Follow us on
ޝެއަރ ދަ މީލް – ބަނޑަށް ޖެހިފައިވާ މީހުނަށް ކެއުމެއް ހަދިޔާ ކުރައްވާ!
| އަޙުމަދު އަނަސް

ޓީވީ ހުޅުވާ ބަލާލާއިރު ފެންނަނީ ސީރިޔާގެ ރެފިއުޖީ ކޭމްޕެކެވެ. ނުވަތަ ރޮހިންޏާ ރެފިއުޖީ ކޭމްޕެވެ. ކާނެ އެއްޗެއް ނުލިބިގެން ކުދިން ރޮއެ ނަގާ މަންޒަރެވެ. އެމަންޒަރު ފެނި ހިތަށް ވެރިވަނީ ހިތާމަވެރިކަމެވެ. އެތައްފަހަރަކު “އަހަންނަށް އެމީހުނަށް ކާންދެވޭނެ ނަމައޭ” ހިތަށް އަރައެވެ. އެހެނަސް އެމީހުންގެ ގާތަށް ދެވޭނީ ކިހިނަކުންބާއޭ ހިތަށް އަރައި އެހިސަބުން އެކަން ނިންމާލެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑަށް ޖެހިފައިވާ މީހުން ދުވަހެއް ދުވަހަކަށް ގިނަަމުން ދާއިރު އެކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމަކީ ފަތުދީ ޒިންމާއެކެވެ. އަދި ޚާއްޟަކޮށް މި ތަރައްގީވެ ތަޙުޒީބުވެފައިވާ ދުނިޔޭގައި މިކަން ކުރެވޭނެ ތަފާތު ގޮތްގޮތް އެބަހުއްޓެވެ.

މިއޮތީވެސް މިގޮތަށް ފަހިވެފައިވާ ފުރުޟަތެކެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް އެއިން މީހަކަށް ކާންދިނުމުގެ ފުރުސަތު ލިބެއެވެ. މިދައްކަނީ ޔުނައިޓެން ނޭޝަންސްގެ ފުޑް ޕްރޮގުރާމުގެ ވާހަކައެވެ. “ޝެއަރ ދަ މީލް” ގެ ވާހަކައެވެ. “ޝެއަރ ދަ މީލް” އަކީ އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން މެދުވެރިކޮށް ރެފިޔުޖީންއަށް ކެއުން ހަދިޔާ ކުރެވެއެވެ.

އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ޝެއަރ ކުރާ ކޮންމެ ކެއުމަކަށް ޗާޖު ކުރަނީ އެންމެ 0.5 ޑޮލަރު (7 ރުފިޔާ 71 ލާރި) އެވެ. އަދި މި އެޕްލިކޭޝަން އިން އެމީހަކު ކެއުމެއް ހަދިޔާ ކުރާ ރެފިއުޖީ ކޭމްޕުވެސް ބެލެއެވެ. މީގެ އިތުރުން ގުރޫޕު ހަދައިގެންވެސް ކެއުން ހަދިޔާ ކުރެވެއެވެ.

މިކަން މިހާ ފަސޭހަވެފައި ވާއިރު މިއީ ނުކޮށް ތިބޭވަރުގެ ކަމެއް ހެއްޔެވެ. ފޯނުން ފިތަކަށް ފިއްތާލުމާއެކު ދުނިޔޭގައި ބަނޑަށް ޖެހިފައިވާ އެތައްބަޔަކަށް ކާންދެވޭއިރު މީރި ކިހާ ސަޅި ހެއްޔެވެ.

ޚިޔާލު ފާޅުކުރައްވާ