Follow us on
ގެއްލޭ އެއްޗެހި ހޯދަން ކުރެވިދާނެ ބައެއް ކަންކަން!
| ފާނޫޒް.ކޮމް

އެއްޗެހި ގެއްލުމަކީ އާންމު ކަމެކެވެ. ހަމަ ހިފައިގެން އުޅެ އުޅެ ހުއްޓާވެއް ބައެއް އެއްޗެހި ގެއްލެއެވެ. އެހެނަސް ހުރިހާ އެއްޗެއް ގެއްލެނީ ތިމާގެ ފަރުވާ ކުޑަ ކަމަކުން ނޫނެވެ.

ގެއްލޭ ކުޑަ އެއްޗެއްގެ ސަބަބުން ބައެއް ފަހަރު މީހާގެ މުޅި ހަޔާތްވެސް ބަދަލުވެދާނެއެވެ. ސަބަބަކީ ކިތަންމެ ކުޑަ އެއްޗަކީވެސް އަނެކާއަށް މުހިންމު އެއްޗަކަށް ވާތީއެވެ. މިއޮތީ ގެއްލޭ އެއްޗެހި ހޯދަން ކުރެވިދާނެ ބައެއް ކަންކަމެވެ.

1. އެންމެ ފަހުން އެ އެއްޗެއް ފެނުނު ތަން ހަނދާންކުރޭ

ކޮންމެ އެއްޗެއްވެސް ގެއްލުމާއެކު އެ އެއްޗެއް އެންމެ ފަހުން ފެނުނު، ނުވަތަ އެ އެއްޗެއް އެންމެ ފަހުން ބޭނުންކުރި ސަރަހައްދެއް ހަނދާން ކުރާށެވެ. މިގޮތަށް ހަނދާން ކޮށްގެނ އެއްޗެހި ހޯދަން ބަލަންޖެހޭ ސަރަހައްދު ދެނެގަނެވޭވެއެވެ.

2. އެ އެއްޗެއް ހިފައިގެން ދިޔަ ސަރަހައްދުތަށް ބަލާ

ގިނަފަހަރަށް އެއްްޗެހި ގެއްލެނީ އެ އެއްޗެއް ހިފައިގެން ތަނަކަށް ދާ މަގުމަތީގައެވެ. އެހެނަކަމުން އެ އެއްޗެއް ހޯދުމަށްތަކައި ގެއްލުނު އެތި ހިފައިގެން ދިޔަ ސަރަހައްދުތަށް ބެލުން މުހިންމެވެ. އާންމުކޮށް ފޮށިގަނޑު ފަދަ ތަކެތި ގެއްލެނީ ތަނަކަށް ދިޔުމުގެ މަގުމަތީގައެވެ.

3. ހަމަ ޖެހޭށެވެ.

އެއް ގެއްލިގެން މީހާ މާބޮޑަށް ހާސް ވާނަމަ އެ އެއްޗެއް ހޯދަން ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ މީހާގެ ވިސްނުން އެކަމަށް އެހާބޮޑަށް އެކަމާ ދޭތެރޭގައި ކޮންސެންޓްރޭޓު ނުކުރެވޭތީއެވެ. ވުމާއެކު އެއްޗެއ ހޯދާއިރު މީހާ ހަމަޖެހެން ޖެހެއެވެ.

4. އޮވެދާނެ ފަދަ ތަންތަން ބެލުން

ގެއްލިފައިވާ އެއްޗެއް ހޯދާއިރު އެ އެއްޗެއް އޮވޭދާނެހެން ހީވާ ހުރިހާ ތަނެއް ބެލުން މުހިންމެވެ. ސަބަބަކީ ބައެއް ފަހަރު ބޭއްވުނު ތަނެއް ހަނދާން ނެތިގެންވެސް އެއްޗެއް ގެއްލުނީ ކަމަށް ހީކޮށްގެން އުޅެވެއެވެ. މިސާލަކަށް ތަޅުދަނޑިއެއް ނަމަ އާންމުކޮށް ތަޅުދަނޑި ބާއްވާ ތަް ނުވަތަ ފޮށިގަނޑެއްނަމަ އެ ސަރަހައްދުގައި އެންމެ ގިނަ ފޮށިގަނޑު ހުންނަ ތަން ބެލުން މުހިންމެވެ.

5. މީހުންގެ އެހީ ހޯދުން

އެއްޗެއް ގެއްލިގެން ހޯދާއިރު މީހުންގެ އެހީ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ތިމާއަށް ނޭނގުނަސް އަނެކާއަށް އެ އެއްޗެއް ވީތަނެއް އެނގިދާނެއެވެ. އަދި މީގެ އިތުރުން ގިނަ ބަޔަކު އެކީގައި ގެއްލުނު އެތި ހޯދުމުގެ މަސައްކަތް ކުރެވިދާނެއެވެ.

6. އިޢުލާނު ކުރުން

މިއީ އެއްޗެއް ގެއްލިގެން އެއްޗެއް ހޯދުމުގެ އެންމެ ފަހު މަރުހަލާއެވެ. އެއީ އިޢުލާނު ކުރުމެވެ. އެގޮތުން އެ އެއްޗެއްގެ ފޮޓޯ އަދި އަނެކާއަށް ތަޞައްވުރު ކޮށްލެވޭ ގޮތަށް ސިފަކޮށްދިނުން މުހިންމެވެ. މިގޮތަށް އިއުލާނު ކުރުމުގައި މީސް މީޑިޔާވެސް ބޭނުންކުރެވިދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ނޭންގެ

    ހަމަ ހިފައިގެން އުޅެ އުޅެ ހުއްޓާވެއް ބައެއް އެއްޗެހި ގެއްލެއެވެ.

    🤐