Follow us on
30 ދުވަހު، 30 ވާހަކަ ލިޔާ ޗެލެންޖެއް!
| އަޙުމަދު އަނަސް

ރޯދަ ކުރުކޮށްލަން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ޓީވީ ބަލަނި ހެއްޔެވެ؟ ނުވަތަ އެއްޗެސް ކިޔާލަނި ހެއްޔެވެ؟ ކިޔަން ބޭނުންނަމަ ކިޔަންވީ ވާހަކަ.ކޮމް އެވެ. ލިޔަން ބޭނުންނަމަވެސް ހަމަ ވާހަކަ.ކޮމް އެވެ.

ވާހަކަ.ކޮމް އިން މިރަމަޟާން މަހާއި ދިމާކޮށް އަނެއްކާވެސް މިފެށީ މުޅިން އާ ޗެލެންޖެކެވެ. މީގެ ކުރިން ކުރިޔަށް ގެންދިޔަ ޗެލެންޖުތަކާއި ތަފާތު ޗެލެންޖެކެވެ.

“#30daywritingchallenge” ގެ ނަމުގައި ވާހަކަ.ކޮމް އިން ކުރިޔަށް ގެންދާ މިޗެލެންޖު ތަފާތުވާ ސަބަބުތައް ބައިވަރެވެ. މި ޗެލެންޖުގައި ކޮންމެ ބައިވެރިއެއްވެސް ރަމަޟާން މަހުގެ 30 ދުވަހު، ކޮންމެ ދުވަހަކު ވާހަކައެއް ލިޔަން ޖެހެއެވެ. ވާހަކަ ލިޔުމުގައި އެންމެ ދުވަހެއް ދޫކޮށްލިއަސް އެހާ ހިސާބުން އެމީހަކު މުބާރާތުން ބޭރުވީއެވެ. މިޗެލެންޖަކީ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ޗެލެންޖެކެވެ.

މި ޗެލެންޖް ފުރިހަމަ ކުރާ ކޮންމެ ފަރާތަކަށް ޚާއްސަ އިނާމެއް އޮންނާނެ ކަމަށާއި އަދި އެފަރާތްކުގެ ތެރެއިން 1، 2 އަދި 3 ވަނަ ހޮވޭ ފަރާތްތަކަށް ވަރަށް އަގުހުރި އިނާމްތަކެއް އޮންނާނެކަމަށް ވާހަކަ.ކޮމް އިން ބުނެއެވެ. މުބާރާތުގެ 1، 2 އަދި 3 ވަނަ ހޮވުމުގައި ޖަޖުންގެ މާރކްސްގެ %75 އަދި ވާހަކައަށް ލިބިފައިވާ ލައިކްސްއަށް 25 އިންސައްތައަށް ބެލޭނެ ކަމަށް ވާހަކަ.ކޮމް އިން މައުުލޫމާތުދެއެެވެ.

30 Day Writing Challenge

Here’s everyone’s favorite Fubu telling you all about our #30DayWritingChallenge! We’d like to thank Lapshopp, Coffee Lab Maldives, Family Room by Coffee Lab Maldives , Thoum MIND for their generous contribution to Vaahaka and our writers. Your enthusiasm to promote local talent and literature is much appreciated! Alright guys, check out this video. Who knows, you might even get some tips to get you through the challenge! 💙Vaahaka.com/30day

Posted by Vaahaka on Monday, 14 May 2018

ވާހަކަ.ކޮމްގެ މިޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުގެ 1 ވަނަ އަށްދާ ފަރާތަކަށް ލެޕްޝޮޕް ގެ ފަރާތުން ވަނީ އެސުސް ބްރޭންޑްގެ ލެޕްޓޮޕްއެއް ހުށައަޅާފައެވެ. އަދި 2 ވަނައަށް ވާހަކަ.ކޮމް ގެ ފަރާތުން ކިންޑަލް ފަޔާރ އެއް ހުށައަޅާފައިވާއިރު ކޮފީލެބް އިން ވަނީ 3 ވަނަ އިނާމަކަށް ޕޯޓަބަލް އެކްސްޕްރެސޯ ކޮފީ މޭކަރ އެއް ހުށައަޅާފައެވެ. 1، 2 އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ތޫމް ރެސްޓޯރަންޓް އިން ވަނީ ހާއްސަ މީލްއެއްވެސް ހުށައަޅަފައެވެ. މީގެ އިތުރުންވެސް ޗެލެންޖް ފުރިހަމަ ކުރާ ހުރިހާ ފަރާތްތަކަށް ފެމެލީ ރޫމް އިން ހާއްސަ ކޫޕަނަކާއި ވާހަކަ ޕަބްލިޝަރ އިން ޝާއިއުކުރި ބަސްނާފުށި ވާހަކަ ފޮތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިވަރު ޗެލެންޖެއް ދުށިންހެއްޔެވެ؟ ލެޕްޓޮޕް ހޯދަން ނުވަތަ ކިންޑަލް ފަޔާރ ހޯދުމަށް އަވަހަށް ލިޔަން ފަށަންވީއެވެ.

ޚިޔާލު ފާޅުކުރައްވާ