Follow us on
ވޯލްޑް ކަޕަށް ގެންދިޔައީ އެކުވެރިޔާ އާއި އެއްވަރުގެ ފޮޓޯގަނޑެއް
| އަޙުމަދު އަނަސް

ރަޝިޔާގައި މިހާރު ކުރިޔައްދާ ވޯލްޑް ކަޕުގެ ތެރެއިން ތަފާތު ކަންކަމެއް ދަނީ ފެންނަމުންނެވެ. ކުޅުންތެރިންގެ އިތުރުން މުބާރާތް ބެލުމަށް ރަޝިޔާއަށް ދިޔަ ގިނަ އަދަދެއްގެ މީހުން ވަނީ ތަފާތު އެކި ކަންކަން ކޮށްފައެވެ. އަނެއްކާވެސް މިއޮތީ މިފަދަ އެހެން ކަމެކެވެ. މިފަހަރު މިއީ ވެސް ވަރަށް ތަފާތު ކަމެކެވެ.

މިއީ މެކްސިކޯ އިން ރަޝިޔާއަށް ދިޔަ ބައެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑު ކަޕަށްވެސް ދިޔަ ބައެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އަނެއްކާވެސް މިމީހުން ލާރި އެއްކުރަންފެށީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ބަލައިލުމަށްޓަކައި ރަޝިޔާއަށް ދަތުރު ކުރުމަށެވެ. ދަތުރައް ވާންޖެހޭ ހުރިހާ ތައްޔާތީތަކެއް ވެނިމުނުފަހުން މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މި 6 އެކުވެރިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. 6 އެކުވެރިންގެ ތެރެއިން އެކަކުކެ އަނބިމީހާ އޭނާ ރަޝިޔާއަށް ދާން ހުއްދައެއް ނުދިނެވެ. އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކައިގެންވެސް މި އަންހެންމީހާ ރުހޭ ގޮތެއް ނުވިއެވެ.

އެންމެ ފަހުން ރަޝިޔާއަށް ދާންޖެހުނީ ފަސް އެކުވެރިންނެވެ. އެހެނަމަވެސް ނުދެވުނު އެކުވެރިޔާގެ ބަދަލުގައި އޭނާއާއި އެއްވަރަށް ފޮޓޯއެއް ޕްރިންޓް ކޮށްގެން މި 5 އެކުވެރިން ވަނީ ރަޝިޔާއަށް ގެންގޮސްފައެވެ. މި 5 އެކުވެރިން “ފޮޓޯ ގަނޑު” ހިފައިގެން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވޯޑިޔޯތައް ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.

ފޮޓޯ ގަނޑު ރަޝިޔާއަށް ގެންދިޔުމުގެ އިތުރުން އެފޮޓޯގަނޑު ނިންދަވާ، ކާންދީ އަދި މެޗުތައް ބަލަންވެސް ގެންގޮސްފައި ވެއެވެ. ޖާވިޔާ ނަމަކަށް ކިޔާ މި މީހާގެ ފޮޓޯ ގަނޑާއެކު އެތައް ބަޔަކު ވަނީ ފޮޓޯ ނަގަފައެވެ.

ވޯލްޑް ކަޕާއި ދިމާކޮށް ތަފާތު ކަންކަން ކުރުމަކީ ކޮންމެ އަހަރެއްގެ ފަހަރަކުވެސް ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. އެގޮތުން މިފަހަރު “ހުއްދަ ނުލިބިގެން” ވޯލްޑް ކަޕް ބަލަން ނުދެވުނު ޖާވިޔާ އާއި މެދު އޭނާގެ އެކުވެރިން މި އަމަލުކުރީވެސް ވަރަށް ތަފާތު ގޮތަކަށެވެ.

ޚިޔާލު ފާޅުކުރައްވާ