Follow us on
ފާނޫޒު ބަދިގެ: އޯރިއޯ ޗީޒް ކޭކު
| ފާނޫޒް.ކޮމް

ބޭނުންވާ ތަކެތި
* 10-12 ވެނީލާ އޯރިއޯ ބިސްކޯދު
* 2 މޭޒުމަތީ ސަމުސާ މެލްޓެޑް ބަޓަރ
* 100ގ ކްރީމް ޗީޒް
* 3 މޭޒުމަތީ ސަމުސާ އައިސިން ޝުގަރ
* 4/1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
* ވިޕިންގް ކްރީމް 250ml

ތައްޔާރުކުރާނެ ގޮތް
އޯރިއޯތަށް ހިމުން ކޮއްލުމަށްފަހު މެލްޓް ކޮށްފައިހުރި ބަޓަރކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަށް އަޅާލާށެވެ. ދެން ކްރީމް ޗީޒް ކޮޅާ އައިސިންގް ޝުގަރ އަދި ވެނީލާ އެސެންސް ކޮޅު ރަނގަޅަށް އެއްކޮށްލާފައި އޭގެ ތެރެޔަށް ބްލެންޑްކޮށްފައި ހުރި ވިޕް ކްރީމް ކޮޅު އަޅާލާށެވެ. އޯރިއޯ ބިސްކޯދު ކޮޅެއް ހިމުން ކޮއްލާފައި ކްރީމް ޗީޒް ތެރެޔަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން ޓްރޭއަށް އަޅާފައި ހުރި އޯރިއޯ ބިސްކޯދުތަކުގެ މަތީގައި މިކްސް ކުރި ކުރީމް ޗީޒްތައް ޓްރޭ ފުރެންދެން އަޅާށެވެ. ދެން އޭގެ މައްޗަށް އޯރިއޯ ބިސްކޯދު ކޮޅެއް ހިމުން ކޮށްލާފައި އަޅާލާށެވެ. އެއަށްފަހު ފްރިޖްގައި 2 ގަޑިއިރު ވަންދެން ފިނި ކޮށްލަން ބަހައްޓާށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ޙައްވާ

    👍