Follow us on
ފާހާނާ: ސުކޫލުކުދިން ހިތްހަމަޖައްސާލުމަށް ދާ މަންޒިލް
| އަޙުމަދު އަނަސް

ކޮންމެ ސުކޫލެއްގައިވެސް އެ ސުކޫލެއްގެ ދަރިވަރުންނާއި، މުއައްޒަފުނަނާއި އަދި ސުކޫލަށް އަންނަ އެންމެހާ މީހުން ބޭނުން ކުރުމަށް ފާހާނަ ތަކެއް ހުރެއެވެ.

ނަމަވެސް މިއަދު ސުކޫލު ކުދިން މި ފާހާނަތަށް ހަދާލާފާ މިވަނީ އެކުދިން ފޫހިފިލުވާލުމަށް ދާ މަންޒިލަކަށެވެ. އެހެންގޮތަކަށް ބުނާނަމަ އެކުދިން ޕާޓީކުރާ ތަނަކަށެވެ. މީ ވަރަށްވެސް ހިތާމަވެރި ކަމެކެވެ.

ހަޤީގަތުގައި ކުއްޖަކު ފަހާނާ ބޭނުންކޮށްލަން ޖެހިގެން ފާހާނާއަށް ދިޔުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ފާހާނައިގާ ކުރަހާ އެތާންގައި ހުންނަ އެއްޗެއްސަށް ގެއްލުން ދިނުމަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު މައްސަލައެކެވެ. މީހެން ކަންކަން ކުރާނަމަ ގެއްލުން ވާނީ ހަމައެކަނި ސުކޫލަކަށް ނޫނެވެ. އެ ފަދަ ކަންކަން ކުރާ ކުދިންނަށާއި އެފަދަ ކަންކަމަށް އެއްބާރުލުންދޭ ކުދިންނަށްވެސް މިކަމުން އެތަކެއް ގެއްލުންތަކެއް ކުރާނެއެވެ. ކުދިން ކުރާ މިފަދަ ކަންކަމަށް ޒިނަމާވާނީވެސް ކާކު ހެއްޔެވެ؟ ކުދިންހެއްޔެވެ؟ ނޫނީ އެކުދިންގެ ބެލެނިވެރިން ހެއްޔެވެ؟

ހިތްހަމަ ޖައްސާލުމަށްޓަކައި ފާހާނާއަށްދާ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ފާހާނަ ފެންނަނީ މުޅިން އެހެން ސިފައެއްގައެވެ. އެކުދިންނަށް ފާހާނާ ފެންނަނީ ކުރަހާ ފޮތެއްގެ ސިފައިގައެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ އެކުދިން ހަބަރުތަށް ޖަހާލާ ނޫހެއްގެ ސިފައިގައެވެ. ކުދިންގެ އުމުރާ ނުގުޅޭ އެތަށް ވާހަކަތަކެއް އަދި އެތަށް ކުރެހުންތަކެއް މި ކުރަހާ ފޮތުން ފެންނަށް ހުރެއެވެ. މި ކުރެހުންތަކާއި ލިޔުންތަށް ފެންނަނީކީ ހަމައެކަނި އެ ކަން ކުރާ ދަރިވަރުންނަކަށް ނޫނެވެ. އެ ކުދިންގެ ކޮއްކޮ މެނަށްވެސް މި މަނަޒަރުތެއް އެބަ ފެނެއެވެ. މީގެ އިތުރުން ސުކޫލަށް އަންނަ އެކި އެކި މެހެމާނުންވެސް މިމަންޒަރުތަށް ފެނި އާޝޯހުވެއެވެ.

މިއީ ވަރަށްވެސް ހިތާމަވެރި ކަންކަމެވެ. މިފަދަ ކަންކަން ކުރާ ކުރިން މިއަދުން މިއަދަށް މިކަންކަން ހުއްޓާލަން އެބަޖެހެއެވެ. ސުކޫލުގައި ފާހާނައެއް ނެއްނަމަވެސް އުނދަގޫވާނީ ހަމަ އެތަނެއްގައި ކިޔަވާ ކުދިންނަށެވެ. އެހެންކަމުން ފާހާނައިގެ ބޭނުން އޭގެ އެންމެ އެދެވޭ ގޮތުގައި ހިފުމަށް ކޮންމެ ކުއްޖެއްވެސް އާދަކުރަން އެބަ ޖެހެއެވެ. ކޮންމެ ކުއްޖެއްވެސް ލިބޭތާ ލިބިގަންނަން އެބަ ޖެހެއެވެ. ސުކޫލުން ފާހާނައިގެ ހިދުމަތް ލިބޭއިރު އޭގެ ބޭނުންވެސް ރަނގަޅު ގޮތުގައި ހިފަން އާދަ ކުރަން އެބަ ޖެހެއެވެ.

ޚިޔާލު ފާޅުކުރައްވާ