހިންގާ ކޮމެޓީއިން އެދެއެވެ.

މި ގުރޫޕުގެ މައިގަނޑު ބޭނުމަކީ ރޯދަ މަހު ރޯދަ ކުރުކޮށް ލުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަހުންނާއި އުހްތުންނާއި އެކުވެރިކުވެރި ވެ ގުޅުން ބަދަހި ކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ީއަލާ

    😂😂