Follow us on
ލޯބިވެރިޔާ ބުންޏަސް ފޭސްބުކު ލޮގިން މަޢުލޫމާތު ނުދޭތި!
| ޒިދާން މުޙައްމަދު

މިހާރަކަށް އައިސް ލޯބިވެރިންގެ މެދުގައި މިއީ ޢާއްމު ކަމެކެވެ. “ފޭސްބުކު” އެކައުންޓުގެ ލޮގިން މަޢުލޫމާތު ލޯބިވެރިޔާ އަތުގައި އޮވެއެވެ. އީމެއިލް އަދި ފޭސްބުކު ޕާރސް ވޯޑެވެ.

ނަމަވެސް މިއީ އެއްގޮކަށްެވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެހެން މިބުނާ ދެތިން ސަބަބެއް ޙިއްސާކޮށްލާނަމެވެ.

އެންމެ ފުރަތަމަ އޭގެން ހާމަވަނީ ދެމީހުންގެ މެދުގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ކުޑަކަމެވެ. އެހެން ނޫންނަމަ، ކޯޓުއަމުރެއްގެ ސަބަބުން ފުލުހުން ގެއެއް ބަލައި ފާސްކުރާ ބީދައިން، ލޯބިވެރިޔާގެ ފޭސްބުކު އެކައުންޓަށް ވަދެ އެކައުންޓު ފާސްކުރަން ޖެހޭ ސަބަބެއް އެބައޮތް ހެއްޔެވެ؟

ފުރިހަމައަށް އިތުބާރު ކުރެވޭ ނަމަ، ލޯބިވެރިޔާ ފޭސްބުކުގައި “ކަޑަ” ކަމެއް ކޮށްފާނެ ކަމަށް ޝައްކުވެސް ނުކުރާނެއެވެ.

އިތުރު ކަމަކަށް ބަލާލާއިރު، އަމިއްލަ ޕުރައިވެސީއަށް ވިސްނާށެވެ. މިސާލަކަށް ލޯބިވެރިޔާއާއި މައްސަލަ ޖެހޭ ހިސާބުން އެކައުންޓު ތިމާއަތުން ބީވެދާނެއެވެ. އަމިއްލަ އެކައުންޓު ލޯބިވެރިޔާގެ އަތްދަށަށް ގެންގޮސް އޭގެ ނާޖާއިޒު ފައިދާ ނަގާފާނެއެވެ.

އިތުރު ކަމަކަށް ބަލާލާއިރު ގެއްލިގެން ދަނީ އަމިއްލަ މިނިވަންކަމެވެ. ލޯބިވެރިޔާއާއި ހެދި، ރައްޓެއްސަކަށް ވެސް މެސެޖުކޮށް ނުލެވެއެވެ. ޕޯސްޓެއްގައި ޓެގުކޮށްނުލެވެއެވެ. ކޮމެންޓެއް ލައިކެއް ނުދެވެއެވެ.

އެހެން ކަމުން ލޯބިވެރިޔާއަށް ފޭސްބުކު ލޮގިން މައުލޫމާތު ދޭކަށް ނުފެނެއެވެ. އަޅުގަނޑު ބުނާނީ ނުދޭށެވެ. ގޮތްނިންމާނީ ކިޔުންތެރިންނެވެ.

ޚިޔާލު ފާޅުކުރައްވާ

 1. ތާންމްބެ

  ތިޔަ ބުނީ ހެޔޮކޮއް

 2. އެފް ބީ

  ބަރާބަރު ވާހަކަ އެއް

 3. ޙަޤީޤަތް

  ޕާސް ހޯދައިގެން ހާވާލީމަ އެނގެނީ މިހާރު ހުސްކަން ވެސް.. ގެއަށް ވަންނަ ކޮއްކޮ ވެސް ނިކުންނަނީ އެގޭގަ އުޅޭ ހުރިހާ އެންމެން ކައިރިއަށް ވަދެފަ.. ނަމުގަ ކޮއްކޮ އެއް.. ދެން ޒިދާން ތިބުނަނީ އަހަރުމެން އެވަރު ބަލާލަށް ނުޖެހެއޭތަ؟ އެއްކޮށް އުޅެން ލޯބިވެރިން ގެންގުޅޭ މީހުންނަށް ޕާސް ދިނުމަކީ ބޮޑު ކަމެއް ނޫން.. ކަލޭ ވެސް އެހެން އުޅޭތީ ތިބުނަނީ ނުދޭށޭ.. ތިވަރު މީހުން އަދި ލޯބިވެރިން ނުގެންގުޅި މަޑުކޮށްލާ 👍

 4. ޙޫރް

  ބަލައިލިއްޔާ އޮންނާނީ ވަރިފަށަށް އަރާވަރަށް ވަގު ބިޓުންނާއި ވާހަކަ ދައްކައިފަ.ދެން އިތުބާރޭ އަމިއްލަ މިނިވަންކަމޭ ކިޔާކަށް ކޮންސަކަރާތެއް