Follow us on
އަލީ ބަނާތު: ކެންސަރަކީ ހަދިޔާ އެއް ކަމަށް ގަބޫލުކުރި މަހުޖަނު!
| އަޙުމަދު އަނަސް

އޮސްޓްރޭލިއާގެ ހުޅަނގު ދެކުނު އަވަށަކަށް ނިސްބަތްވާ އަލީ ބަނާތަކީ އުމުރުން 33 އަހަރުގައި ކާމިޔާބު ދެ ވިޔަފާރިއެއް ހިނގަމުން އައި މިލިއަނަރެކެވެ. އުޅެމުން އައީ ޝާހީ ދިރިއުޅުމެކެވެ. މިލްކިއްޔާތުގައި އަގުބޮޑެތި އެތައް އެއްޗެސް ހުއްޓެވެ. އެހެނަސް އޭނާގެ ހަޔާތް ބަދަލުވެގެން ދިޔައެވެ. ލިބުނު ހަދިޔާއެއްގެ ސަބަބުންނެވެ.

“އަޅުގަނޑަށް ވަނީ ހަދިޔާ އެއް ލިބިފައި. އެއީ ކެންސަރު” އޮސްޓްރޭލިއާގެ ޒުވާނެއް ކަމަށްވާ އަލީ ބަނާތު ލޮލުން ކަރުނަ އޮހެރޭ ހާލަތުގައި ބުންޏެވެ. އެ ޒުވާނާ އަށް އެފަދަ އަސަރެއް ކުރީ ކީއްވެ ހެއްޔެވެ. އޭނާ ކެންސަރަކީ ހަދިޔާ އެއް ކަމަށް ބުނީ ކީއްވެ ހެއްޔެވެ.

ކެންސަރަކީ ހަދިޔާއެއް ކަމަށް ދެކި މިލްކިއްޔާތު ހުސްކޮށްލި އަލީ ބަނާތު — ފޮޓޯ: ގޫގުލް

އެ ވާހަކަތައް ކިޔައިދިނުމުގެ ހަތަރު މަސް ކުރިން އޭނާ އަށް ކެންސަރު ޖެހުނެވެ. އަދި އެކަން އޭނާ އަށް އެނގުމުން އަލީގެ ހުރިހާ މުދަލެއް އެހެން މީހުންނަށް ހަދިޔާ ކުރިއެވެ. އަލީގެ ފެރާރީ ކާރުގެ އަގަކީ ހަ ލައްކަ ޑޮލަރެވެ.  ރޮލެކްސް ގަޑި ތަކާއި އަގުބޮޑެތި ހަދިޔާ އެވެ. ހަމައެކަނި އޭނާގެ އަތުކުރީގައި އަޅާ ބްރެސްލެޓްގެ އަގަކީ 60 ހާސް ޑޮލަރެވެ. އަގު ބޮޑެތި ބޫޓްތަކާއި ފައިވާނާއި އެހެނިހެން ތަކެއްޗެވެ. އަދި އޭނާގެ އަތުގައި ހުރި އަގު ބޮޑު ގިނަ އައިނުތަކެއް އެފްރިކާ އަށް ހަދިޔާ ކުރިއެވެ.

އޭނާ އެފްރިކާ އަށް ކުރި ދަތުރަކަށް ފަހު މުސްލިމްސް އެރައުންޑް ދަ ވޯލްޑްގެ ނަމުގައި ފައުންޑޭޝަނެއް އުފެއްދިއެވެ. އެ ފައުންޑޭޝަނުން އެފްރިކާގައި މިސްކިތްތައް ބިނާ ކުރުމާއި ސްކޫލްތައް ބިނާކުރުމެވެ. މިކަން އޭނާ ކުރީ އޭނާގެ އަޚަކު ކެންސަރުބަލީގައި މަރުވުމުން އޭނާ ޖަނާޒާއަށް ދިޔައެވެ. އެ ޖަނާޒާގައި އޭނާ އަށް އިހްސާސްކުރެވުނީ ހުރިހާ މީހުންނަށް މުދަލެއް ދޫކުރުމަށް ފަހު ދުނިޔެ ދޫކޮށްދާކެމެވެ. އަދި ހަމައެކަނި އެ މީހާ އާއި އެކީ ދާނީ އެމީހެއްގެ އަމަލުކަމަށް އަލީ ބުންޏެވެ.

މުސްލިމްސް އެރައުންޑް ދަ ވޯލްޑްގެ ނަމުގައި ބަނަތު ފެށި މަސައްކަތުން އެތައް ހާސް މުސްލިމުންނަށް ވަނީ އޭގެ އެދެވޭ އަސަރު ކޮށްފައެވެ. ކެންސަރަކީ “މަރަށް ހުކުމް ކުރުން” ކަމަށް ބައެެއް މީހުންނަށް ހީވި ނަމަވެސް ބަނަތު ދެކުނު ގޮތުގައި އެއީ އޭނާއަށް ލެއްވި ރަހުމަތެކެވެ.

އޭނާގެ “ގިފްޓެޑް ވިތް ކެންސާ” ވީޑިއޯ އަކީ ގިނަ ބަޔަކަށް އަސަރު ކުރިވި ވީޑިއޯ އެކެވެ. މުއްސަނދި ދިރިއުޅުން ދޫކޮށްލައި، އާޚިރަތަށް ޓަކައި މަސައްކަތް ކުރަން ފެށިގޮތް އޭނާ އެ ވީޑިއޯގައި ކިޔައިދެއެވެ.

ބަނަތު މަރުވީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. އޭނާ މަރުވުމުގެ ކުރިން ވަނީ މަރުވުމަށްފަހު އޭނާ ދޭން ބޭނުންވާ މެސެޖު ވީޑިޔޯ ކޮށްފައެވެ. އަދި އޭނާ މަރުވުމަށްފަހު މީސްމީޑިޔާގައި އެވީޑިޔޯ ދައުރުކޮށްދިނުމަށް އެދިފައެވެ. އަދި މިހާރު އެވީޑިޔޯ އަންނަނީ މީސްމީޑިޔާގައި ދައުރުވަމުންނެވެ.

ALI BANAT FINAL MESSAGE which he wanted to be shared after his death

ALI BANAT FINAL MESSAGE which he wanted to be shared after his deathMAY ALLAH HAVE MERCY ON HIS SOUL…..Aameen*For those who don't know about him and want to know his story https://youtu.be/zWsrncUkOzo

Posted by Al Asr on Thursday, 31 May 2018

އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ދަނީ އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ. އަދި ބަނަތުގެ ޗެރިޓީ މަސައްކަތް ކުރިއަށް ގެންދަން އެ މަސައްކަތުގައި އޭނާ އާ ބައިވެރިވި މީހުން ވަނީ ނިންމައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ކުއްޖެއް

    މާ ޝާ ﷲ.. މާތް ﷲ މި މުސްލިމް އަޚަށް ހެޔޮ ރަޙްމަތް ލައްވާށި.. އެކަމަކު އޭނާވެސް އެކޮށްދިން ހެޔޮ ކަންތައް އަސްލު ކޮށްދޭން ޖެހެނީ ސިއްރުން… ޞަދަގާތް ކުރުން ވީހާވެސް ސިއްރުން ކުރުން އޮންނަނީ.. 🙂
    ދެން، ކޮންމެވެސް މީހަކު ބުނެލަދީފާނަންތަ؟ މި ސައިޓްގަ ލިޔަން ބޭނުންވާ މީހުން ކަންތައް ކުރަން ޖެހެނީ ކިހިނެއްތަ؟ ވަގުތު ގަ އިން އާޓިކަލް އެއްގަ އިން ބޭނުންވާ މީހުންނަށް މި ސައިޓްގަ ލިޔެވޭނެ ވާހަކަ ބުނެފަ.. އެކަމަކު ނެތް ރެޖިސްޓަރ ވެވޭނެ ގޮތެއްވެސް ފެންނާކަށް..