Follow us on
އީދަށް އެއްޗެހި ގަންނަން ގޮއްސަ، މިހެން ހަދާބަލަ!
| އަޙުމަދު އުނައިސް

ފިތުރު ޢީދަށްފަހު އަނެއްކާވެސް މިއޮތީ އަޟްހާ ޢީދު އައިސް ބޯމަތި ވެފައެވެ. އީދަށް އަންނައުނު ގަތުމަށްޓަކައި ފިހާރަތައް މިވަނީ ފުރި ބާރުވެފައެވެ. ހެޔޮވަރު ޖީންސެއް ގަތުމަށްޓަކައި އެތަކެއް ފަހަރަކު ޗޭންގިންގ ރޫމަށް ވަނުމަކީ ފަސޭހަ ކަމަކަށްވެސް ނުވެއެވެ. ކިއު ހަދާލާފައި ޗޭންޖިންގ ރޫމް ކައިރީގައި ތިބޭ މަންޒަރު، ރަމަޟާންމަހުގެ އެންމެ ފަހު ދެތިން ރެއެއްގައި މިދަނީ ފެންނަމުންނެވެ.

ޗޭންޖިންގ ރޫމަށް ވަންނާނެ ކަމެއް ނެތެވެ. މިއީ މާ ފަސޭހަ ގޮތެކެވެ. ތިމާގެ ކަރާއި، އަތާއި މުށުގެ އެހީގައި ޖީންސެއް ނުލާވެސް، އެ ހެޔޮވަރުތޯ ބަލާލެވިދާނެއެވެ.

ސައިޒު ހެޔޮވަރުތަ؟
ޖީންސުގައި ރީއްޗަށް ހިފަހައްޓާލާށެވެ. ޖީންސުގެ ދެފަރާތް ކަރުގައި ރީއްޗަށް އޮޅާލެވޭނަމަ އެ ޖިންސު ތިމާގެ އުނުން ހެޔޮވަރެވެ.

އުނުން ހެޔޮވަރުތަ؟
މުއް މަޅާލާށެވެ. މުށާއި، އުޅަނބޮއްޓާއި ދެމެދުގައި ޖީންސު ހިފަހައްޓާލެވޭނަމަ އުނަގަނޑުން އެ ޖިންސް ތިބާއަށް ހެޔޮވަރެވެ.

ދިގުމިން ހެޔޮވަރުތަ؟
ދެން ބާލާލަންވީ ޖީންސުގެ ދިގުމިން ތިބާއަށް ހެޔޮވަރުތޯއެވެ. ޖީންސުގެ ދެފައިގެ ކޮޅުގައި ހިފަހައްޓާލުމަށްފަހު، ދެއަތް ދަމާލާށެވެ. ރަނގަޅަށް ދެއަތް ދަމާލެވޭނަމަ އެއީ ދިގުމިން ހެޔޮވަރީއެވެ. ޖީންސުގެ މެދު ހުންނަންވާނީ ދަތްދޮޅިއާއި ހަމައިގައެވެ.

ފައިގެ ތަނބޮއްޓާއި ހަމައިން ހެޔޮވަރުތަ؟
މުއް މަޅާލުމަށްފަހު، ޖީންސުގެ ފައިކުރިއާއި ހިސާބު މުށާއި ހެޔޮވަރުނަމަ ތިބާގެ ފައިގެ ތަނބޮއްޓާއި ހަމައިން ޖީންސު ވަރަށް ހެޔޮވަރުވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ