Follow us on
ސުޕާރީ ހުސްވެ ދިވެހިން ހިތާމައިގައި!
| އަޙުމަދު އަނަސް

“ދުނިޔެއިން އެއްޗެހި ފޮހެވިގެން ދާނެކަމަށްޓަކައި އެ އެއްޗެހި ހިމާޔަތްކުރަތީ އަހަރެމެންނަށް ފެނޭ. މިޔަރާ، ގަސްގަހާގެއްސާ، ދޫންޏާއި އެކަހަލަ ބައިވަރު އެއްޗެހި… އެކަމަކު ރަސްލީ ހިމާޔަތްކުރަން މީހަކު ނިކުތްތަ؟ އުވިގެން ދިޔައިރުވެސް އެކަކުވެސް އެކަމަކާއި ނޫޅުނު. އަހަރެމެން އެއާއި ނުލާ އުޅޭކަށް ދަހެއް ނުކުރަމޭ….”

Rasily supari

Posted by Raajjenala on Wednesday, 18 July 2018

މިއީ މީގެ ދެދުވަސް ކުރިން ފެށިގެން މީސް މީޑިޔާގައި އެންމެ ގަދަޔަށް ދައުރުވަމުންދާ އެއް ވީޑިޔޯއެވެ. ރަސްލީ ސުޕާރީ ރާއްޖެއިން ހުސްވުމާއެކު ގިނަ ބަޔަކުދަނީ އެކަމާއި ހިތާމަކުރަމުންނެވެ. އެގޮތުން މިއީވެސް ރަސްލީ ސުޕާރީ ހުސްވެގެން ހިތާމަކުރާ މީހެއްގެ ވީޑިޔޯއެކެވެ.

ސުޕާރީއަކީ ދިވެހިންގެ ތެރޭގައި ދުފުމަށް އެންމެ ގިނައިން ބޭނުންކޮށް އުޅޭ އެކައްޗެވެ. އެގޮތުން ސުޕާރީގެ އެކި ބްރޭންޑުތައް ރާއްޖެއިން ލިބެން ހުރެއެވެ. އެހެނަސް ދާދި އިހަކަށްދުވަހު ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ބްރޭންޑުގެ ސްޕާރީ ކަމަށްވާ ރަސްލީ ބްރޭންޑުގެ ސްޕާރީ މިވަނީ ހުސްވެފައެވެ. އެއާއެކު އެކަންވީ ގިނަބަޔަކަށް ލިބިގެންދިޔަ ކުއްލި ސުހުމަކަށެވެ. ގަލަމުން ލިޔެގެން ނުވަތަ އަނގަ ބަހުން ބުނެގެންވެސް ކިޔައިނުދެވޭނެފަދަ ހިތާމައަކައަށެވެ.

ރަސްލީ ސްޕާރީ ރާއްޖެއިން ހުސްވެ، އެ ހިތާމައިގެ ތެރެއިން ދެން އަނެއްކާވެސް އެންމެންގެ ތެރޭގައި މަޤުބޫލުވެގެން ދިޔައީ ހަމަ އެއާއިލާގެ މެމްބަރެއް ކަމަށްވާ ރަސްލީ ގޯލްޑް ސްޕާރީއެވެ. އެހެނަސް ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނު ކަހަލައެވެ. ރަސްލީ ގޯލްޑް ސްޕާރީވެސް މިހާރު ފިހާރަތަކުން ލިބެނީ ވަރަށް މަދުންނެވެ. ގިނަ ފިހާރަތަކުގައި ނުވެސް ނެތެވެ. ރަސްލީ ގޯލްޑް ސްޕާރީ ހުސްވެއްޖެނެމަ އެތައްބަޔަކު ހަތަރު އުދަރެސް ފެނު ޖެހޭނެކަން ކަށަވަރެވެ.

ހަށިގަނޑަށް ގެއްލުން ބޮޑު، ނަމަވެސް ދިވެހިންގެ ގިނަ ބަޔަކު ދުފަން ބޭނުންކުރާ ސުޕާރީ ރާއްޖެއިން “ހުސްވެފައި” މިވަނީ ޕާކިސްތާނުން ސުޕާރީ ބޭރު ކުރުން މަދު ކުރުމާއެކު، ރާއްޖެ އެތެރެކުރާ ސުޕާރީ މަދުވުމުންނެވެ.

ސުޕާރިއަކީ އެ ކާން ފެށުމުން އެއަށް އެޑިކްޓްވާ އެއްޗެކެވެ. ސުޕާރީ ކައި އުޅޭ މީހުން އެކައި އުޅެނީ އޭގެ މީރު ރަހައިގެ ސަބަބުންނެވެ. އޭގައި އެމީހުންނަށް ލިބޭ ގެއްލުމަކަށް ބަލައިވެސް ނުލަ އެވެ. މީރު ރަހަދޭ ކޮންމެ އެއްޗަކީ ސިއްހަތަށް އެންމެ ރަނގަޅު އެއްޗަށް ނުވެދާނެ އެވެ. ހަމަ އެގޮތަށް ސުޕާރީއަކީ ވެސް ކިތަންމެ މީރުވިޔަސް ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ.

ދިވެހިންގެ ތެރެއަށް ސުޕާރީ އާންމުވެ ގަދަވީ މިފަހުގެ ޖީލުގައި ނަމަވެސް، މިއީ ދިވެހިންނަށް އާ ކަމެއް ނޫނެވެ. އަނގައިގެ ރަހަ ހެޔޮކޮށްލަން ދުފުމަކީ ދިވެހިންގެ އާދަޔާ ގުޅި ލާމެހިފައިވާ ކަމެކެވެ. މިހާރު ސުޕާރީ އެވެ. އޭރު ބިލަތާއި ކަރަންފޫ ކާފޫރުތޮޅި އަދި ހުނި ލައިގެން ދުފުމެކެވެ.

ޚިޔާލު ފާޅުކުރައްވާ