Follow us on
ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދައިފި
| އަޙުމަދު އަނަސް

2018 ވަނަ އަހަުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ފްރާން އިން ހޯދައިފިއެވެ. ފްރާންސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކްރޯޝިޔާ އާއި ވާދަކޮށެވެ. މިހާރު ރަޝިޔާގައި ކުޅެމުން އަންނަ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗުގައި މިރޭ ފްރާންސް އާއި ކްރޯޝިޔާ ވާދަކޮށްފައެވެ. މި މެޗު ފްރާންސް އިން ކާމިޔާބުކުރީ 2 – 4 ގެ ނަތީޖާއަކުންނެވެ.

ދުނިޔޭގައި ކުޅެވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕް ގައި މިއަހަރު ޖުމަލް 32 ޓީމު ބައިވެރިވެފައި ވެއެވެ. އޭގެ ތެރެއިން ފައިނަލަށް ދަތުރުކޮށްފައި ވަނީ ފްރާންސް އަދި ކްރޮޝިޔާ އެވެ.

މިރޭގެ މެޗް ފެށިގެން 18 ވަނަ މިނެޓުގައި ކްރޯޝިޔާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލައަކާއެކު ފްރާންސް އިން ވަނީ ލީޑު ނަގާފައެވެ. އެހެންނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ކްރޯޝިޔާ އިން ވަނީ ގޯލައެއް ޖަހައި ދެޓީމު އެއްވަރު ކޮށްފައެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ފްރާންސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ފްރާންސް އިން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. އެއަށްފަހު ވެސް ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ކްރޯޝިޔާއިންނެވެ. އެހެނަސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ކްރޯޝިިޔާ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެހެނަސް އަނެއްކާވެސް މެޗުގެ 59 ވަނަ މިނެޓުގައި ޕޮގްބާ ޖަހައިދިން ގޯލަ އަކާއެކު ފްރާންސްގެ ޓީމު އަނެއްކާވެސް ލީޑު މަތިވެގެން ދިޔައެވެ. އޭގެ ފަހުން ފްރާންސްގެ 4 ވަނަ ގޯލް ޖަހައިދިނީ މެޗުގެ 65 ވަނަ މިނެޓުގައި އެމްބައްޕެ އެވެ. އެހެނަސް އަނެއްކާވެސް މެޗުގެ 69 ވަނަ މިނެޓުގައި ކްރޯޝިޔާ ވަނީ ގޯލައެއް ޖަހާފައެވެ.

މެޗް ނިމިގެން ދިޔައީ 2 – 4 ގެ ނަތީޖާ އަކުން ފްރާންސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރުމާއި އެކުގައެވެ. މި ކާމިޔާބީއާ އެކު ފްރާންސުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެފައިވަނީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ހޯދައި ތާރީހުން ޖާގަ ހޯދައިފަ އެވެ. އެ ޝަރަފް ދެން އޮތީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އަތުގަ އެވެ.

މިއީ ފްރާންސް އިން ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފްރާންސް އިން ވޯލްޑްކަޕް ކާމިޔާބުކުރީ 1998 ވަނަ އަހަރުގައެވެ. އެއަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި ވާދަކުރީ ފްރާންސް އާއި ބްރެޒިލް އެވެ. ފްރާންސް މުބާރާތް ކާމިޔާބުކުރީ 0 – 3 ގެ ނަތީޖާއަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ