Follow us on
މެސީތަ ނޫނީ ރޮނާލްޑޯތަ؟
| އަޙުމަދު އަނަސް

ވޯރލްޑްކަޕުގެ ފޯރި ވައިގައި ހިފާފައި ވާއިރު، މީސް މީޑިއާގައި އެންމެ ނުފޫޒުގަދައީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްބަޔަކު މެސީ ވަރެއް ނެތޭ ބުނަމުން ދާއިރު އަބެއްބަޔަކު މިދަނީ މެސީއެއް ނޫނޭ ރޮނާލްޑޯއޭ ގޮވަމުންނެވެ.

ވޯލްޑްކަޕުގައި ޕޯޗުގަލް އިން އެންމެ ފުރަތަމަ ވާދަކުރި މެޗުގައި ރޮނާލްޑޯ “ހެޓްރިކް” ހެދުމާއެކު ގިނަބަޔަކު ވަނީ އެކަމާއި ތަޢުރީފުކޮށްފައެވެ. ފުޓުބޯޅައިގެ ދުނިޔޭގައި ވެރިކަންކުރާ “ރަސްކަލަކީ” ރޮނާލްޑޯކަމަށް ވެފައެވެ. އެހެނަސް އާޖެންޓީނާއިން އެންމެ ފުރަތަމަ ކުޅުނު މެޗުގައި މެސީއަށް ޕެނަލްޓީއެއް ލިބި، އެ ޕެނަލްޓީ ނުޖެހުމާއެކު ރޮނާލްޑޯގެ ފޭނުން ދަނީ މީސް މީޑިޔާގައި މަލާމާތްކުރަމުންނެވެ.

މީގެ ކުރިންވެސް ރޮނާލްޑޯ އަބަދު ޕެނަލްޓީ ޖަހައިގެން މެޗުތަކަށް މޮޅުވާތީ މެސީގެ ފޭނުން ރޮނާލްޑޯއަށް “ޕެނާލްޑޯ” މިނަމުން މީސްމީޑިޔާގައި މުޢާމަލާތުކޮށްފައި ވެސް ވެއެވެ. އަދި އޭގެ އިތުރުން މެސީ އާއި ރޮނާލްޑޯގެ “މީމް” ހަދައިގެންވެސް މީސް މީޑިޔާގައި ބޭނުންކުރަމުން ދެއެވެ.

ކަންކަން މިހެން ހުރުމާއެކު ރޮނާލްޑޯ އާއި މެސީގެ ފޭނުންގެ މެދުގައި ވާދަވެރިކަން މިވަނީ އިތުރުވެފައެވެ. އެހެނަސް އަހަރެންގެ ހިތަށް އަރައެވެ. އެންމެ މޮޅީ މެށި ހެއްޔެވެ؟ ނޫނީ ރޮނާލްޑޯ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދޭންވާނީ ކިޔުންތެރިންނެވެ!

[socialpoll id=”2507963″]

ޚިޔާލު ފާޅުކުރައްވާ