Follow us on
ނޮކިޔާ ބައްތި ފޯނު ނިއްވާލަން އެންމެ ފަސޭހަ ގޮތް މިއޮތީ
| އަޙުމަދު އަނަސް

ނޮކިޔާ ބައްތި އަކީ ފޯނުތަކުގެ ތެރެއިން އެންމެ ވަރުގަދަ ފޯނުގެ ގޮތުގައި “ވެރިކަން” ކުރަމުން އަންނަ ފޯނެކެވެ. ކޮންމެ މީހަކުވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނޮކިޔާ ބައްތި ފޯނެއް ބޭނުންކުރެވިފައި އޮވެދާނެއެވެ.

ނޮކިޔާ ބައްތި ފޯނަކީ ވަރަށް ވަރުގަދަ ފޯނެއްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ތަނެއްގައި ބާރަށް ޖެހުމުންވެސް ނޮކިޔާ ބައްތި ފޯނެއް ހަލާކުވުމަކީ ނާދިރު ކަމެކެވެ. ބެޓެނީ ކިތަންމެ ދުރަށް ބުރައިގެން ދިޔަޔަސް ހެވެވެ. އަލުން ރާވާލުމުން ހަމަ އާ ފޯނެކޭ އެއްގޮތްވާނެއެވެ.

ނޮކިޔާ ބައްތި ނިއްވާލަން ފިއްތަން ޖެހެނީ ސްމާޓް ފޯނުތަކާއި ޚިލާފަށް ވަރަށް ތަފާތު ފިތަކަށެވެ. އެއީ ފޯނުގެ ހޭންގް ބަޓަން އަށެވެ. ހޭންގް ބަޓަން އަކީ ނޮކިޔާ ބައްތި ފޯނުން ފޯން ކޯލް ކަނޑާލަންވެސް ބޭނުންކުރާ ފިތެވެ. އެގޮތަށް ހޭންގް ބަޓަން އަށް ފިއްތާލައިގެން ހުންނަތާ 5 ވަރަކަށް ސިކުންތު ތެރޭގައި ނޮކިޔާ ބައްތި ފޯނު ނިވޭނެއެވެ.

އެހެނަސް މިއަށްވުރެ ފަސޭހަ ގޮތަކަށްވެސް ނޮކިޔާ ބައްތި ފޯނު ނިވާލެވެއެވެ. ނޮކިޔާ ބައްތިއަކީ ފަސޭހައިން ހަލާކުނުވާ ފޯނަކަށް ވުމާއެކު މި ގޮތަކީވެސް ބައެއް މީހުން އަވަހަށް ފޯނު ނިއްވުމަށްޓަކައި ކޮށްއުޅޭ ކަމެކެވެ. އެއީ ފޯނުގެ ބެޓެރީ ނެގުމެވެ. ފޯނުގެ ފަހަތު ކަވަރުގަނޑު ނައްޓާލައި، ބެޓެރީ ނެގުމާއެކު ފޯނު ނިވޭނެއެވެ. އެހެނަސް އަނެއްކާވެސް އަލުން ފޯނަށް ބެޓެެރީ ލައްވައި ރާވާލުމުން ފޯނު އޮންނާއި އަނެއްކާވެސް ބޭނުންކުރަން ތައްޔާރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

 1. ޝިފާއު

  ފެން އެއްޗަކަށް ލޫމަވެސް ނޮކިޔާ ބައްތި ފޯން ނިވޭޅަ

 2. އަނަސް

  މިޔޯ ދެން އެހެންނާ މީހުނަށް ނޭނގެން ކަމެއްވާ 😑

 3. އައިފޯނު

  ބައްތި ފޯނެއްނު ގަންނަންވީ.. އެހެންޏާ އަހަރެމެން މިއުޅެނީ ފޯނު ނުނިއްވިގެންތަ 😒

 4. Anonymous

  ފޯނު ތަނަކުން ބާރަށް ވައްޓާލުމުން ފޯނު ދެފަޅިވެގެން ނިވެ އެވެ…މިވެސް ރިޕޯޓެއް

 5. މިވެސް މީހެއް

  ގަރުނުގެ ރިޕޯޯޓް ހަހަހަހހަހ