Follow us on
ނަފްސު ވިއްކާނުލާށެވެ.
| ފާނޫޒް.ކޮމް

ކޮންމެ މީހެއްގެވެސް އަގެއް އޮވެއެވެ. ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. އެހެނަސް ޙާލަތު ނިޔާކުރާ ގޮތުން ތިމާ ކަމަކަށް ބޭނުންޖެހޭ ވަގުތުތައްވެސް އަންނާނެއެވެ. އެހެނަސް ކޮންމެ މީހަކުވެސް އެމީހެއްގެ އަގު ހިފަހައްޓަން ޖެހޭނެއެވެ.

ނަފްސު ވިއްކާލުން ނުވަތަ ތިލަކޮށް ދަންނަވާނަމަ ހަލާލު ނޫން ފައިސާއަށް ބަޔަކަށް ނުވަތަ މީހަކަށް “Commit” ވުމަކީ އަދުގެ މުޖުތަމައުގައި އާންމު ކަމެއް ނޫނެވެ. ތިމާ އަޅެއްގެ ދަރަޖައަށް ވެއްޓެނީ ހަމަ އަމިއްލައަށެވެ.

ދުނިޔެެ މަތީގައި ބޭނުންކޮށްލަން ލިބޭ މަދު ފައިސާކޮޅަކަށް ނުވަތަ މުދަލެއްގެ ދަހިވެތިކަމުގައި ތިމާ ވިއްކާލުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ. ވުމާއެކު މިކަމުން ދުރުވުމަކީ ކޮންމެ މުސްލިމަކުވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް އަދުގެ މި މުޖުތަމައުން މިކަން މި ފެންނަނީ ދިމާ އިދިކޮޅަށެވެ. ކޮންމެ މީހަކުވެސް ދުވެފައި ދަނީ އެމީހަކަށް ފައިދާވާ، ގިނަ ލާރިލިބޭ ކޮޅަކަށެވެ. ތިމާގެ އަމިއްލަ ނަފްސު ވިއްކާލަނީ ވިސްނާލުމެއް ނެތިއެވެ. ތިމާއަށް ލިބޭ ހައްގުތައް ވިއްކައިގެނެވެ. މިއީ އަދު އަހަރެމެން ހިތާމަކުރަންޖެހޭ ކަމެކެވެ. ތިމާ އަމިއްލަ ވޯޓު ނުވަތަ އައިޑީކާޑު ވިއްކާލަނީ މިއަދު ދުނިޔެމަތީގައި އެ ލިބޭ މަދު ލާރި ކޮޅަށެވެ. އެހެނަސް މިފަދަ ކަންކަމުން ދުރުވެއްޖެ ނަމަ މާދަމާ ލިބޭނެ ނަސީބު މާބޮޑެވެ.

އަދުގެ މުޖުތަމައުގައި މިކަން އާންމުވުމާއެކު އެތައް ބައެއްގެ ހައްގުތަށް މިވަނީ ގެއްލިފައެވެ. ވާނީވެސް އެހެންތާއެވެ. އެއްބައެއްގެ ހައްގުތަކާއި މިނިވަންކަން ފެށޭ ހިސާބަކި އަނެއް ބައެއްގެ މިނިވަންކަމާއި ހައްގުތައް ނިމޭ ހިސާބަށް ވާނަމަ ހައްގުތަކުން މަހުރޫމުވާނޭ މީހުން ލައްކަ ގިނައެވެ.

ޣާފިލް ނިދިން ހޭލަމާ ހިނގާށެވެ. ތިމާއަކީވެސް އަގެއް ހުރި މީހެއްކަމުގައި ދެކިގެން މިފަދަ ކަންކަމުން ދުރުވަމާ ހިނގާށެވެ. ވަކި ކުލައެއްގެ ފަހަތުން ދުވެ، ނަފްސު ވިއްކާލައިގެން މިއަދު ދުނިޔޭގައި ލިބެން އޮތް ފައިދާއަށްވުރެ ބޮޑަށް އިސްކަމެއް ދޭންވީ އާޚިރަތަށެވެ. އެދުވަހުން ތިމާގެ އަމަލުތައް މިންކުރާނީ މިއަދު މިދުނިޔެ މަތީގައި ކޮށްފައިވާ ކަމަކަށް ބަލައިގެނެވެ. ތިމާ ދުނިޔެއާއި އަލްވަދާއު ކިޔާނީ މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ކޭޓީ

    ޑަންނަވަންތޯ މިހާރު މިގައުމު މަޖިލީހުގެ ގިނަ މެންބަރުން ަމިއްލަ ނަފްސު ވިއްކަނީ މަދައްކޮށް ނޫނެވެ.