Follow us on
ރާމޯސް އަށް ވަރަށް ސަލާމް…..
| އަޙުމަދު އަނަސް

ކުޅިވަރުގައި އަނިޔާ ލިބެއެވެ. އަނިޔާ ކުރަންވެސް ކުރެއެވެ. އެކަމަކު މިއީ ބޮޑުވަރެއް ނޫން ހެއްޔެވެ!

ރިއަލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް ސަލާހުއަށް ކުރި ފައުލް އެއްގެ ސަބަބުން ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިޔާކަމަށްވާ އެ ޓީމްގެ ފޯވާޑް މުޙައްމަދު ސަލާޙްއަށް މިވަނީ މެޗު ނުކުޅެވޭވަރަށް އަނިޔާ ވެފައެވެ. ސަލާހު މެޗު ދޫކޮށްލަން ޖެހުނީ ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ރިއަލް މެޑްރިޑުގެ ޑިފެންޑަރު ސާޖިއޯ ރާމޮސް

ސަލާހު އަށް އަނިޔާވެފައިވާއިރު މިއީ ލިވަޕޫލްގެ އިތުރުން އަންނަ މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕްގައި ވާދަކުރާ މިސްރުގެ ޓީމަށް ވެސް ލިބޭނެ ހިތާމަވެރި ހަބަރެކެވެ. ސަލާހު އަށް އަނިޔާވުމާއެކު ސަލާހުގެ ސަޕޯޓަރުން އަންނަނީ މީސް މީޑިޔާގައި އެކަމާއި ހިތާމަކުރަމުންނެވެ. އަދި ރާމޯށް އާއި ދިމާއަށް އެއްޗެހިވެސް ގޮވަމުންނެވެ. އެގޮތުން އެތައްބަޔަކު ރާމޯސް އަކީ އަނިޔާވެރިއެއްކަމަށް ގޮވަމުން އެބަދެއެވެ.

ސަލާހު އަންނަނީ  މި ސީޒަނުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސަލާހު ވަނީ މި ސީޒަނުގައި ލިވަޕޫލް އަށް ކުޅެދިން 51 މެޗުގައި 44 ގޯލު ކާމިޔާބުކޮށްދީފައެވެ.

ކުޅިވަރުގައި އަނިޔާކުރުމަކީ އާންމުކަމެކެވެ. އަދި ޚާއްޞަކޮށް ފުޓުބޯޅައިގައި މިއީ އާދަޔާއި ޚިލާފަށް ގިނަ ކަމެކެވެ. ފައުލް ހޯދުމަށް ޖަހާ މަޅިއެއްގެ ގޮތުގައިވެެސް ފުޓުބޯޅައިގައި އަނިޔާކުރެއެވެ. ސަލާހު އަށް ސަޕޯޓުކުރާ އެންމެން މިހާރު ތިބީ ރަތަށް އަރާފައެވެ. އެންމެންވެސް ދުޢާކުރަނީ މެޗު ނިމުމުގެ ކުރިން ސަލާހު އެނބުރި އައުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މީމު

    ރިއަލްގެ ގިނަ ކުޅުންތެރިންނަކީ ވަރަށް އަނިޔާކުރާ ކުޅުންތެރިންތަކެއް! ޚާއްސަކޮށް ރާމޯސް ފާހަގަވޭ!