Follow us on
ހަޖަމުކުރަން އުނދަގޫ ވާނަމަ މިކަންކަން ކޮށްލާ!
| އަޙުމަދު އަނަސް

ހަޖަމުކުރުމަކީ ކޮންމެ އިންސާނެއްވެސް ދިރިހުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެގޮތުން އާދައިގެ އިންސާނެއް އެއްޗެއް ކެއުމަށްފަހު 4 ގަޑިއިރު ތެރޭގައި އެ އެއްޗެއް ހަޖަމުވާނެއެވެ.

ހަޖަމުކުރުމަކީ އެއްޗެއް ކެއުމަށްފެހު އެ އެއްޗެއް ގޮހޮރަށް ދިޔުމުގެ ކުރިން ބަނޑުތެރޭގައި ހުރެ، ކުދި ކުދިވެ އޭގައި ހުންނަ މުހިންމު ބައިތައް ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ފޮނުވާ، އަދި ބޭކާރު އެއްޗެހި ގައިން ބޭރަށް ނަޖިހުގެ ގޮތުގައި ނިކުތުމަށް އެކީގައި ކިޔާ އުޅޭ ނަމެކެވެ. އެގޮތުން ބައެއް މީހުނަށް މިކަމުގައި ބައެއް އުނދަގޫތަކާއި ކުރިމަތިވެއެވެ. އެކަމަށް އޮތް ހައްލަކީ މިއީއެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލުން
ހަޖަމުކުރުމުގައި އުނދަގޫ ތަކާއި ކުރިމަތިވާ ނަމަ ތިމާގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ، އެގޮތުން ކެއުމަށް ބަދަލުގެނެސް، ގިނަ ގިނައިން ކަސްރަތުކުރުން މުހިންމެވެ. މިގޮތަށް ކަސްރަތުކުރާއިރު 30 މިނެޓު ދުވުން ނުވަތަ ހިނގުން އަދި 1 ގަޑި އިރު ކަސްރަތުކުރުން މޮޅު އިތުރުވެގެން ވެއެވެ.

ވަރުބަލި ފިލުވުން
ތިމާއަކީ ހަޖަމުކުރުމުގައި ދަތިތަކެއް ކުރިމަތިވާ މީހެއް ނަމަ ގިނަ ގިނައިން ވަރުބަލި ފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ދުވާލު ވަގުތުގައިވެސް ކޮންމެވެސް ވަރަށް ނިދާލުން މުހިންމެވެ. އަދި އޭގެ އިތުރުން ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ގަޑިއިރު ނިދަން ޖެހެއެވެ.

ގިނައިން ދިޔާ އެއްޗެހި ބުއިން
ހަޖަމުކުރުމުގައި ދަތިވާނަމަ ވީހާވެސް ގިނައިން ދިޔާ އެއްޗެހި ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ގިނަ ދިޔާ އެއްޗެހި ބުއިމުގެ ސަބަބުން ހަށިގަނޑުގެ ފެން ގިނަވެއެވެ. އަދި އޭގެ ސަބަބުން މީހާ ބަނޑު ހިކުމުން ދުރުކޮށްދެއެވެ.

މިއީ ހަޖަމުކުރުމުގައި އުނދަގޫވާ މީހުން ކުރުން މުހިންމު ބައެއް ކަންކަމެވެ. އެހެނަކަމުން ތިބާއަކީވެސް ހަޖަމުކުރަން އުނދަގޫވާ މިހެއް ނަަމަ މިކަންކަން ކުރުން މުހިންމެވެ.

ޚިޔާލު ފާޅުކުރައްވާ