Follow us on
ޖަގަހަތައް ފުރިފަ، މިސްކިތްތައް ހުސްކޮށް!
| އަޙުމަދު އަނަސް

ބާކީ އެންމެ 11 ދުވަހެވެ. އިންތިހާބު އައިސް މިއޮތް ބޯމަތި ވީއެވެ. ޖަގަހަތަކަށް އެންމެންވެސް ވަދެ ފުރާލައިފިއެވެ. އެކި ލަވައިން މުޅި ރަށުތެރެ ގުގުމާލައިފިއެެ. ވާނީވެސް އެހެންތާއެވެ. ތިމާ ސަޕޯޓުކުރާ މީހާ ދާއިރާ ތަމްސީލުކުރަން މަޖިލީހަށް ވެއްދޭނީ ލައްކަ ބައިވަރު މަސައްކަތް ކޮށްގެންތާއެވެ.

ކޮންމެ އަކަސް މިއީކީ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކުވެސް އިސްލާމީ ހުދޫދުގެ ތެރެއިން ކެމްޕެއިނުގެ ކަންކަން ހަމަ ކުރިޔަށް ގެންދަންވީއެވެ. އެހެނަސް ނަމާދު އަޅަނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ އިސްކަން ދޭނެޖެހޭނީ ނަމާދަކަށް ނޫންހެއްޔެވެ؟ ނަމާދު ނުކުރާނަމަ އެ އަރައިގަނެވެނީ ކިހާބޮޑު ފާފައަކަށް ހެއްޔެވެެ؟

ޣާފިލު ނިދިން ހޭލާކަށް ނުވޭ ހެއްޔެވެ؟ ދެދުނީޔޭގެ ބާއްޖަވެރިކަން އޮތީ “ޚާސިމަށް، ގާސިމަށް” ލިބޭ ވޯޓު ގުނައިގެންނެއް ނޫނެވެ. އަހަންމަދަށް ނުވަތަ މުހަންމަދަށް ދެވުނީ ކުރެވުނީ ކޮންކަމެއްތޯ ބަލައިގެނެއް ނޫނެވެ. ނުވަތަ ކެނޑިޑޭޓުންގެ އުނި ސިފަތަކަށް ބަލައިގެނެއް ނޫނެވެ. ނަމާދު އެޅުމަށް، ވުރެ ނުރައްކާތެރި ކަމެއް ކުރެވޭނެ ހެއްޔެވެ؟ އެ ލިބުނީ ބާތިލް ވޯޓެއް ނޫން ހެއްޔެވެ؟ ނަމާދު އަޅައިފި ނަމަ ސުވަރުގޭން ބޭރުވުމުގެ ފުރުސަތު ބޮޑެވެ.

އާހިރަތް ދުވަހަށް ބިރުވެތި ވާ މީހާ ނަމާދަށް، ރައްކާތެރިވާނެއެވެ. ފުރަތަމަ ހިސާބު ބެލޭނީ ނަމާދާ މެދުގައެވެ. އެކަން ހަދީޘުން ޞާބިތުކޮށްދެއެވެ. ނަމާދުން ފެއިލްވެއްޖެ އެމީހަކު ފެއިލްވެއްޖެއެވެ.

ނަމާދަކީ މާތް އަޅުކަމެކެވެ. އިސްލާމްދީނުގެ ދެވަނަ ރުކުންވެސް މެއެވެ. ނަމާދާ ނުލާ އިސްލާމްކަން ފުރިހަމަ ނުވާނެއެވެ. “ކަލޯ މިގަޑީ ޖަގަހައިގައި ކޮފީ އެބަ އޮތް…” އޭ ބުނާ ފަދައިން “ކަލޯ ބަންގި ގޮވަނީ…” އޭ އެއްފަހަރު ނަމަވެސް ބުނެ ބަލާށެވެ. ކެމްޕެއިން ކުރަން ގުރޫޕު ހަދާފައި ދާ ފަދައިން މިސްކިތަށްވެސް ގޮސް އަރާށެވެ. މަޖީލިހުގެ ގޮނޑި ކާމިޔާބު ކުރާ މީހަކަށެވެ. ނަމަވެސް ނަމާދުކޮށްގެން ސުވަރުގެ ލިބުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ.

މިހާރަަކަށް އައިސް ދެއްކުންތެރިކަމާއެކު ނަމާދު ކުރާތަން ވަރަށް ގިނައިން ފެނެއެވެ. އޭގެ ބަދަލުގައި އިޚްލާސްތެރިކަމާއި އެކު ﷲ އަށް ހިތްނިޔަތް ޚާލިސްކޮށް ނަމާދު ކުރާށެވެ. ކާމިޔާބު އޮތީ އޭރުންނެވެ.

ވީމާ ފުރަތަމަ ނަމާދެވެ. ދެން އެހެން ކަންކަމެވެ. އެއީ ކެމްޕެއިނު ކުރުމަސް ވަރިހަމައެވެ.

ޚިޔާލު ފާޅުކުރައްވާ