Follow us on
ހަނދަށް ދިޔަ ވާހަކައަކީ ޙަޤީޤަތެއްބާ؟
| އަޙުމަދު އުނައިސް

ހަނދަށް ދިޔަ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. މިކަން ގަބޫލުކުރާ ބަޔަކު ތިބިނަމަވެސް، ގިނަބަޔަކު ދަނީ މިއީ ދޮގެއް ކަމަށް ބުނަމުންނެވެ. އެއްވެސް ޙަޤީޤަތެއްނެތް ފުލޯކެއް ކަމުގެ ހެކިތަކާއިވެސް އެކުގައެވެ.

އެންމެ ފުރަތަމަ ހަނދަށް ދިޔައީ ނީލް އާރމްސްޓްރޯންގް ކަމަށް ވާހަކަ ދެކެވެއެވެ. އެއީ 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. އާރމްސްޓްރޯންގާއިއެކު ދެން ދިޔައީ ބަޒް އެލްޑްރިން އެވެ. މި ދެމީހުންނަކީވެސް އެމެރިކާއަށް އުފަން ދެމީހުންނެވެ.

ހަނދަށް ދިޔަކަމަށް ބުނެވޭ ހެކިތަކެއްގެ ގޮތުގައި ބެލެވެން ހުރީ ފޮޓޯ ތަކެކެވެ. ފޮޓޯތަކާއިމެދު ރަނގަޅަށް ވިސްނަމާލަމާތޯއެވެ.

މިއީ އެންމެ އާންމު ފޮޓޯއެވެ. ހަނދުގައި ވައި ހުރޭ ހެއްޔެވެ؟ ނުހުރެއެވެ. ވައި ނުހުންނައިރު ދިދަ ހެލުވެންވީ ކީއްވެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ދިން ޖަވާބުގައި ނާސާއިން ބުނެފައިވަނީ އެއީ ދިދަ ޖެހި ގަޑީގައި އަރާފައި އިން ރުލެއް ކަމަށެވެ.

ދެން އަނެއްކާވެސް އަނެއް ސުވާލެވެ. ދިދައިގެ ހިޔަނި ވާތް ފަރާތަށް ހުރިއިރު، މީހާގެ ހިޔަނި ކަނާތްފަރާތަށް ހުރީ ކީއްވެ ހެއްޔެވެ؟

މި ފޮޓޯއަށް ބަލާލުމުންވެސް ހަނދަށް ދިޔަވާހަކައަކީ އެއްވެސް ތެދެއް ނެތް، ފުލޯކު ވާހަކައެއް ކަމަށް އެނގިގެންދެއެވެ. އެމީހުން މި ފޮޓޯތައް ނަގާފައިވަނީ އެމެރިކާގެ ބޮޑު ހުސް ބިމެއްގައި ކަމަށް މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ.

އެއިރު ހަނދަށް ދެވުނުއިރު، މިއަށްފަދަ ކުރިއަރާފައިވާ ޒަމާނެއްގައި ހަނދަށް ނުދެވެންވީ ކީއްވެ ހެއްޔެވެ؟ ހަނދަށް ދެވޭނަމަ އެކަމާނޫޅެ ބަޔަކު ތިބެދާނެބާއެވެ؟

 

ޚިޔާލު ފާޅުކުރައްވާ