Follow us on
ފުރަތަމަ ނަމާދު، ދެން ވޯލްޑް ކަޕް!
| ޒިދާން މުޙައްމަދު

ރަމަޟާން މަސް ނިމިއްޖެއެވެ. އެއްކަލަ ފުރިފައި އޮތް މިސްކިތްތައް ފަޅުވެއްޖެއެވެ. ސުވާލަކީ ނަމާދު ވާޖިބު ވަނީ ރޯދަމަހު އެކަނި ތޯއެވެ؟ ރޯދަމަހު އެކަނި މިސްކިތަށް އެރުމުގެ އާދަ ހުއްޓަން ވެއްޖެ ނޫންތޯއެވެ؟ ހުކުރަށް އެކަނި މިސްކިތަށް އަރާ އާދަ ހުއްޓަން ވެއްޖެ ނޫންތޯއެވެ؟

ދެން އަނެއްކާ އަނެއް ވާހަކައެވެ. ވައިގައި ހިފާފަައި މިވަނީ ވޯރލްޑްކަޕްގެ ފޯރިއެވެ. ކަމާ ކަންފަށާ މެޗުތަށް ބަލަމުން ދާއިރު ނަމާދު ވަޤުތުތަށް އެއޮއްގެން ފާއިތު ވަނީއެވެ. ހެޔޮވާނީ ކިހިނަކުން ހެއްޔެވެ. ދުނިޔަވީ ކަންކަމުގައި ނަމާދު އަޅާނީއެވެ.

ޣާފިލު ނިދިން ހޭލާކަށް ނުވޭ ހެއްޔެވެ؟ ދެދުނީޔޭގެ ބާއްޖަވެރިކަން އޮތީ ރޮނާލްޑޯ ޖަހާ ފްރީ ކިކުތައް ގުނައިގެންނެއް ނޫނެވެ. މެސީ އަށް ނުވެއްދުނީ ކިތައް ޕެނަލްޓީ ތޯ ބަލައިގެނެއް ނޫނެވެ. ނުވަތަ ސަލާހު ޖެހީ ކިތައް ގޯލަ ތޯ ބަލައިގެނެއްވެސް ނޫނެވެ. ނަމާދު އެޅުމަށް، ވުރެ ނުރައްކާތެރި ފައުލެއް ކުރެވޭނެ ހެއްޔެވެ؟ އެ “މިސްވީ” ޕެނަލްޓީ އެއް ނޫން ހެއްޔެވެ؟ ނަމާދު އަޅައިފި ނަމަ ސީދާ “ރަތްކާޑަކުން” ސުވަރުގޭން ބޭރުވުމުގެ ފުރުސަތު ބޮޑެވެ.

އާހިރަތް ދުވަހަށް ބިރުވެތި ވާ މީހާ ނަމާދަށް، ރައްކާތެރިވާނެއެވެ. ފުރަތަމަ ހިސާބު ބެލޭނީ ނަމާދާ މެދުގައެވެ. އެކަން ހަދީޘުން ޞާބިތުކޮށްދެއެވެ. ނަމާދުން ފެއިލްވެއްޖެ އެމީހަކު ފެއިލްވެއްޖެއެވެ.

ނަމާދަކީ މާތް އަޅުކަމެކެވެ. އިސްލާމްދީނުގެ ދެވަނަ ރުކުންވެސް މެއެވެ. ނަމާދާ ނުލާ އިސްލާމްކަން ފުރިހަމަ ނުވާނެއެވެ. “ކަލޯ މެޗް ފެށެނީ…” އޭ ބުނާ ފަދައިން “ކަލޯ ބަންގި ގޮވަނީ…” އޭ އެއްފަހަރު ނަމަވެސް ބުނެ ބަލާށެވެ. މެޗްބަލަން ގުރޫޕް ހަދާފައި ދާ ފަދައިން މިސްކިތަށްވެސް ގޮސް އަރާށެވެ. ވާލްޑްކަޕްގެ ތަށި ލިބޭނީ މޮޅުވާ ޓީމަކަށެވެ. ނަމަވެސް ނަމާދުކޮށްގެން ސުވަރުގެ ލިބުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ.

މިހާރަަކަށް އައިސް ދެއްކުންތެރިކަމާއެކު ނަމާދު ކުރާތަން ވަރަށް ގިނައިން ފެނެއެވެ. އޭގެ ބަދަލުގައި އިޚްލާސްތެރިކަމާއި އެކު ﷲ އަށް ހިތްނިޔަތް ޚާލިސްކޮށް ނަމާދު ކުރާށެވެ. ކާމިޔާބު އޮތީ އޭރުންނެވެ.

ވީމާ ފުރަތަމަ ނަމާދެވެ. ދެން އެހެން ކަންކަމެވެ. އެއީ ވޯރލްޑް ކަޕަކަސް ވަރިހަމައެވެ.

ޚިޔާލު ފާޅުކުރައްވާ