Follow us on
ސިފަ ހުތުރީކީ ނޫނެވެ. އަދި ޅައީއެވެ.
| އަޙުމަދު އަނަސް

އަހަންނަކީ އެންމެ ސިފަ ހުތުރު މީހާއެވެ. އަހަރެންހާ ހަޑި މީހެއް ނުހުންނާނެއެވެ. އެންމެން އެކަމާ އަހަރެންދެކެ ފޫހިވެއެވެ. އަހަރެންވެސް އެވެނި މީހަކާއި އެއްވަރަށް ރީތިވާނެ ނަމައެވެ. މިއީ ބައެއް ދިވެހިން އަބަދުމެ ވިސްނާ ފިކުރުކުރާ ކަމެކެވެ. ތިމާމީހާގެ ސިފަ ހުތުރު ވާހަކައެވެ. އަނެކާގެ ސިފަ ރީތި ވާހަކައެވެ. އެހެނަސް ހަގީގަތުގައި ސިފަ ހުތުރީކީ ނޫނެވެ. އަދި މާ ޅައީއެވެ.

މަޝްހޫރު ބައެއް ފުޓުބޯޅަ ކުޅުންތެރިންނަކީ ގިނަ މީހުނަށް އެމީހުންގެ ސިފަ ވަރަށް ކަމުދާ ބައެކެވެ. ގިނަ އަންހެންކުދިންގެ “ޑްރީމް މޭން” އަކީވެސް ފުޓުބޯޅަ ކުޅުންތެރިންނެވެ. އެހެނަސް ފުޓުބޯޅަ ކުރުންތެރިންނަށް ބަލައިލުމުން އެމީހުންނަކީވެސް ކުރިން އެހާ ސިފަ ރީތިބައެއް ނޫންކަން ރަނގަޅަށް އެނގި ތަޞައްވުރު ކޮށްލެވޭނެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ — އެހާރާއި މިހާރު

މިއީ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ އެކަކުވެސް ނުހުންނާނެކަން ކަށަވަރެވެ. އެހެނަސް 2002 ވަނަ އަހަރާއި މިއަދާއި އަޅާ ބަލާއިރު ރޮނާލްޑޯއަށް މިވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ. އޭގެ އިތުރުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ސިފައަށްވެސް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ހަމަ އެހެންމެ ރާމޯސް، ރޮނާލްޑީނިއޯ، ނޭމާ އަދި ޑޭވިޑް ބެކަމްގެ ސިފައަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.

Football players before and after

You're not ugly, you're just young!!😉😎

Posted by Skores on Monday, 21 May 2018

 

މިއީ ސިފަ ހުތުރުކަމުން އެކަމާއި ހިތާމަކުރާ މީހުނަށް އޮތް ރަނގަޅު މިސާލެކެވެ. ސިފަ ހުތުރީކީ ނޫންކަމާއި، އަދި މާ ޅައީކަން މި ވީޑިޔޯއިން އެބައެނގެއެވެ.

ޚިޔާލު ފާޅުކުރައްވާ