Follow us on
މިއީ ވަސް މީރުކަމުން ސައިބޯނި ކާ ދިވެހި ޒުވާން އަންހެން ކުއްޖެއް
| އަޙުމަދު އަނަސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ވައްތަރުގެ މީހުން އުޅެއެވެ. އެކި ބާވަތްތަކުގެ އެއްޗެހި ކާ މީހުންވެސް އުޅެއެވެ. އެގޮތުން މި ކުޑަ ކުޑަ ޖަޒީރާ ރާއްޖޭގައިވެސް މިފަދަ ތަފާތު އެއްޗެހި ކާ މަދުބަޔަކު އުޅެއެވެ. އެހެނަސް އެގޮތުންމިފަހަރު މިއީ އަނެއްކާވެސް ތަފާތު ދިވެހި ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ. މި ޒުވާނާ ކަނީ ހަރު ސައިބޯންޏެވެ.

މިއީ ލ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެކެވެ. އެހެނަސް މި ވާހަކަ ކިޔައިިން އިރު މި ކުއްޖާ ވަނީ އޭނާގެ ނަން ހާމަ ނުކުރުމަށް އެދިފައެވެ.

ކުޑަ އިރުއްސުރެ އާލިޔާ (އަސްލު ނަމެއް ނޫން) ސައިބޯނީގެ ވަހަށް ލޯބިކުރެއެވެ. އަބަދުވެސް ސައިބޯނީގެ ވަސް ބަލައެވެ. އެ ޒަމާނުގައި ހުންނަނީ މިހާރު މިހުންނަ ދިޔާ ސައިބޯންޏެއް ނޫނެވެ. އޭރު ހުންނަނީ ހަރު ސައިބޯންޏެވެ. ސައިބޯނީގެ ވަސް ބެލުމަކީ އާލިޔާ އަބަދުވެސް ކޮށް އުޅުނު ކަމެކެވެ.

މިގޮތަށް ވަސް ބަލަމުން ގޮސް އެއްދުވަހަކު އާލިޔާ ސައިބޯނީގެ ރަހަ ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ސައިބޯނި ވެގެންދިޔައީ އާލިޔާއަށް ވަރަށް މީރު އެއްޗަކަށެވެ. އެންމެ ފުރަތަމަ ސައިބޯނި ކާން ފެށިއިރު އާލިޔާގެ އުމުރުން 15 އަހަރެވެ.

“އޭރު އެންމެ ފުރަތަމަ ކާންފެށީ ޑިޓޯލް ސައިބޯނި. ޑިޓޯލްގެވެސް ނޫ ކުލައިގެ ސައިބޯނި އެންމެ މީރީ.. ފުރަތަމަ މަންމަ މެނަށްވެސް ވަގަށް ކެއީ. އެކަމަކު ފަހުން ބައްޕައަށް ކާން ފަށާފަ އޮތް ސައިބޯންޏެއް ފެނިގެން ވަރަށް ގިނަ ނަސޭހަތް ދިން. ދެން އޭގެ ފަހުން އަމިއްލައަށްވެސް ވަރަށްް މަސައްކަތް ކުރިން އެކަން ހުއްޓޭތޯ. އެކަމަކު އޭރު ހަމަ ކޮންޓްރޯލް ނުވީ. ކާހިތްވީމަ ހަމަ ނުކައެއް ނުހުރެވޭ”

އާލިޔާ ބުނީ އޭނާ ސައިބޯނި ކާން ފެށި ދުވަސްވަކަރީ އޯލެވެލް އިމްތިހާނު ގާތްވެފާ އޮތް ދުވަސްވަރަށް ވުމުން އޭނާގެ މައިންބަފައިން އެންމެ ފުރަތަމަ ހީކުރީ އެއީ ސިހުރުގެ ކަމެއް ކަމަށެވެ. އަދި އެކަމުން ރަނގަޅު ވޭތޯ ފަންޑިތަވެސް ހެދި ކަމަށެވެ. އަދި އޭގެ އިތުރުން އޭނާވަނީ ޑޮކްޓަރަށްވެސް ދައްކާފައެވެ. އެހެނަސް އެތައް ބައިވަރު ޓެސްޓްތަކެއް ހެދުމުންވެސް އާލިޔާއަށް އެއްވެސް ގެއްލުމަށް ވެފައިނުވާަމަށާއި، ޞިއްޙަތު ހަމަ ރަނގަޅުކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެނަސް ފަންޑިޔަތަޔާއި، ބޭހައްފަހު އާލިޔާ ވަނީ މިކަމުން ދުރުވެފައެވެ.

“ސައިބޯނި ކަނީ ހަމަ ހިތްހަމަހަޖައްސާލުމަށް. އާންމުކޮށް ސައިބޯނި ކައި އުޅެނީ ސުޕާރީޔާވެސް އެކުގަ. އޭގެން ހަމަ ބުންނަވެސް ނޭނގޭ ކަހަލަ އަނގަޔަށް ފަސޭހަ ރަހައެއް ލަނީ. ދެން ބައެއް މީހުން ބުނާނެ ތިއީ ހަމަ މަސްތުވާތަކެއްޗޭވެސް. އެކަމަކު އެކަހަލަ އެއްވެސް ގޮތެއް ނުވޭ. އޭރު ސައިބޯނީގެ އިތުރުން ޝަވަރޖެލް ވެސް ކެއިން…”

އާލިޔާއަށް މިހާރު އުމުރުން 23 އަހަރުވެފައިވާއިރު އޭނާއަށް ވަނީ އެތައް ބައިވަރު ސައިބޯންޏެއްް ކެވިފައެވެ. އެހެނަސް މިހާރު އޭނާވަނީ މި އާދަޔާއި މުޅިން ދުރުވެފައެވެ. އެހެނަސް އަދިވެސް އާލިޔާއަށް ސައިބޯނީގެ ވަސް ޖެހުމުން ސައިބޯނިކާން ކެތްމަދުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ސައިބޯނި ބޮކި

    އެއްވަރަކަށް ވެސް ހަމަ އެއް ނުޖެހޭ. މީގެ 8 އަހަރު ކުރިން ވެސް ދިޔާ ސައިބޯނި ލިބެން ހުންނާނެ. ޝަވާޖެލް އެއް ނުއެއް ކާނެ. އެއީ ދިޔާ ސައިބޯނި އެއް.. ޕަކާސް

    • އާލިޔާ

      މީގެ އަށް އަހަރު ކުރިން ދިޔާ ސައިބޯނި ލިބެން ހުއްޓަސް އޭނަ އާންމުކޮށް ޔޫސް ކުރަނީ އޭގެ ސައިބޯޏި ކަމަށް ވެދާނެ އެއްނު. ދިޔާ ސައިބޯނިވެސް އަނގަ އަށް އަޅާފަ ކެވި ދާނެ. ޕަކާސް

      • ދިޔާ އެއްޗެހި ނުކެވޭނެ. ބޮވޭނީ. ޕަކާސް

  2. ސައިބޯނި

    މަ ހީކުރީ މަ އެކަނި ކުރި ކަމެއް ކަމަށް. މަވެސް ކުޑައިރު ސައިބޯނި ކެއިން. ވަރަށް މީރު. މަންމަމެން ހުއްޓާލަން ވަރަށް ނަސޭހަތް ވެސް ދިން. ހުއްޓާނުލީމަ ވާރޭފެން ތާނގިއަށް އަޅަން އުޅުމުން ހުއްޓާލެވިއްޖެ ނަސީބަކުން😂

  3. ބީފާނު

    މަވެސް އެއްއިރެއްގަ ސައިބޯންޏާ ދޮންނަކުޑި ކެއިން އެއީ ފުރަތަމަ ދަރިއަށް ބަނޑު ބޮޑު އިރު، ތި ހުންނަނީ އާކަންތަކެއް ނޫން، ފޮތި ކެއި މީހުން ވެސް އަހަރުން ދެކުނިން، ލޮލް

  4. ޕްރިޔަންކާ

    ދެން ލޮލް

  5. Anonymous

    މަ ކުޑައިރު ހޯނު ގުއި ވެސް ކައި އުޅުނިން. މި ވާހަކަވެސް ނޫހުގަ ޖަހާލަ ދީބަ. ޕްލީޒް

  6. އައިމިނަ

    މަވެސް ކުޑަ އިރު ވެލި ކެއިން ވަރަށް ގަދަޔަށް..މި ވާހަކަ ވެސް ހަބަރުގަ ޖަހާބަލަ..

  7. މީރޭ

    އަހަރެން ކުޑަ އިރި ކުރަފި ގުއި ވެސް ކެއިން ސުޕާރި ކޮޅެއް ކަމަށް ހީކުރެވި.

  8. ބަކުރު

    މަ ބުއީ ބުލީޗް. ވަރަށްމީރު އެއްޗެއް

  9. ޛސހސހސހ

    ޛެން ލޮލް

  10. ޔަސްފާނޮޅިވަރަން

    މަ ކެއިން ރަނޑަގުއިވެސް ދެން ލޮލް

  11. އާލިޔާގެ އަމާ

    މަމެން ކުޑަ އިރު ކުރަފި ކެއިން ކަދުރު ކަމަށް ހީކޮށް.. މިވާހަކަ ޖަހާލަދީބަ..

  12. ޖާން

    މަ ކުޑައިރު ކެއިން ކިރިޗާލި ގުއި… ކިރިޗާލި ގުއަކީ ކޯއްޗެއްކަން ނޭގެންޏާ ފޯއްމުލަކު މީހަކު ކުރެން އަހާލާ.

  13. ޝިހާމްބެ

    މަ ކުޑަ އިރު ކެއިން މިނި ގުއި ވެސް. ދެން ލޮލް. އަދި މަށަށް ކެވުނޯ ކުޓިކުރާ ފުށާ ދަތް އުނގުޅާ ބޭސް ވެސް. ދެން ވެސް ލޮލް. އަދި ބޮލުގަލާ ބްރައިލް ކްރީމް ކިޔާ އެއްޗަކާ މަދަރުސާ އަށް ގެންދާ ތެރަސް ފުޅި ބޯލާފަ ފުހެން ގެންގުޅޭ ރަބަރުވެސް މަ ކެއިން. ވަރަށް މީރު. އަނެއްކާވެސް ލޮލް

  14. ކުޑަބެ

    އަހަރުމެންވެސް މީދާ ގުއިި ސްޕެގެޓީ ކެއިން.މި ވާހަކަ ވެސް ހަބަރުގަ ޖަހާދީބަ….😄😄😄

  15. ާދަ ގްރޭޓް

    މަކެއިން މޫނުގަޖަހާ ފުށް….ވަރަށް މީރު…😋🤣

  16. ސައިބޯނި

    ޢާލިޔާ އަށް މިހާރު 23 އަހަރު. އެހެންވީމަ އެއީ ކޮން ޒަމާނެއްގެ ކުއްޖެއްތަ އެޒަމާނުގައި މިހާރު ހުންނަ ކަހަލަ ދިޔާ ސައިބޯނި ނުހުންނަން

  17. ހާޖަރާ

    މަވެސް ހިމެެެެެނޭ ގޮތައް މިބުނީ މިރާއްޖޭގަ އުޅެެނީ މޮޔާން.ލޮލް

  18. އާލް

    ސައިބޯނި ކެއުމުން ކަމެއް ނުވޭ ތަ

  19. ޥެލިކާ

    ކުޑައިރު މަ ކެއިން ވެލި އަދި ބިއްލޫރިވެސް މިހަަރުވެސް ކަން މިހަަރު އުމުރުން 25އަހަރު

  20. ބީރުބޯ

    ކުޑަ އިރު މަވެސް ދަގަނޑު ހަފަގެން ކެއިން. ލޮލް

  21. ޢާޅިޔާ ގެ މާާމާ

    ޗއިންގަމް ނުލިބިގެނ ބަބުކެޔޮ ގަހުގެ ކިރު ކެއިން ކުޑައިރު

  22. މަހުމިނުން

    ތިިިިިިީީ ވ. މީރު ކެއުމެއް