Follow us on
ވޯލްޑް ކަޕް ފޯރި ވަރަށް ގަދަ!
| އަޙުމަދު އަނަސް

ފޭސްބުކް ބަލައިލިޔަށް  އެ ވާހަކައެވެ. ޓްވިޓާގަވެސް ހަމަ އެ ވާހަކައެވެ. ނުވިތާކަށް ހުރިހާ ނޫހެއްގައިވެސް ހަމަ އެވާހަކައެވެ. އެއީ އަނެއްކާ ކޮން ވާހަކައެއް ހެއްޔެވެ؟ މެސީ އަށް ޕެނަލްޓީ ނުޖެހުނު ވާހަކައެވެ. ރޮނާލްޑޯ ބަކައްޓަކާއި ވައްތަރު ވާހަކައެވެ. ނޭމާ އަބަދު ވެއްޓިފައި އޮންނަ ވާހަކައެވެ. ސަލާހު ބެންޗުގައި އިންނަން ޖެހުނު ވާހަކައެވެ. މިހުރިހާ އެއްޗެއް އެއްކޮށްލުމުން އެއީ ފުޓުބޯޅައިގެ ވާހަކަ ކަން އެބަ އެނގެއެވެ. އާއެނކެވެ. އެއީ މިހާރު ރަޝިޔާގައި ކުޅެމުން އަންނަ ފީފާ ވޯލްޑް ކަޕް ގެ ވާހަކައެވެ.

ފީފާ ވޯލްޑް ކަޕް ފެށުމާއެކު އޭގެ ވާހަކައިން މުޅި މާސް މީޑިޔާ މިވަނީ ގުގުމާލާފައެވެ. މުބާރާތް ބަލަން ރަޝިޔާއަށް ނުދެވުނެއް ކަމަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެންސް އެމީހެއްގެ “ފޭވްރިޓް ޓީމް” އަށް ސަޕޯޓުކުރާ ޕްލެޓްފޯމަކީ މީސް މީޑިޔާއެވެ. ޙަބަރު ގަޑިތަކުގައި ހޫނު ސުރުހީތަކެއްގެ ގޮތުގައި ކިޔަނީވެސް ހަމަ ވޯލްޑަކަޕްގެ ވާހަކައެވެ. މަގުތަކުގެެ ފާރުތަކުގައިވެސް ވޯލްޑުކަޕުގެ ވާހަކައެވެ. ނުވިތާކައް ދެމީހަކު އެއްވާ ކޮންމެ ތަނެއްގައިވެސް ދައްކަނީ ހަމަ މިވާހަކައެވެ.

ވާނީވެސް އެހެންތާއެވެ. ވޯލްޑު ކަޕަކީ ދުނިޔޭގެ ފެންވަރުގައި ކުޅެވޭ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މުބާރާތެވެ. އެހެން ނަމަވެސް ހިތާމަކުރަން ޖެހޭ ބައެއް ކަންކަންވެސް އެބްހުއްޓެވެ. ވޯލްޑު ކަޕުގެ ސަބަބުން ބައެއް މީހުންގެ މެދުގައި އެކި އެކި މައްސަލަތައް ޖެހޭގޮތް އެއްބ މެދުވެރިވެއެވެ. އެންމެ ގާތް މީހުނާއި “ކަނޑި އާއި ކަނޑި” އަށްވާ ހިސާބަށް ކަންކަން އެބަދެއެވެ.

އިންޑިޔާ ކަނޑުތެރެއަށް އުކާލެވިފައިވާ ޖަޒީރާ ރަށްތަޖެއްގެ މައްޗަށް އުފެދިފައި އޮތް މި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދައެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށްރަށުގެ އެކި ހިސާބު ހިސާބުގައި އެންމެން އެކުގައި ވޯލްޑު ކަޕް ބެލަމުން ދާކަން ފާހަގަކުރެވެއެވެ.

ކަންކަން މިހެން ހުރުމާއެކު ވޯލްޑް ކަޕްގެ ފޯރި ވަރަށް ގަދަކަން އެބަ ޔަގީންވެ ކަށަވަރު ވެއެވެ. އެހެން ނަމަވެސް ސުވާލަކީ މިފަަހަރު ވޯލްޑް ކަޕް ކާމިޔާބުކުރާނީ ކޮން ޤައުމަކުން ބާއެވެ؟

ޚިޔާލު ފާޅުކުރައްވާ