Follow us on
މިއޮތީ ހާދަރު ބަލާފައި ޕަބްޖީ ކުޅުން ހުއްޓާލި ޒުވާނެއްގެ ވާހަކަ!
| އަޙުމަދު އަނަސް

ޒަމާން ބަދަލުވެއްޖެއެވެ. ޓެކްނޮލޮޖީގެ ދަލުގައި ޖެހި މުޅި ދުނިޔެއަށް ބޮޑެތި އިންގިލާބުތަކެއް އަތުވެއްޖެއެވެ. ހަމަ އެއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ލައްކަ ބަދަލުތަކެއް އަތުވެއްޖެއެވެ. 90 ގެ އަހަރުތަކުގެ ކުދިން ބޮޑުވީ ފަސް އޮށްބަޔާއި ބަތް ކައްކާ ކުޅުމުގެ ތެރެއިންނެވެ. އެހެނަސް މިއަދު އެދުވަހާއި ދިމާ އިދިކޮޅެ. ކޮންމެ ކުޑަކުއްޖެއްގެ އަތުގައި ޓެބްލެޓެކެވެ. ކޮންމެ ޒުވާނެއްގެ އަތުގައި އަގުބޮޑު ސްމާޓް ފޯނެކެވެ.

އެ ޓެބްލެޓަށް ނުވަތަ ފޯނު ގިނފަހަރަށް ބޭނުންކުރަނީ ގޭމް ކުޅޭށެވެ. މި ކިޔައިދޭން އުޅެނީވެސް މިގޮތައް ގޭމު ކުޅުމާއެކު ބޮޑުވަމުން އައި ޒުވާނެއްގެ ވާހަކައެވެ.

މިއީ ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާނެކެވެ. މިޒަމާނުގެ އެހެން ކުދިންނެކޭ އެއްފަދައިން މިޒުވާނާއަކީވެސް ގޭމު ކުޅުމާއި ފުޓުބޯޅަ ކުޅުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ޕަބްޖީ އަކީ އުމުރުން 18 އަހަރުގެ މި ޒުވާނާ އެންމެ ކުޅޭހިތްވާ އެއް ގޭމެވެ.

ކޮންމެ ދުވަހަކުވެސް ޝަފާހު (އަސްލު ނަމެއް ނޫން) ޕަބްޖީ ކުޅުމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ. މިއީ މީނާގެ އާދައެކެވެ. ޝަފާހު އަކީ އޭނާގެ އެކުވެރިންގެ ތެރެއިން ކޮންމެ ފަހަރަކުވެސް އެންމެ ގިނަ “ކިލް” ނަގާ އެއް ކުޅުންތެރިޔާއެވެ. ވުމާއެކު ޝަފާހުގެ އެކުވެރިންގެ ތެރޭގައި އޭނާއަކީ ނަން ވިދާލާ ކުޅުންތެރިއެކެވެ.

އަޞްރެއް މަޤްރިބެއް ބެލުމެއްނެތި ޝަފާހު ގޭމު ކުޅުމުގައި މަސްޢޫލުވެ އިނދެއެވެ. އެހެންނަމަވެސް އެއްދުވަހަކު ޝަފާހުގެ މުޅި ދިރިއުޅުން ބަދަލުވިއެވެ.

ރައްޓެއްސަކު ހާދަރަކީ ދިވެހި ޕްޖީއޭ ބުނުމުން އެ އެއްޗެއް ބަލާނަމޭ ހިތާ ޝަފާހު ޔޫޓިއުބް އިން ހާދަރު ފިލްމު ހޯދިއެވެ. އަދި އެއްރެއަކު އެ ފިލްމު ބަލައިލިއެވެ.

ޝަފާހުގެ ހިތަށް ވެރިވީ ބިރުވެރި ކަމެވެ. “ހަމަ އަސްލަށްވެސް ބަޔަކު ރާއްޖެ އަރައިފިއްޔާ ހާދަހާ ‘ކިލް’ އެއް ނަގާނެޔޭ” ހިތާ ހިތުން ކިޔާލެވުނެވެ.

ހާދަރު ފިލްމާއި ޕްބްޖީއާއި ހުރި އެއްގޮތް ކަންކަމާމެދު ވިސްނުމުގައި ޝަފާހު އެތަށް ވަގުތެއް ހޭދަކުރިއެވެ. އަދި އެންމެ ފަހުން ނިންމާ އެރެއަށްފަހު ޕަބްޖީ ކުޅުން ހުއްޓާލުމަށެވެ.

“ހާދަރު ފިލްމު ބެލީމަ ބަޑި ދެކެ ބިރުގަތީ ފުރަތަމަ… ދެން ހިތަށްއެރީ ގޭމުގަ ބަޑި ޖެހުމަށްވުރެ ޤައުމާއި ދީނަށްތަކައި ބަޑި ޖަހަން މާ ރަނގަޅު ވާނެއޭ.. އެހެންވެ މިހާރު ވާން ބޭނުމީ ސިފައިގެ މީހަކަށް.. ހަމަ ހާދަރުގެ ހުޅޭ ހުސޭނު ފަދައިން ޤައުމު ހިމާޔަތްކުރާނަން”. ސަކަ ގޮތަކަށް ހީލާފައި ޝަފާހު ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ބުއްދި

    ބަޑިދެކެ ބިރު ގަންނަ މީހަކު ކިހިނެއް ސިފައިންގެއަށް ވަންނާނީ

  2. ނަން....

    ހާދަހާ ހީނުވެޔޭ ތެޔޯ ތެދަ ހެން

  3. ސަފާހު

    ސްކޫލްގައި 3ނޮވެމްބަރގެ ހާދިސާ ކިޔަވައި ނުދެނީތޯ؟ ނޫނީ ޓީވީ އިން ނުފެންނަނީތޯ؟