Follow us on
ކޮސީތާ ޗެލެންޖް: ކޮސީތާ ލަވައަށް ނަށާލައިގެން ފައިސާގެ އިނާމެއް!
| އަޙުމަދު އަނަސް

މީސް މީޑިޔާގައި ތަފާތު އެކި ޒާތްޒާތުގެ މުބާރާތްތައް ބޭއްވުމަކީ އާންމުކަމެކެވެ. “ޝެއަރ އެންޑް ވިން” “ގެސް ދި ސްކޯ” ފަދަ މުބާރާތްތަކަކި އާންމު މުބާރާތްތަކެކެވެ.

މިފަހަރު މިއޮތީ އަނެއްކާވެސް ތަފާތު ކަމެކެވެ. މިފަހަރުވެސް މިއީ ހަމަ މީސް މީޑިޔާގައި ބޭއްވޭ މުބާރާތެކެވެ. އެހެނަސް މިފަހަރުގެ މުބާރާތް އެހެން މުބާރާތްތަކާއި ވަރަށް ބޮޑަށް ތަފާތެވެ.

މިއީ “ޓެލެންޓް މޯލްޑިވްސް” ނަމަކަށް ކިޔާ ފޭސްބުކު ޕޭޖަކުން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ނަމަކީ “ކޮސީތާ ޗެލެންޖް” އެވެ. މި މުބާރާތާކީ ހުރިހާ އުމުރެއްގެ ބައިވެރިންނަށްވެސް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

Here is the first challenge of Talent Maldives. 😉The name of this challenge is #CositaChallenge 😋In this challenge,…

Posted by Talent Maldives on Tuesday, 3 July 2018

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ކޮންމެ މީހަކުވެސް ކޮސީތާ ލަވައަށް ނެށުމަށްފަހު އެވީޑިޔޯ ޓެލެންޓް މޯލްޑިވްސް ގެ ފޭސްބުކު ޕޭޖަށް ފޮނުވާށެވެ. އަދި އެއަށްފަހު ކޮންމެ މީހަކުވެސް ފޮނުވާ ވީޑިޔޯ ޓެލެންޓް މޯލްޑިވްސްގެ ފޭސްބުކު ޕޭޖުގަޔާއި، ޔޫޓިއުބް ޗެނަލް އަދި އިންސްޓަގްތާމް އެކައުންޓަށް އަޕްލޯޑް ކުރެވޭނެއެވެ.

މުބާރާތުން ވަނަ ހޮވުމުގައި ބެލެވޭނީ 50 އިންސައްތަ ފަނޑިޔާރުންގެ މާކުހަށެވެ. އަދި ބާކީ 50 އިންސައްތައަކީ ބެލުންތެރިންގެ ލައިކް އަދި ޝެއަރ އިން ލިބޭ ޕޮއިންޓެވެ. އެގޮތުން ކޮންމެ ލައިކަކަށް 3 ޕޮއިންޓް އަދި ކޮންމެ ޝެއަރ އަކަށް 5 ޕޮއިންޓް ލިބޭނެއެވެ. ފޭސްބުކް އިން ވީޑިޔޯއަށް ލައިކް ކުރާ އަދި ޝެއަރ ކުރާ މީހާއަކީވެސް ޓެލެންޓް މޯލްޑިވްސް ގެ ފޭސްބުކު ޕޭޖް ލައިކް ކޮށްފައިވާ މީހަކަށް ވާންޖެހޭނެއެވެ. އަދި އިންސްޓަގްރާމް އިން ލައިކް ކުރާ މީހާއަކީ ޓެލެންޓް މޯލްޑިވްސްގެ ފޮލޯވާ އަކަށް ވާންޖެހޭނެއެވެ.

ވީޑިޔޯ ފޮނުވުމުގެ ސުންގަޑިއަކީ މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޮނުވާ ވީޑިޔޯތައް އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފޭސްބުކް، އިންޓަގްރާމް އަދި ޔޫޓިއުބް އަށް އަޕްލޯޑް ކުރެވޭނެއެވެ. މުބާރާތުން އެއްވަނަ އަށް ހޮވޭ ވީޑިޔޯއަކަށް ފައިސާގެ އިނާމެއް ދެވިގެން ދާނެއެވެ.

ކޮސީތާ ޗެލެންޖް ގެ އިތުރުން ކޮންމެ ކޮންމެ މަހެއްގައި މިފަދަ އެހެން ޗެލެންޖެއް ބޭއްވިގެން ދާނެއެވެ. އަދި އޭގެ އިތުރުން އެމީހަކަށް ލިބިފައިވާ އެއްވެސް ހުނަރެއް ދައްކާލަން ބޭނުންވާނަމަ އެ ހުނަރެއް ވީޑިޔޯކޮށް ޓެލެންޓް މޯލްޑިވްސް އަށް ފޮނުވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ