Follow us on
ފާނޫޒު ބަދިގެ: ގަބުޅި މަސްހުނި
| ފާނޫޒް.ކޮމް

ބޭނުންވާ ތަކެތި
* 1 މަސްދަޅު
* 2 ތަށި ގަބުޅި (ސަމުސައަކުން ކަހާފައި)
* 1 ގިތެޔޮ މިރުސް (ކޮށާފައި)
* 0.5 ފިޔާ (ކޮށާފައި)
* 0.5 ލިނބޯ
* ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް
ފިޔައި، މިރުސް، ލިނބޯ އަދި ލޮނު ކޮޅު އެއްކޮށްލާށެވެ. މަސްދަޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ގަބުޅިކޮޅު އަޅާލުމަށްފަހު އަނެއްކާވެސް އެއްކޮށްލާށެވެ. މިހާރު މިހުރީ ގަބުޅި މަސްހުނި މޮޑެވިފައެވެ. ރޮއްޓާއިއެކު މިއީ ހަމަ މަރެކެވެ.

ޚިޔާލު ފާޅުކުރައްވާ