Follow us on
ހިތާއި ފުއްޕާމޭ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ އަސްރާ އެހީއަކަށް އެދި އެދި
| އަޙުމަދު އަނަސް

އެހެން މީހެއްގެ ހާލަތު ގަލަމަކުން ބަޔާންކޮށްދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެބައެއްގެ އިހްސާސްތައް ދެނެގަންނަން މަސައްކަތްކުރިޔަސް، އެފަދަ ހާލަތެއް ދިމާނުވަނީސް އެކަން ފަހުމުކޮށްދޭން ދަތިވާނެކަން ކަށަވަރެވެ.

މިއީ ފުވައްމުލަކު ސިޓީއަށް އުފަން އުމުރުން އެންމެ 28 އަހަރުގެ އައިމިނަތު އަސްރާއެވެ. ވޭތުވެ މިދިޔަ 3 މަހެއްްހާ ދުވަސް ހޭދަކުރީ ވެދާނެ ގޮތަކާމެދު ވިސްނާ ފިކުރުކޮށް، އުންމީދުގެ ހުޅުކޮޅެއްގެ އިންތިޒާރުގައެވެ. އެހެނަސް މިކަންކަން އެހެންމީހަކަށް ބަޔާންކޮށްދިނުމަކީ ފަސޭހަކަމަކަށް ނުވާތީ އަދިވެސް ހިތަށް ތަސައްލީއެއް ލިބިފައެއްނުވެއެވެ.

2011 ވަނަ އަހަރުން ފެށިގެން އަސްރާ އައީ ވަރުބަލިވާތީ ޑޮކްޓަކަށް ދައްކަމުންނެވެ. ނަމަވެސް އަސްރާއަށް އެއިސެންމެންގާރ ޖެހިފައިވާކަން އެނގުނު މީގެ ތިން މަހެއްހާ ދުވަސްކުރިން ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމުންނެވެ. އަދި މިހާރު އޭނާ އެ ބަލިން ފުރިހަމައަށް ސަލާމަތްވުމަށް އޮތް ގޮތަކީ ފުއްޕާމެ އާއި ހިތުގެ ޓްރާންސްޕްލާންޓެއް ހެދުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

އަސްރާގެ ޑޮކްޓަރުގެ ސިޓީ

މިހާރު އަސްރާއަށް އޮތް ހަމައެކަނި ފަރުވާއަކީ ފުއްޕާ މޭ ބަދަލުކުރުން ކަމަށާއި، އަދި ހިތް ބަދަލުކުރުމާމެދު ގޮތެއް ނިއްމާނީ އަސްރާގެ ޑަކްޓަރު ކަމަށް އާއިލާއިން ވަނީ ފާނޫޒަށް މަޢުލޫމާތު ދީފައެވެ.

ބެންގަލޫރުގެ ބީއެސްޖީ ހޮސްޕިޓަލުން އޮޕަރޭޝަންކުރުމަށް އާސަންދަ ހަމަޖެހިފައިވާއިރު ގާތްގަނޑަކަށް އަހަރެއްހާ ދުވަސް އެކަމަށް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި އެމުއްދަތުގެ ތެރޭގައި ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމާއި ރިހެބިލިޓޭޝަންގެ ކަންކަން ކުރިއަށް ދާނެ ކަމުގެ އިތުރުން އަސްރާއަށް ބޭނުންވާ ފުއްޕާމޭ އަދި ހިތުގެ ގުނަވަން އޮސްޓްރޭލިއާއިން ލިބޭނެ މަގު ހަމަޖެހިފައިވާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

“އަޅުގަނޑުމެން މިބަލަނީ ރާއްޖެއާއި އެންމެ ކައިރި ތަނަކުން، އަގުހެޔޮކޮށް ކުރެވޭ ގޮތަކަށް. އޮސްޓްރޭލިއާ އިން ކުރަންޏާ ވަރަށް އަގުބޮޑު ވާނެ. އެކަމަކު މިވަގުތު މިދަނީ ފަންޑުވެސް އެއްކުރަމުން.” އަސްރާގެ ފިރިމީހާ ޔާސިރު ބުންޏެވެ.

އަސްރާ އަށް ފައިސާގެ އެހީއެއް ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ފައިސާ ނަމަ 7730000142133 އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އަދި ޑޮލަރުން އެހީވާން ބޭނުންނަމަ 7730000186661 އެކައުންޓަށް ޑޮލަރު ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ.

އަދި އިތުރު އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7795796 ޔާސިރު އަހުމަދު (އަސްރާގެ ފިރިމީހާ) އަށް ގުޅުމަށް އާއިލާ އިން އެދެއެވެ.


ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޚިޔާލު ފާޅުކުރައްވާ