Follow us on
މިރޭ 7:30 ގައި “ކަސޯޓީ” އެނބުރި އަންނަނީ، ބަލަން ތައްޔާރުތަ؟
| އަޙުމަދު އަނަސް

ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ހިންދީ ޑްރާމާ ސިލްސިލާ ކަމަާްވާ “ކަސައުޓީ ޒިންދަކީ ކޭ” އަލުން އަނބުރާ އައުމާއެކު މިރޭ ފެށެނީއެވެ. މިއީ އެތައް ބަޔަކު ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެއްކަން ޔަގީނެވެ.

މިފަހަރު ޕްރޭނާގެ ރޯލުން ފެނިގެންދާނީ އެރިކާ ފެނަންޑޭޒެވެ. އަނޫރާގް ބާސޫގެ ރޯލް ކުޅެނީ ޕާތު ސަމްތާން އެވެ. މަޝްހޫރު ކޮމޯލިކާގެ ރޯލުން ފެނިގެންދާނީ ހީނާ ހާން އެވެ. އަދި ބަޖާޖުގެ ރޯލުން ފެނިގެން ދާނީ މީގެ ކުރިން ސްޓާޕްލަސް އިން ދެއްކި “އިސް ޕިޔާރް ކޯ ކިޔާ ނާމު ދޫން” އިން މަޝްހޫރުކަން ހޯދި ބަރުން ސޮބްތީއެވެ.

މިފަހަރު ސީޒަން ދައްކާނީ ކޮންމެ ހަފްތާއަކުވެސް ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށެވެ. ކޮންމެ ރެއަކުވެސް މި ޑްރާމާ ދައްކާނީ 19:30 އިން ފެށިގެން 20:00 އާއި ހަމައަށެވެ.

ކަސައުޓީ ޒިންދަކީ ކޭ ދައްކަނީ 19:30 އިން ކަމަށްވުމާއެކު އެއްވެސް ބޭފުޅަކު އެ ޑްރާމާ ބަލަން ނަމާދު ނުކޮށް އިނދެގެން ނުވާނެއެވެ. އިޝާ ނަމާދުކޮށްގެން ގެއަށް އައިސްވެސް ކަސައުޓީ ބެލިދާނެއެވެ. އާހިރަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެލޭނީ ނަމާދާ މެދުގައެވެ. އެކަން ހަދީޘުން ޞާބިތުކޮށްދެއެވެ.

ކޮންމެ މީހަކުވެސް ހުންނާނީ ކަސައުުޓީ ބަލަން ލައްކަ ކެތްމަދުވެފައިކަން ޔަގީނެވެ. މިއީ ޙުދު އަހަރެންވެސް ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެކެވެ.

ޚިޔާލު ފާޅުކުރައްވާ