Follow us on
ހާތްތެރިން މިފަހަރު މިކުރަނީ ސުވާލުތަކެއް!
| އަޙުމަދު އަނަސް

ހާތްތެރިއަކީ އައިޑިއުކްސް އިންކް އަދި ފައިނަލް ޗެޕްޓާރ ސްޓޫޑިޔޯ އިން ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ނެރޭ އެޕިސޯޑު ތަކެކެވެ. އެގޮތުން މިހާރު ވަނީ ހާތްތެރީގެ ހަތް އެޕިސޯޑެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

އެންމެ ފަހުން ނެރުނު ހާތްތެރީގެ ހަތް ވަނަ އެޕިސޯޑު ބެލުންތެރިންނާއި ހަމައަށް އައިސްފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދެ ހަފްތާގެ މެދުކެނޑުމަކަށް ފަހުއެވެ. އެހެންނަމަވެސް ހަތްވަނަ އެޕިސޯޑުން މިވަނީ ތަފާތު ދައްކާފައެވެ.

ހާތްތެރީގެ ހަތްވަނަ އެޕިސޯޑަކީ “އެނގޭތަ؟” އެވެ. މި އެޕިސޯޑު ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވަނީ ޖުމްލަ ދެ ބަޔަކަށް ބަހާލައިގެންނެވެ. މި އެޕިސޯޑުގައި ކޮންމެ ބައިވެރިޔަކާވެސް ކުރަނީ ވަރަށް ފަސޭހަ ސުވާލު ތަކެކެވެ. އޭގެ ތެރޭގައި “ފިޔާތޮށި ކުލައަށް ދިވެހިން ކިޔަނީ ކޮން ނަމެއް؟” އަދި “ރާއްޖޭގެ މިނިވަން ދުވަހަކީ ކޮބާ؟” ފަދަ ސުވާލުތައް ހިމެނެއެވެ.

އެގޮތުން ކުރާ ސުވާލުގެ ޖަވާބު ނުބައިކޮށް ދީފިނަމަ ކުރިމަތީގައި ހުރި ތައްޓަކުން ނަގައި އެއްޗެސް ނިއްްކުރިޔަށް ތަޅާލަން ޖެއެވެ. އެގޮތުން ނިއްކުރިޔަށް ތަޅާލަން ޖެހެނީ ކޯއްޗެއްކަން އެނގުމާއެކު ގިނަ ބައިވެރިން ވަނީ އަޖައިބުވެފައެވެ.

އެގޮތަށް ނިއްކުރިޔަށް ތަޅަން ޖެހޭ ބިސްތަކުގެ ތެރޭގައި އޮންނަނީ ޖުމްލަ 10 ބިހެވެ. އެއީ ކައްކާފައި އޮތް ފަސް ބިހާއި، ރޯކޮށް އޮތް ފަސް ބިހެވެ. އެހެންކަމުން ނުކައްކާ އޮންނަ ބިހެއް ބޮލަށް ތެޅޭނީ ނަސީބު ރަނގަޅުވީމައެވެ.

ހާތްތެރީގެ މި އެޕިސޯޑުގައި އެއްވެސް ބައިވެރިޔަކަށް ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅެއް ނުކުރެވުނެވެ. އެހެންނަމަވެސް ވަރަށް ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކުރީ ބައެއް ބައިވެރިން ފާހަގަކޮށްލެވެއެވެ.

ހާތްތެރިއަކީ އަދުގެ ޒުވާނުންގެ ވިސްނުމާއި ވަރަށް ގުޅޭހެން ތައްޔާރުކުރާ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާ ބަންދެއްގައި ހާތްތެރީގެ މުޅިން އާ އެޕިސޯޑެއް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ހާތްތެރިއަކީ އެއްފަހަރު ބަލައިފިނަމަ އޭގެ ހުރިހާ އެޕިސޯޑެއްވެސް ބަލަން ބޭނުންވާނެ ފަދަ މަޖާ އެއްޗެކެވެ. އަހަރެންވެސް ހާތްތެރީގެ ފުރަތަމަ ހަތް އެޕިސޯޑު ބަލައިފީމެވެ. މިހާރު އިންތިޒާރުކުރަމުން މިދަނީ އަށްވަނަ އެޕިސޯޑަށެވެ.

ޚިޔާލު ފާޅުކުރައްވާ