Follow us on
މެސީއަކީވެސް އިންސާނެކެވެ! ޕެންލްޓީއެއް “މިސް” ވެދާނެއެވެ.
| ޒިދާން މުޙައްމަދު

ވޯރލްޑްކަޕުގެ ފޯރި ވައިގައި ހިފާފައި ވާއިރު، މީސް މީޑިއާގައި އެންމެ ނުފޫޒުގަދައީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ އަދި އެންމެ ވާދަވެރި ދެ ކުޅުންތެރިންނަކީ ވެސް ހަމަ މިއެވެ.

ވޯރލްޑް ކަޕުގައިވެސް މި ދެކުޅުންތެރިން ކުޅޭއިރު ދެ ފަރާތުގެ ސަޕޯޓަރުންވެސް ތިބެނީ ފާޑަކަށް ޖެހިގަނެފައެވެ. ސަޕޯޓްކުރާ ކުޅުންތެރިޔާއާއި ހެދި މޮޔަވެފައެވެ. އަނެެން ކުޅުންތެރިޔާ ދަށްވާނެ ވަގުތަކަށް ބަލަ ބަލައެވެ.

އެގޮތުން ވޯރލްޑް ކަޕުގައި މިރޭ މެސީ ހިމެނޭ އާރޖެންޓީނާ ކުޅެމުން ދަނިކޮށް، އާރޖެންޓީނާއަށް ލިބުނު ޕެނެލްޓީއެއް މެސީ ޖެހިއެވެ. ނަމަވެސް އިދިކޮޅު ޓީމުގެ ކީޕަރު އެ ބޯޅަ ވަނީ މަތަކޮށްފައެވެ.

މި ޕެނަލްޓީ ނުވަނުމުން މެސީއަށް ސަޕޯޓް ނުކުރާ ފަރާތްތަކުން ހާއްސަކޮށް ރޯނާލްޑޯގެ ސަޕޯޓަރުން ދަނީ މެސީއަށް ފާޑުކިޔާ، ސޯސަލް މީޑިއާގައި މަލާމަތް ރައްދު ކުރަމުންނެވެ.

އަޅެ ފަހެ މެސީ އަކީ އިންސާނެއް ނޫން ހެއްޔެވެ؟ ޕެނަލްޓީއެއް މިސްވެދާނެ ނޫންހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ

  1. އަބްދު

    ތީ މެސީގެ ވޭނެއް ކަން ޔަޤީން. ހަހަހަ

  2. މަންސޫރު

    ދެން ރޮނާލްޑޯ ޕެނަލްޓީ ނުވެއްދީމަ ހާދަ އެއްޗެހި ގޮވާލަައޭ

  3. ރޮނާޑޯ

    ކާކު ބުނީ މެސީ އަކީ އިންސާނެން ނޫނޭ

  4. ސަލަލާ

    ދެން ލަލަލާ

  5. ޔޫސުފް

    ރޮނާލްޑޯ އަކީ ވެސް އިންސާނެއް

  6. ނަޔާލް

    މެސީ އަކީ ވެސް އިންސާނެއް ހަމަ ޕެނަލްޓީ އެއް މިސް ވެދާނެ އެއީ މައްސަލަ އެއް ނޫން. އެންމެ ޕެނަލްޓީ އެއް މިސް ވިޔަސް އެއީ ހަމަ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ😊

  7. ާަޔަންގް ގަންސް

    ޙަޖަމުކޮަަަަޮއްލަަަަަަބަލަ