Follow us on
ފާނޫޒު ބަދިގެ: ބިސްކަޓް ޕުޑިންގ
| ފާނޫޒް.ކޮމް

ބޭނުންވާ ތަކެތި
* 3 ބިސް
* 5 މޭޒުމަތީ ސަމުސާ ހަކުރު
* 2 މޭޒުމަތީ ސަމުސާ ބަޓަރ
* 3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
* 1 ޖޯޑު ފުލް ކްރީމް މިލްކް
* މާރީ ބިސްކޯދު

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ބިސް، ހަކުރު، ބަޓަރ އަދި ކޮކޯ ޕައުޑަރ ކްރީމް އަށް ވަނެދެން މިކްސް ކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް ކްރީމް ލޭޔާއެއް ރީތިކޮށް އެއްވަރަށް އަޅާލާށެވެ. ދެން ކުޑަ ތައްޓަކަށް ފުލް ކްރީމް މިލްކް އެޅުމަށްފަހު ބިސްކޯދު ފޯކޮށްލާށެވެ. އަދި އެއަށްފަހު ޓްރޭއަށް އަޅާފައިހުރި ކްރީމް ލޭޔާގެ މަތީގައި ބިސްކޯދު އަތުރާލާށެވެ. އެގޮތަށް ޓްރޭ ފުރެންދެން ލޭޔާ ކުރަމުން ގެންދާށެވެ. އަދި ލޭޔާކޮށް ނިމުމުން ޓްރޭ ފްރިޖް އަށް ލާ ފިނިކޮށްލާށެވެ.

ޚިޔާލު ފާޅުކުރައްވާ