Follow us on
ކީއްވެ ލެޑީ؟
| ޒިދާން މުޙައްމަދު

ދާދި ފަހުން ފޭސްބުކުގައި ވައިރަލްވި ވީޑިއޯ މުޅި ރާއްޖެ ސިއްސުވާލިއެވެ. ޤަބޫލުކުރަން ދަތި ނަމަވެސް، ލޯމައްޗަށް ފެނުނީމަ ކުރާނީ ކީއްތޯއެވެ؟

ހުޅުމާލެ، ޗައިނާ ފުލެޓެއް ކައިރީގައި، ފުރާވަރުގެ ޒުވާން ތިން އަންހެން ކުއްޖަކު ވެގެން، އުމުރުން 15 އަހަރުގެ ތިނަދޫ އަންހެން ކުއްޖަކަށް އަނިޔާކޮށް، ގަނާކުރާ މަންޒަރު ދައްކުވައިދޭ މި ވީޑިއޯ ވައިރަލް ވުމުން ވަޤުތުން މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުން އަވަސްވެ ގަތެވެ. މުޅި ސޯޝަލް މީޑިއާ ފުރާލީ މި ވީޑިއޯގެ ވާހަކައިންނެވެ.

އެއްބަޔަކު އެކުދިންގެ ދިފާއުގައި ޕޯސްޓުތަަށް ކުރަމުންދިޔައިރު، އަނެއްބަޔަކު ދިޔައީ މައްސަލަ ބަލާ އިންސާފު ހޯދައިދިނުމަށް ގޮވަމުންނެވެ. އަދި މުޅި ރާއްޖެ ގޮވަމުން ދިޔައީ “ގަނާކުރުން ހުއްޓާލާ” ށޭއެވެ.

މާރާމާރީގައި ބައިވެރިވި ދެކުދިން ކުށަށް ޢިއުތިރާފުވެ ވަނީ އެންމެންގެ ކިބައިން މަޢާފަށް އެދިފައެވެ. ނަމަވެސް ގޮތް ދޫނުކޮަށް ހަމަލާތަކަށް ރައްދު ދެމުން، މީހުނަަށް އިތުރު އިންޒާރުތަށް ދެމުން މި ގުރޫޕުގެ ދެންތިބި ކުދިން ދިއެވެ.

ފުލުހުން ވަނީ މިހާރު މި މައްސަލައިގައި ދެ ކުއްްޖަކު ހައްޔަރުކޮށްފައެވެ. 18 އަހަރުގެ ކުއްޖަކާ 17 އަހަރުގެ ކުއްޖެކެވެ. ނަމެއް އަދިވެސް އެ މީހުންގެ ނަން ހާމައެއް ނުކުރެއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އިތުރު ބަހެއް ނުބުނެއެވެ.

ގަނާ ކުރުމަކީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބޭ ކަމެކެވެ. ފުރައްސާރަކުރުމާ އަތް އިސްކުރުން ހުއްޓާލަން ވެއްޖެއެވެ. މިޤައުމުގެ އެންމެންގެ ރައްކާތެރިކަމަށް ޓަކައެވެ. ލޯބިވާ ވަތަނުގެ ހައްޤުގައެވެ.

ކޮއްމެ ގޮތެއް ވިޔަސް ވަރިހަމައެވެ. ލެޑީ ކީއްކުރަން ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އެއީ ހައްލު ހެއްޔެވެ؟ ކަމެެއް ގޯސްވުމުން އަތް އިސްނުކޮށް ވެސް ހައްލު ކުރެވޭނެއެވެ. ރީތި ގޮތަކީވެސް އެ އެވެ. ނޫންހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ