Follow us on
މަލުގެ ފޮޓޯ ޝެއަރ ކުރުމުގެ ސިއްރު މިއޮތީ؟
| ޒިދާން މުޙައްމަދު

މިހާރަކަށް އައިސް މީސްމީޑިއާގައި މަލުގެ ފޮޓޯ ވަރަށް ގިނަ އަންހެން ކުދިން “ޝެއާރ” ކުރާތީ ފެނެއެވެ.

މަލުގެ ތެރޭންވެސް ގިނައިން ފެންނަނީ އިރަށް-އެނބުރޭ މަލެވެ. އިނގިރޭސި ބަހުން ބުނާ ނަމަ “ސަންފުލާވާރ” އެވެ.

ކޮންމެއަކަސް، ކަމާއި ކަންފަށާ މިހާ ފޯރީގައި މިވެރިން މި މާތަކުގެ ފޮޓޯ “ޝެއާރ” ކުރާ ސަބަބެއްވެސް އޮންނަން ވާނެތާއެވެ. އެހެން ނޫން ހެއްޔެވެ؟

މީގެ ސިއްރަކީ ކޮބައިތޯ ބެލުމަށް، ވަރަށް ގިނަ އަންހެން ކުދިންނަށް އަޅުގަނޑު ސުވާލު ކުރީމެވެ. ނަމަވެސް މާ އެދެވޭ ކަހަލަ ޖަވާބެއް އެކުދިންގެ ފަރާތުން ނުލިބުނެވެ.

ދެން އަަޅުގަނޑު ބެލީ ފިރިހެން ކުދިންގެ ޚިޔާލު މިކަމުގައި ހުރިގޮތަށެވެ. ނަސީބަކުން އަޅުގަނޑު ސުވާލު ކުރި އެކެއްގެ ފަރާތުން މީގެ ސަބަބަކަށް ވެދާނެ ޖަވާބެއް ލިބުނެވެ.

އަޅުގަނޑު ކުރި ސުވާލަށް ޖަވާބު ދެމުން އަަޅުގަނޑުގެ ގާތް އެކުވެރިއެއް ބުނީ ” އަސްލު އަންހެން ކުދިން ނުސީދާގޮތެއްގައި އެ ބުނަނީ ލޯބިވެރިޔާ ގާތު މަލެއް ދޭށޭ… ނޫނީ މަލެއް ބޭނުމޭ” މިހެންނެވެ.

ތެދެކެ، މިވެސް ހަމަ އޭގެ ސަބަބަކަށް ފުދެއެވެ. ފަހަރުގައި މިހާ ފޯރީގައި މަލުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާ ކުރުމުގެ ސިއްރަކީ މިއީ ކަމަށްވެސް ވެދާނެއެވެ.

ލޯބިވާ ކަނބަލުންނެވެ. ސަބަބަކީ މިއީ ނަމަ، މަލެއް ނުލިބުނަސް ދެރަ ނުވާށެވެ. ކީވެކަން ބުނެދެން ހެއްޔެވެ؟ ރައްްޓެހިވެގެން ތި އުޅޭ ކުއްޖާއަށް ކަނބުލޮއަށް ވުރެ ރީތި މަލެއް ފިހާރައަކުން ގަންނަން އަދި ނުފެންނަނީއެވެ.

ތިހާވަރު ކުރާއިރު، އެފަދަ މަލެއް ފެނުނު ނަމަ ގަނެފައި ދޭނެކަން އަޅުގަނޑަށް ޔަޤީނެވެ. އުފާކުރާށެވެ. މަލަކަށް ވުރެ ކަނބުލޭގެ އެސޮރަށް މާ ރީތީއެވެ. އިތުބާރު ކުރާށެވެ. މިއީ ޔަޤީން ކަމާއިއެކު ބުނާ ވާހަކައެކެވެ.

ޚިޔާލު ފާޅުކުރައްވާ