Follow us on
މެޓްރޯ ފިޓްނެސް ކްލަބްގެ ފުޓްސަލް މުބާރާތް މިމަހުގެ 28 ގައި
| ހުސެން

މެޓްރޯ ފިޓްނެސް ކްލަބަކީ ގިނަ ދިވެހިންގެ މަޤުބޫލުކަން ލިބިފައިވާ ކުލަބެކެވެ. މިކުލަބުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފުޓްސަލް މުބާރާތް ބާއްވަމުންނެވެ. އެގޮތުން މިއަހަރުވެސް މިމުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް މިމުބާރާތް ބެއްވުމަށް ހަމަޖިހިފައިވާ ކަމަށާއި، މިފަހަރުގެ މުބާރާތުގައި މޮޅުވާ ތިން ޓީމަކަށްވެސް ބޮޑު އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފާނޫޒަށް މަޢުލޫމާތު ދެމުން މެޓްރޯ ފިޓްނެސް ކްލަބް އިން ވަނީ ބުނެފައެވެ.

މި މުބާރާތް އޮންނާނީ މިމަހު 28 އަދި 29 ގައި ޓާފް ގުރައުންޑްގައެވެ. ޖުމްލަ 16 ޓީމް މި މުބާރާތުގައި ބައިވެރިވެފައި ވެއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 7،500 ރުފިޔާގެ ނަޤުދު ފައިސާގެ އިނާމެއް އަދި ދެވަނަ ޓީމަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން އެއްވަނައަށް ހޮވޭ ޓިމަކަށް ހަމަސް ދުވަހަށް 50 އިންސައްތަ ޑިސްކައުންޓަކާއެކު މެޓްރޯ ޖިމް މެމްބަރޝިޕް ލިބޭނެއެވެ. މީގެ އިތުރުން ދެވަނަ ހޮވޭ ޓިމަކަށް ތިން މަސް ދުވަހަށް 50 އިންސައްތަ ޑިސްކައުންޓަކާއެކު މެޓްރޯ ޖިމް މެމްބަރޝިޕް އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް  އެއްމަސް ދުވަހަށް 50 އިންސައްތަ ޑިސްކައުންޓާއެކު މެޓްރޯ ޖިމް މެމްބާރޝިޕް ލިބޭނެއެވެ.

މި މުބާރާތުގެ ސްޕޮންސަރުންނަކީ ޓްރިޕްވެރިން، ޑީނާޝް އެންޑް ކޯ، ހާވާޑް ފުޑް މޯލްޑިވްސް، ކެރެލީ ކައުންޓަރ، ބޯޅަ.އެމްވީ، ސޮނީ ސްޕޯޓްސް، މޯލްޑިވްސް ރެޑް ކުރެސެންޓް އަދި ވީ މީޑިޔާއެވެ.

ޚިޔާލު ފާޅުކުރައްވާ