Follow us on
އަވަހަށް ހިކެން ބޭނުންނަމަ މިގޮތަށް ޑައިޓްކުރޭ!
| މުޙައްމަދު އާޒިފް

ބަރުދަން ލުއި ކުރުމުގެ ނިޔަތުގައި ކޮންމެ ދުވަހަކު ކައްޓާއިން ހައެއްކަ ފަހަރު ބަރުދަން ބަލާ މީހުން އަހަރެމެން ގެ ތެރޭގައި މަދެއްނޫނެވެ. ކޮންމެ މީހެއް ވެސް އެމީހެއްގެ ހަށިގަނޑު ރީތި ބައްޓަމެއް ގައި ބެހެއްޓުމަށް އެކި ކަހަލަ މަސައްކަތް ކުރެއެވެ. އެގޮތުން ބަރުދަން ލުއި ކުރުމަށް އަހަރެމެން އެންމެ ގިނައިން ކުރާ ކަމަކީ ޑައިޓް ކުރުމެވެ.

އަހަރެމެން ދިވެހިން އާންމު ގޮތެއް ގައި ކޮށް އުޅެނީ ދެ ވައްތަރެއްގެ ޑައިޓެވެ. އޭގެ ތެރެއިން ފުރަތަމަ ވައްތަރަކީ ޑައިޓް ކުރުމުގެ ނަމުގައި ތަފާތު ވައްތަރުގެ ކާނާ، ކެއުމުގެ ތެރެއަށް އިތުރު ކުރުމުވެ. މިގޮތަށް ޑައިޓް ކުރާ މީހުންގެ ކެއުމުގެބައި ވަރަށް ފުރިހަމަ ވާނެއެވެ. ހަމައެކަނި މަދުވާނީ ކަސްރަތު ކުރުމުގެ ބައެވެ. ކަސްރަތު ކުރުމަކީ ބަރުދަން ލުއިވުމުގައި ވަރަށް މުހިންމު ބައެއް އަދާ ކުރާ ކަމެކެވެ. މިފަދަ މީހުން ކަސްރަތު ކުރިކަމުގައި ވިޔަސް، ހަށިގަނޑުން މަދުވާ ބައިގެ ދެ ގުނަ ކާނާ ކައި ކަސްރަތު ނުކުރުމެކޭ އެއްފަދަ ކުރެއެވެ. މިހެންވުމުގެ ސަބަބުން ގިނަ ފަހަރަށް މިކަހަލަ ޑައިޓްކުރާ މީހުންގެ ބަރުދަން ލުއިވުމުގެ ބަދަލުގައި ވަނީ އިތުރެވެ. ކަންމިހެން ހުރުމާއެކު މިކަހަލަ ޑައިޓް ކުރާ މީހުންގެ އަތުން ހަރަދު ވެގެން ދަނީ ބޭކާރު ފައިސާ ތަކެކެވެ.

ކެއިން ބުއިން ހުއްޓާލުމަކީ އަހަރެމެންގެ ތެރޭގައި ކޮށްއުޅޭ ދެވަނަ ވައްތަރުގެ ޑައިޓެވެ. މި ވައްތަރުގެ ޑައިޓް ކުރާ މީހުން ބޯނީ ހަމަ އެކަނި ކަޅުކޮފީ އެވެ. މި ޑައިޓް ކުރާ މީހުން ބަރާބަރަށް ކަސްރަތު ކުރާނެއެވެ. ނަމަވެސް ދެން އިތުރު ކަމެއް ކުރާނެހާ ވަރެއް ނުހުންނާނެ އެވެ. މިކަން މިހެން ދިމާވަނީ ރަނގަޅު ކާނާ ނުކެއުމުންނެވެ. ރަނގަޅު ކާނާ އަކީ ހަށިގަނޑު ފުރިހަމަ ސިއްހަތެއް ގައި ހުރުމަށް ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅު ކާނާ ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެއެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބުމުން ކަސްރަތު ކުރުމަށާއި، އެހެނިހެން ކަންތައްތައް ރަނގަޅަށް ކުރެވޭނެއެވެ. މި ޑައިޓް ކުރާ މީހުންގެ ހަށިގަނޑަށް މާބޮޑު ބަދަލު ތަކެއް ނާންނާނެ އެވެ. ނަމަވެސް ތަފާތު އެކި ވައްތަރުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކޮންމެ މީހެއްވެސް ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ބެހެއްޓަން ބޭނުންވާނެ އެވެ. ރަނގަޅަށް ޑައިޓް ކޮށް، ކަސްރަތު ކުރާނަމަ މިކަމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ނަމަވެސް އަހަރެމެންގެ ތެރޭގައި ކުރާ ޑައިޓް ގައި ކަސްރަތުކުރުން ނުވަތަ ރަނގަޅު ކާނާ ކެއުން މަދުވެ އެވެ. އެހެން ކަމުން ހިކެން ބޭނުންވާ ނަމަ މިކަންތައްތައް ރަނގަޅު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

  1. އައިޗަތު

    ބޭނުންވި ވަރަށް މައުލޫމާތެއް ނުލިބުނު

  2. ޟާއިރު

    ޑައެޓް ކުރާނެ ގޮތެއްނެތް. ޢެކަމު ސުރުހީގަ މިގޮތަށް ޑައެޓް ކުރާށޯ.. ސުރުހީ އާޢި ލިޔުން ނުގުޅޭ 🙄

  3. ބަހޫ

    މި ކޯއްޗެއް ލިޔެފަބާ!