Follow us on
މީޑިއާތަކުން ނުދައްކާ އެތަށް ވާހަކައެއް، “މޯލްޑިވިއަންސް ބީ ލައިކް” އިން!
| ފާނޫޒް.ކޮމް

“މޯލްޑިވިއަންސް ބީ ލައިކް” އެކީ އެތަށް ރަހަތަކެއް އެކުލެވޭ ފޭސްބުކް ޕޭޖެކެވެ.

އެގޮތުން ފޭސްބުކްއަަށް ވަންނަ ގިނަ މީހުން ޝައުގުވެރިވާ އެކައްޗެއް ކަމަށްވާ “މީމްސް” އިން ފެށިގެން، ކުއްލި ޚަބަރުތަކާއި، މުނިފޫހިފިލުވައިދޭ އެތަށް ޕޯސްޓެއް, ރެޔާއި ދުވާލު މި ޕޭޖުގައި ޝާއިރު ކުރެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް “މޯލްޑިވިއަންސް ބީ ލައިކް” އިން މައުލޫމާތު ދިންގޮތުގައި، މި ޕޭޖުގެ މައިގަނޑު ބޭނުމަކީ ޕޯސްޓު ކުރާ މަޖާ “މީމްސް” ތަކުން، އެތަށް ދިވެހިންނެއް ހެއްވާލަ ދީ, މުނިފޫހިފިލުވައި ދިނުމެވެ.

މީގެ އިތުރުން، މި ޕޭޖުގެ ވަރުގަދަ މަޤުސަދެއް އެބައޮތެވެ. ދިވެހި މީޑިއާތަކަށް ނާރާ މުހިއްމު ކަންކަން މީހުންގެ ސަމާލުކަމަށް ގެނައުމެވެ. މީޑިއާތަކުން ނުދައްކާ އެތަށް ވާހަކައެއް ދެއްކުމެވެ.

“މޯލްޑިވިިއަންސް ބީ ލަައިކް” ޕޭޖުގައި އެއްޗެއް ޕޯސްޓުކޮށްލަން ބޭނުންނަމަ، ޕޭޖަށް މެސެޖުކޮށްލައިގެން އެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބޭނެ ކަމަށް، އެ ޕޭޖުގެ “އެޑްމިން ޓީމުން” މައުލޫމާތު ދެއެވެ.

“އަޅުގަނޑުމެންގެ ސްޓޭންޑާޑަށް ފެތޭ ކޮންމެ އެއްޗެއް ވެސް ރިކުއެއްސްޓު ކޮށްލީމަ ޕޯސްޓް ކޮށްދެވޭނެ ހަމަ”

އެޑްމިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

މިއަދު “މޯލްޑިވިއަންސް ބީ ލައިކް” އަކީ ބޮޑު ފޭންބޭސްއެއް އޮންނަ މަޤުބޫލު ޕޭޖެކެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ޝައި

    ލޯބި ޕޭޖެއް… ކީޕް އިޓް އަޕް..!

  2. އިބުރޭ1122

    ތީ ކާކު ހިންގާ ޕޭޖެއްކަން އަހަރުން ވަރަށް ރަނގަޅަށް ދަންނަން.. ތީ ފިތުނަޔާ މަގުފުރެއްދުމުގެ ޕޭޖެއް.. ދޮގެއް ތެދެއްނުބަލާ އެތައްވާހަކައެއް ލިޔެ، ތޭތެރެޖައްސާ ބައިގަނޑެއް..