Follow us on
ހާތްތެރި: ވަރަށް ތަފާތު ވެބް ސީރީޒް އެއް!
| އަޙުމަދު އަނަސް

ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ފޭސްބުކު ޕޭޖުތަކަކާއި ޔޫޓިއުބް ޗެނަލްތަކެއް މިދަނީ ތަޢާރަފުކުރެވެމުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ގިނައީ ހުސް ޚިޔާލަކާއި ތަަޞައްވުރަކަށް ހަދާފައިވާ އެއްޗިއްސެވެ. އެހެނަސް އެހެން ފޭސްބުކް ޕޭޖްތަކާއި، ޔޫޓިއުބް ޗެނަލް ތަކާއި މީތި ތަފާތެވެ.

މިއީ “ހާތްތެރި” އެވެ. ހާތްތެރިއަކީ އައިޑިއުކްސް އިންކް އަދި ފައިނަލް ޗެޕްޓާރ ސްޓޫޑިޔޯ އިން ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ނެރޭ އެޕިސޯޑު ތަކެކެވެ. އެގޮތުން މިހާރު ވަނީ ހާތްތެރީގެ ފަސް އެޕިސޯޑެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ހާތްތެރި ޕްރޮޑަކްޝަން ޓިމް — ފޮޓޯ: ހާތްތެރި

އައިޑިއުކްސް އިން ބުނީ ހާތްތެރިއަކީ މުޖުތަމަޢުގެ ތެރޭގައި ތިބި އެކި ކަހަލަ ޒުވާނުން ބައިވެރިކޮށްގެން ކުޅޭ ކުޅިވަރުގެ ހަރަކާތްތަކެކެވެ. އޭގެ ތެރޭގައި އެކި އުމުރުގެ ކުދިން ހިމެނެއެވެ. ވަޒީފާގައި އުޅޭ ޒުވާނުންނާއި ކޮލެޖުގައި އުޅޭ ޒުވާނުންނެވެ. އަދި މިކުޅިވަރުތައް ކުޅެނީ އެންމެންނަށްވެސް ވަރަށް މަޖާވާ އަދި ގަޔާވާ ގޮތްގޮތަށެވެ.

ހާތްތެރީގެ ސިނަމޭޓޯގްރަފީ ޑައިރެކްޓަރ އަލީ ޝަމްރާން — ފޮޓޯ: ހާތްތެރި

ހާތްތެރި އިން މިހާރު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ އެޕިސޮޑުތަކުގެ ތެރޭގައި ނުހޭތި، ކެއްވާނެތަ، ގޮވޭނެތަ އަދި އަތްލަބަލަ ހިމެނެއެވެ. މި ހުރިހާ އެޕިސޯޑުތަކުގެ ތެރެއިން އަތްލަބަލަ އެޕިސޯޑަކީ ފާހަގަކޮށްލެވޭ އެޕިސޯޑެކެވެ.

އަތްލަބަަ އެޕިސޯޑުގެ ޓްރެއިލާ މީސް މީޑިޔާގައި ދައުރުވާން ފެށުމާއެކު އެތައް ބައެއްގެ ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. އެއުޅެނީ ކޮންއެއްޗެއް ފެނިގެންތޯ އެތައްބަޔަކު އަމިއްލަ ނަފުސަށް ސުވާލުކޮށްލެވުނެވެ. އެހެން ނަމަވެސް ހާތްތެރީގެ އަތްލަބަލަ އެޕިސޯޑު ބަލާ ނިމުނު އިރު ކޮންމެ މީހެއްގެ ގާތަށްވެސް ހިނި އަންނާނެކަން ޔަގީނެވެ.

ހަމަ އެހެންމެ ހާތްތެރީގެ ފަސްވަނަ އެޕިސޯޑުވެސް ވަރަށް ތަފާތެވެ. ހާތްތެއީގެ ފަސްވަނަ އެޕިސޯޑަކީ “ކާން ކެރޭނެތަ” އެވެ. މި އެޕިސޯޑުގައި ޖެހެނީ އެކި އެކި އެއްްޗެހި އެއްކޮށްގެން ކާށެވެ. އޭގެތެރޭގައި ރިހާކުރާއި ގެރިކިރު އެއްކޮށްގެން ކެއުމާއި، އެވަކާޑޯ އާއި ޗިލީ އެންޑް ގާލިކް ސޯސް އެއްކޮށްގެން ކެއުމާއި ދޮންކޭލާއި، މަސްޓަޑާއި އަދި އޮއިސްޓާރ ސޯސް އެއްކޮށްގެން ކެއުން ފާހަގަކޮށްލެވެއެވެ.

ހާތްތެރިއަކީ އަދުގެ ޒުވާނުންގެ ވިސްނުމާއި ވަރަށް ގުޅޭހެން ތައްޔާރުކުރާ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާ ބަންދެއްގައި ހާތްތެރީގެ މުޅިން އާ އެޕިސޯޑެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ހާތްތެރިއަކީ އެއްފަހަރު ބަލައިފިނަމަ އޭގެ ހުރިހާ އެޕިސޯޑެއްވެސް ބަލަން ބޭނުންވާނެ ފަދަ މަޖާ އެއްޗެކެވެ. އަހަރެންވެސް ހާތްތެރީގެ ފުރަތަމަ ފަސް އެޕިސޯޑު ބަލައިފީމެވެ. މިހާރު އިންތިޒާރުކުރަމުން މިދަނީ ހަވަނަ އެޕިސޯޑަށެވެ.

ޚިޔާލު ފާޅުކުރައްވާ