Follow us on
ރޯދަ ވީއްލަން ދާނީ ކޮންތަނަކަށް ބާ؟
| އަޙުމަދު އަނަސް

ސޭންޑްވިޗެއް ކާލާނަމޭ ހިތައި ރެސްޓޯރެންޓް އަކަށް ގޮސް ސޭންޑްވިޗް އަކަށް އޯޑަރު ކޮށްލުމުން ނިކަން އަވަހަށް ގެންނާނެއެވެ. އެހެނަސް ޓޮމާޓޯ މަދުވެދާނެއެވެ. ނުވަތަ ޗީޒް މާގިނަ ވެދާނެއެވެ. ދުވަހަކުވެސް ހިތްރުހޭ ވަރުގެ ސޭންޑްވިޗެއް ކާކަށް ނުލިބެއެވެ. މަގޭ ސޭންޑްވިޗް މަ ބޭނުން ގޮތަށް ކާން ލިބޭނެ ނަމައޭ އެވަގުތު ހިތަށް އަރައެވެ.

ހާސްވާނެ ކަމެއް ނެތެވެ. މިހާރު “މަގޭ ސޭންޑްވިޗް މަ ބޭނުން ގޮތަކަށް” ހަދާލެވޭނެއެވެ. މިދައްކަނީ ޖަނަވަރީ ހިނގުން (ދަރުބާރުގެ ކުރިމަތި ގޯޅި) ގައި ހުންނަ ކުޑަކުޑަ އެކަމަކު ރީތި ކެފޭ އެއްގެ ވާހަކައެވެ. އާނއެކެވެ! ސޭންޑްވިޗް ބާގެ ވާހަކައެވެ.

ދިވެހިންގެ ތެރެއަށް މި އާ ޚޔާލު ގެނެސް ފައްކާކޮށްލީ ތިން އެކުވެރިން ކަމަށްވާ އަލީ މަޝާރް މުސްތަފާ އާއި ސައްމާން ޝަމީމް އަދި އަލީ ހަމީޒެވެ. ސޭންޑްވިޗް ބާ އުފެދިގެން އައީ މެލޭޝިއާގައި ކިޔަވަން ތިބެ ސައްމާން އަދި މަޝާރަށް އައި ހިޔާލެއް މާލެ އައިސް އަލީ ހަމީޒަށް ކިޔަިދީ، އެ ހިޔާލު ފައްކާވެގެންނެވެ. ސޭންޑްވިޗް ބާއަކީ ތަފާތު ކަންކަން ތަޢާރަފުކުރަމުންދާ ބައެކެވެ. މި ރަމަޟާން މަހާއި ދިމާކޮށް އަނެއްކާވެސް މިއޮތީ ސޭންޑްވިޗް ބާގެ ތަފާތު ކަމެކެވެ.

މިފަހަރު މިއޮތީ ބާ ރޯދަ ވީއްލުމެވެ. ބާގެ ރޯދަ ވީއްލުން ތަފާތުވާ ސަބަބުތައް ބައިވަރެވެ. އެގޮތުން ބާގެ ރޯދަ ވީއްލުމުގެ އަގަކީ އެހެން ރެސްޓޯރެންޓް ތަކުގެ ރޯދަ ވިއްލުމުގެ އަގަށްވުރެ މާބޮޑަށްވެސް ހެޔޮ އަގެކެވެ. ބާ ރޯދަ ވީއްލުމުގައި ހިމެނެނީ އެމީހަކު ބޭނުންވާ ވައްތަރެއްގެ ސޭންޑްވިޗް، “ބާ ޕީސް”، “ރޯސް ބާން”، “ބާއްޒާ”، އަދި ބޯނެ އެއްޗެކެވެ. ބާގެ ރޯދަ ބީއްލުމުގައި ހުންނަނީ މީހާ ރަނގަޅަށް ކާލާފައި އިސްރާފު ނުވާ ވަރަށެވެ. އެންމެ 165 ރުފިޔާއަށް މިހުރިހާ އެއްޗެއް ލިބޭއިރު މީތި ކިހާ ސަޅި ހެއްޔެވެ. އަދި އޭގެއިތުރުން ގުރޫޕް ރޯދަ ވީއްލުން ތަކަށް މީހުންގެ އަދަދަށް ބާލާފައި ޑިސްކައުންޓް ދެވޭނެ ކަމަށް ސޭންޑްވިޗް ބާއިން ބުނެއެވެ.

މީގެ އިތުރުން  މިރަމަޟާންމަހު ސޭންޑްވިޗް ބާއިން ޑެލިވާވެސް ކޮށްދެއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 10 އިން ހަވީރު 4 އަކާއި ހަމައަށް ބާއަށް އޮންލައިންކޮށް އޯޑަރ ކުރެވޭނެއެވެ. އަދި އޯޑަރ ކުރައްވާ ފަރާތްތަކަށް ހަރީރު 5:30 ގެ ކުރިން ޑެލިވާ ކޮށްދެވޭނެއެވެ. މީގެ ސަޅި ތަންކޮޅަކީ، ޑެލިވަރީ އަށް އަގެއް ނުނަގާކަމެވެ.

މި ރަމަޟާންމަހު ބާއިން ވިއްކާ “ބާ ޕީސް” ތަށިވެސް ލިބެން ހުންނާނެއެވެ. ބާތަށީގެ އަގު އުޅެނީ 250 އާއި 450 އާއި ދެމެދުގެ އަގުތަކެއްގައެވެ. 7 އިންޗި ޑައިމީޓާރގައި ހުންނަ ބާ ތައްޓަކީ ރޯދަ ވީއްލަން އެންމެ ފައްކާ ފޮނި ކާއެއްޗެވެ.

މި ރަމަޟާން މަހު ސޭންޑްވިޗް ބާއިން ރޯދަ ވީއްލާ އެތައް ބަޔަކު އެބައުޅެއެވެ. އެ އެންމެނަށްވެސް ބާ ރޯދަ ވީއްލުން ވަރަށް ކަމުދެއެވެ. މި ރަމަޟާންމަހު ތިބާވެސް ސޭންޑްވިޗް ބާ ރޯދަ ވީއްލުމުގެ އަޖުމަ ބަލައިލަން ވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ