Follow us on
އިހު ދިވެހިންގެ މާހެފުން – އިސްރަށްވެހިންގެ ދުލުން!
| އަޙުމަދު އަނަސް

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިން މާހެފުން ހެދުމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައިގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ. އެހެނަސް ޒަމާނަށް އަންނަ ތަރައްގީއާއެކު ދިވެހިންގެ ތެރޭގައި މާހެފުން ފާހަގަކުރާ ގޮތަށްވެސް ބަދަލުތަކެއް އެބަ އާދެއެވެ.

ކާބަފައިންގެ ޒަމާނުގައި މާހެފުން ފާހަގަކުރި ގޮތް 21 ވަނަ ގަރުނުގެ މީހުނަށް ނޭނގިދާނެއެވެ. އެހެނަސް މިއިން ކަމެއް ހޯދައި ބަލައިލުމުން އޭރު މާހެފުން ފާހަގަކުރީ ކިހާ “ސަޅި” ގޮތަކަށްކަން ރަނގަޅަށް އެނގި ފަހުމުވާނެއެވެ.

ޒަމާނީ މާހެފުން ހަދާއިރު މާހެފުމަށް ތައްޔާރުވަނީވެސް ހަމަ މާހެފުން ހަދާ ދުވަހުއެވެ. އެހެނަސް ކުރީ ޒަމާނުގައި މާހެފުން ހެދުުމަށް ތައްޔާރުވާން ފަށަނީކީ މާހެފުން ހަދާދުވަހަކު ނޫނެވެ. އެދުވަހުގެ ކުރީ ދުވަހަކުވެސް ނޫނެވެ. މާހެފުން ހަދާ ދުވަހުގެ ދެ ހަފްތާވަރު ކުރިން ފެށިގެން މާހެފުން ހެދުމަށް ތައްޔާރުވާން ފަށައެވެ.

މާހެފުން ދުވަހަށް ހަދާ ދެ ހެދިކާއެއް ( ރުއްބުޑި އާއި އޮނަފޮޅި ) — ފޮޓޯ: އަލީ އިވާޝް

މާހެފުން ހަދާ ދުވަހުގެ ކުރިން ހަނޑޫ އަވީގައިލުމަށްފަހު ހަނޑޫ މާއަރުވާފައި ހުންނާނެއެވެ. އޭރު ދިޔާހަކުރު ގެނެސް ފުޅި ފުޅިއަށް އަޅައި ރައްކާކޮށްފައި ހުންނާނެއެވެ. އަދި މާއެރުވި ހަނޑުލުގައި ހަކުރުލައި، ގުޅަ ގުޅައަށް ވަށައި ރައްކާކޮށްފައިވެސް ހުރެއެވެ. ހަމައެއާއެކު ހިއްތަލަ ފުށުން ހަދާފައި ހުންނަ ވައިފޮޅީގައިވެސް ހަކުރުލައި ރައްކާކޮށްފައި ހުންނާނެއެވެ. އަދި މީގެއިތުރުން މާހެފުން ދުވަހުގެ ހެނދުނުގައި ރުއްބުޑިއާއި އޮނަފޮޅި ކިޔާ ދެ ހެދިކާއެއް ތައްޔާރު ކުރެއެވެ.

ރުއްބުޑި އާއި އޮނަފޮޅި ހަދާ ގޮތް:

How Onafolhi and Ruhbudi is made

Do you know, "Onafolhi" and "Ruhbudi" is a special dessert which is made before the first day of Ramadan as "Maahefun" by our forefathers. Here is how it is made….#LaamunRoadha #FaanoozRoadha

Posted by Faanooz on Saturday, 4 May 2019

އަންހެންވެރިން މިކަންކަން ކުރާއިރު ފިރިހެންވެރިން ބޯދަށަށް ރޭޑިޔޯ ލައިގެން ނިދަން ތިބެނީކީ ނޫނެވެ. އެމީހެއްގެ ގޭގެ ހިސާބުގަނޑުގެ ހުރިހާ ހަރު ވަރުގެ ފިރިހެނުން މާހެފުން ދުވަހަށް ތައްޔާރުކުރާ ޚާއްޞަ އޮޑިއެއް ކަމަށްވާ “މާހެފުން އޮޑި” އެޅުމުގައި ހޭބޯނާރާ އުޅޭނެއެވެ. މިގޮތަށް އޮޑި އަޅާއިރު އެބަޔަކު އަޅާ އޮޑިއަކީ އެރަށެއްގައި އެޅޭ އެންމެ ބޮޑު އޮޑިއަށް ހެދޭތޯ މަސައްކަތްކުރެއެވެ. ހަރުވަރުގެ ފިރިހެންވެރިން ގެއެއްގައި އޮޑި އެޅުމުގައި ހޭބޯނާރާ އުޅޭއިރު ޒުވާން ނޫކަށިފުރައިގެ ކުދިން މޫދުގައި މާހެފުން އޮޑިއެއްއެޅުމުގައި އުޅޭނެއެވެ.

މާހެފުން އޮޑި ހަދާގޮތް:

How Maahefun Odi is made

Maahefun odi, which resembles a "dhoani" is a hut made on the day before Ramadan, "Maahefun dhuvas" to sell the produts also known as "Maahefun" made on that day….#LaamunRoadha #FaanoozRoadha

Posted by Faanooz on Friday, 3 May 2019

މާހެފުން ދުވަހުގެ އިރުއެރުމާއިއެކު ރަށުގެ ކުދިބޮޑު އެންމެން މޫދަށްއެރި މާހެފުން ކެއުމާއި ކުރުނބާ ބުއިމުގައި ވަގުތު ހޭދަ ކުރެއެވެ. ކުރުނބާ ގަންނާނީ މާހެފުން އޮޑިންނެވެ. މާހެފުން އޮޑިން ކުރާ ވިޔަފާރީގައި ބޭނުންކުރާނީ ގޭގައި ތައްޔާރުކުރާ މާހެފުމެވެ. މިގޮތުން ހަކުރުލީ ގުޅައަކަށް ކުރުނބައެއް ނުވަތަ އޮނަފޮޅިއަކާއި ރުއްބުޑިއަކަށް ކުރުނބައެއްފަދަ އަގުތަކެއް ހުރެއެވެ.

މިއީ ދިވެހިންގެ އާދަކާދަޔާއި، މަސައްކަތްތެރިކަމާއި އަދި އެއްބައިވަންތަކަން އަނގައިދޭ ކަމެކެވެ. ނަމަވެސް މިއަދު މިފަދަ ކަންކަން މިހެރަ އުވެމުން ދަނީއެވެ މިކަންކަމަކީ މާލޭގައި އުޅޭ މީހުނަށް ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ. އެހެނަސް ރާއްޖެތެރޭގައި އުޅޭ މީހުނަށް ހިތްވަރެއް ހުރެއްޖެނަމަ މިކަން ކޮށްލުމަކީ އެހާ ބުރަ މަސައްކަތަކަށް ނުވާނެއެވެ. މިއަހަރު ނުވިއެއްކަމަކު ދެން އަންނަ އަހަރެއްގައި މާހެފުން އޮޑިއެއް އެޅުމާމެދު ވިސްނާލުން މުހިންމެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މޮހޮނދު

    “ސަޅި” މި ބަހުގެ މާނައަކީ ބޮޑާ ނުވަތަ ކިބުރުވެރި، ދެން ފަހަރަކުން ލިޔާއިރު ލިޔުންތެރިޔާ މި ފަދަ ކަންކަމަށް ސަމާލުކަން ދޭނެ ކަމަށް އުންމީދު ކުރަން.