Follow us on
ރޮށި
| އަޙުމަދު އަނަސް

ބޭނުންވާ ތަކެތި
* 3 ޖޯޑު ފެން
* 3 މޭޒުމަތީ ސަމުސާ ވެޖެޓެބަލް އޮއިލް
* 1.5 މޭޒުމަތީ ސަމުސާ ލޮނު
* ހޫނު ފެން

ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ހޫނު ފެންފޮދު އަޅާލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ. ގޮލްފް ބޯޅައެއް ވަރަށް ގުޅަތަކެއް ހަދާށެވެ. ކޮންމެ ގުޅައެއްގައިވެސް ފުއްކޮޅެއް އުނގުޅާލުމަށްފަހު ރޮށިދަމާ އެތިގަނޑުން ދަމާށެވެ. ޑައިމީޓަރުގައި 6 އިންޗި ހުންނަ ވަރަށެވެ. ރޮށިފިހާ އެއްޗަށް ރޮށި ލުމަށްފަހު، ދައްޕަތް ބޭނުންކޮށްގެން ދެފުށް ރަނގަޅަށް ރަނގަޅަށް ފިހެލާށެވެ. ދެން ޖެހޭނީ ކޮންމެވެސް އެއްޗަކާއި އެއްކޮށް ކާލާށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. އިބިރިހިމާ ބެއްޔާ

    ކޮއްކޯ ފުށް އަޅަން ނުޖެހެނީތަ؟