Follow us on
ގޭގަ އޮތްނަމަ ތިހެން ނުވީސް!
| ފާނޫޒް.ކޮމް

“ގޭގަ އޮތްނަމަ ތިހެނެއް ނުވީސް!”. މިއީ ވަރަށް އާންމުކޮށް އަހަރެމެންނަނަށް އިވޭ ވާހަކައެކެވެ. މަގުމަތިން ފޮށުމުގެ ޝިކާރައަކަށް ނުވަތަ ރޭޕްގެ ޝިކާރައަކަށް ވެފައިވާ މީހުނާއި ދިމާލަށް ހަމަ އާންމުކޮށް ބުނެ އުޅޭ އެއްޗެކެވެ. އެކަމަކު ސުވާލަކީ، އަންހެން ކުދިން ހަމަ އަބަދު އޮންނަންވީ ގޭގަހެއްްޔެވެ؟ ނުވަތަ އަންހެންކުއްޖަކު މަގުމަތިން ފެނިއްޖިއްޔާ “ހޯއްގޮވާ” ފޮށުން މަޖުބޫރުހެއްޔެވެ؟

ގިނަ ބަޔަކު ޤަބޫލުކުރަނީ މިގޮތަށް މިވަނީ އެ އަންހެންކުދިންގެ ސަބަބުން ކަމަށެވެ. އެކުދިން ލާ ހެދުން މާ ކުރުވެފައި ބާރުވުމުން ކަމަށެވެ. އެކުދިން އެހެން މީހުނަށް “ދެއްކުމުގެ ގޮތުން” ޖައްސައިގެން ތިބޭ މޭކަޕް މާ ގަދަކަމުން ކަމަށެވެ. އެކަމަކު އަންހެން ކުދިންނާއި މަގުމަތިން ފޮށެނީ ހަމައެކަނި މިސަބަބުތަކާއި ހެދިހެއްޔެވެ؟ ހަމައެކަނި ކުށަކީ އަންހެން ކުދިންގެ ހެދުން އެޅުމުގެ ވައްޓަފާޅިތޯއެވެ؟ ނުވަތަ ކޮށްފައި ހުންނަ މޭކަޕް ހެއްޔެވެ؟ ފިރިހެނުންގެ އަހުލާގުގައި މައްސަލައެއް އުޅޭކަމަށް ހަމަ އެކެއްގެވެސް ތިބުނާ “މޮޑާން” ސިނކުޑިތަކަށް ޤަބޫލު ނުކުރެވޭ ހެއްޔެވެ.

އަދި އެއްވާހަކަ އެބައޮތެވެ. މީސްމީޑިޔާގައި ކޮށްލާ ކޮމެންޓްއަކަށް ރިޕްލައި ކުރުން އެއީ އެ އަންހެން މީހާ “ބަޑި” މުވެއް ނޫނެވެ. އަދި އެއީ މަގުމަތިން ފެނިގެން “ބޭބީ” އޭ ކިޔާ ގޮވަން ދެވޭ ލައިސެންސެއްވެސް ނޫނެވެ. ފޭސްބުކްގައި މީމްސްތައް ހަދާާ، އަންހެން މީހުން ފޭސްބުކްގައި ކޮމެންޓް ކުރީމާ ރިޕްލައިކޮށް މަގުމަތިން ގޮވީމާ ބަލާނުލައޭ ބުނާ މީހުންނަށް ބުނެލަން އޮތީ ހަމަ ބޮލުގައި ތެތް ކަމެއް ނެތީ ހެއްޔެވެ؟ މިދެކަންތައް އެއްވަރު ކުރަން ތިބާގެ ސިނކުޑިއަށް ވިސްނުން އައިނަމަ، ތިމާއަށް ހެޔޮ ވިސްނުން ދެއްވާތޯ ހެއްދެވި ކަނލާންގެ ކިބައިން ދުޢާ ދަންނަވަމެވެ.

މުޖުތަމަޢުގައި ހުރި މިފަދަ މައްސަލަތަކާއި މެދު ވިސްނާ ފިކުރު ނުކުރާކަމީ އެންމެންވެސްް ހިތާމަކުރަންޖެހޭ ކަމެކެވެ. ފޮށުމަކީ މާ މޮޅު ކަމެއް ނޫނެވެ. އަންހެނުންނަށް އިޙުތިރާމް ކުރަންވެސް ޖެހެއެވެ. މި މައްސަލައަށް މިއަދު ހައްލު ނުހޯދައިފި ނަމަ މާދަމާ މި ކުޑަކުޑަ “ޖަޒީރާ ރާއްޖޭގައިވެސް” ރޭޕް ފަދަ ނުބައި ނުލަފާ ކަންކަން ފެނިގެން ދިޔުން އެކަށީގެންވެއެވެ. ކޮންމެ މިއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ! އަންހެން ކުދިންނަށް މަގުމަތީގައި ކުރާ ފުރައްސާރައަކީ އެކުދިންނަށް ކުރާ ތަޢުފީފެއް ނޫނެވެ. އެއީ ހަމަ ފޮށުމެވެ!

ޚިޔާލު ފާޅުކުރައްވާ

 1. ޙާޖަޜާ

  ތީ ހަމަ ތެދެއް މިއުޅޭ ފިރިހެނުން އުޅޭ ގޮތް ހަމަ އެއީ 

 2. ވިސްނާ

  ފޮށެނީކީ ނޫނޭ ގެޓް ވެބަޔަ
  ތިބާގެ ސިނކުޑިއަށް ވިސްނުން އައިނަމަ، ތިމާއަށް ހެޔޮ ވިސްނުން ދެއްވާތޯ ހެއްދެވި ކަނލާންގެ ކިބައިން ދުޢާ ދަންނަވަމެވެ.
  އައުރަ ނިވާކުރަން އެންގެވީ ކޮން ފަރާތަކުން
  ލިޔުންތެރިޔާ އަށް
  މަދުވިސް ކަން ޔަގީން