Follow us on
ހިލަކަރުދާސް އަޅައިގެން މޫނު އޮމާންނުވި މީހުނަށް މިއޮތީ ހައްލެއް!
| އަޙުމަދު އަނަސް

ދާދި އިހަކަށްދުވަހު މީސް މީޑިޔާގައި ދައުރަވާން ފެށި ވީޑިޔީއަކަށް ގިނަބަޔަކު މިވަނީ ބަސްހުއްޓިފައެވެ. މޭކަޕް ބައި ރީޝް ގެ އިންސްޓަގްރާމް އެކައުންޓުގައި ޝާއިޢު ކުރި މިވީޑިޔީވަނީ ފޭސްބުކް އަދި ޓްވިޓާގައިވެސް ވަރަށް ބޮޑަށް ވައިގައި ހިފާލާފައެވެ. މީހާ ރީތިވަނީ އަގުބޮޑު މޭކަޕް ސާމާނު ބޭނުން ކުރުމުން ކަމަށް ބުނެ ފޮނިކަނޑަ މި ވީޑިޔޯއަކީ އަދުގެ ގިން ޒުވާނުން ޤަބޫލުކުރާ ގޮތެވެ.

ގިނަ ޒުވާން ކުދިން ގަބޫލުކުރާ ގޮތުގައި އަގުބޮޑެތި އެއްޗިއްސަކީ މޮޅެތި އެއްޗިއްސެވެ. އަގުހެޔޮ އެއްޗެއްސަކީ ކަޑަ އެއްޗިއްސެވެ. އެހެނަސް މިއޮތީ އެކަން ދޮގުކޮށްދޭ ހެއްކެކެވެ. މިއީ ޖަނަޓް ނަމަކަށް ކިޔާ ބްރޭންޑެއްގެ ކޮސްމެޓިކްސް ސާމާނުތަކެވެ. އަގު ހެޔަސް މިއޮތީ ރަގަނޅު ހައްލެކެވެ.

ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މެދުގައި މަޤުބޫލު “ޖެނެޓް” ބްރޭންޑުގެ “ފެއަރ އެންޑް ނެޗުރަލް” ފޭސް ވޮޝް އާއި ފޭސް ކްރީމަކީ، މޫނުގެ ކުލަ އަލިކޮށް އަވަހަށް ދޮންވާން އެދޭ އަންހެނުންނަށް ޚާއްސަކޮށްގެން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ފޭސް ވޮޝް އާއި ފޭސް ކްރީމްއަކީ، ޢާންމުކޮށް ހުރިހައި ވައްތަރެއްގެ ހަންގަނޑަކާއިވެސް ގުޅޭގޮތަށް އުފައްދާފައިވާ ކެމިކަލް އާއި ގެއްލުންދެނިވި އެއްވެސް މާއްދާއެއް ނުހިމަނޭގޮތަށް އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

އަންހެނުންގެ މޫނުގެ ހަންގަނޑާއި އެންމެ އެކަށީގެންވާގޮތަށް އުފައްދާފައިވާ “ޖެނެޓް – ފެއަރ އެންޑް ނެޗުރަލް” ފޭސް ވޮޝް އާއި ފޭސް ކްރީމަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި މޫނުގެ ކުލަ އަލިކޮށްދިނުމުގެ އިތުރުން، ހަންގަނޑަށް އެތައް ގިނަގުނަ ފައިދާއެއް ގެނުވައިދޭ ދެ އުފެއްދުމެވެ. އެގޮތުން މޫނުގެ ހަންގަނޑު އޮމާންކޮށްދީ ހަންގަނޑުގެ މަޑުކަމާއި ތާޒާކަން އިތުރުކޮށްދިނުމަށް މި ދެ ބާވަތް ވަރަށް ބޮޑު އެހީއަކަށް ވެގެންދެއެވެ. ވިޓަމިން އޭ، ބީ ސީ އަދި އީ ހިމެނޭ މި ދެ ބާވަތް ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ރީތިކޮށްދޭއިރު، ހަންގަނޑު ކުރަކިވެ ތެޔޮވެފައި ހުންނަ ހުރުމުންވެސް ދުރުކޮށްދެއެވެ.

މީގެ އިތުރުން ޖެނެޓް ބްރޭޑ “ޕިންޕަލްސް އައުޓް ފޭސް ވޮޝް” އަދި “ޕިންޕަލްސް އައުޓް ފޭސް ޕެކް” އަކީ މޫނުގައި ނަގާ ބިހިން ރައްކާތެރިވުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މޮޅު އުފެއްދުމެކެވެ.

ހަމައެކަނި ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައިވާ މި ފޭސް ވޮޝްގެ އެންމެ ޚާއްސަ އެއް ކަމަކީ، އާދަކޮށް މި ފޭސް ވޮޝް ބޭނުންކޮށްގެން މޫނު ދޮންނާން ފަށާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މޫނުގެ ހަންގަނޑު އޮމާންވެ، ހަންގަނޑުގެ ތާޒާކަން އިތުރުވާން ފެށުމެވެ. އެއާއި އެކު މޫނުގައި ބިހި ނެގުމަށް މަގުފަހިކުރާ ބައިތަކުން ހަންގަނޑު ސަލާމަތްކޮށްދީ މޫނުމަތި ރީތިވެގެން ދެއެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ފޭސް ވޮޝް، ފޭސްބުކް ޕޭޖް “ކުއަލިޓީ ޗޮއިސް” އިން ލިބެން ހުރިއިރު، އެޕޭޖްގައި މިތަކެއްޗާއި ގުޅޭ މައުލޫމާތު ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން “ބިއުޓީ” އަދި “ޕާސަނަލް ކެއަރ”ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ “ސްކިން ކެއަރ” އަދި “ހެއަރ ކެއަރ”ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.

ނޯޓް: މޭކަޕް ބައި ރީޝް އިން ހަދާފައިވާ މިވީޑިއޯއަކީ މަޖާ އަދި މީހުން ހެއްވުމަށް ހަދާފައިވާ ވީޑިއޯއެއްކަން ފާހަގަކޮށްލެވެއެވެ.

 

ޚިޔާލު ފާޅުކުރައްވާ