Follow us on
ހިތްވަރާއެކު ކުރި މަސައްކަތުން މިއަދު މޮޅު ފޮޓޯގްރާފަރެއް
| އަޙުމަދު އަނަސް

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އޭރުވެސް ފޮޓޯނެގުމަކީ ވަރަށް ކުރާހިތްވާ ކަމެކެވެ. އެހެނަސް އޭރު ފޮޓޯ ނަަގަމުން އައީ ފޯނުންވެވެ.

މިއީ އުމުރުން 17 އަހަރުގެ މުޙައްމަދު އަފްޒަލް އެވެ. އަފްޒަލް އަކީ އެންމެ ކުޑައިރުއްސުރެ ފޮޓޯގްރަފީއަށް ލޯބިކުރާ، މިހާރު މި ދާއިރާގައި މަސަައްކަތްކުރަމުންދާ ވަރުގަދަ ޒުވާނެކެވެ. އަފްޒަލްގެ ވާހަކަވެސް ވަރަށް ތަފާތެވެ.

ކުޑައިރުއްސުރެ އަފްޒަލް ބޭނުންވަނީ ރީތި ފޮޓޯ ނަގާށެވެ. މޮޅެތި ފޮޓޯ ނަގާ، އެންމެން ލޯބިވާފަދަ ފޮޓޯގްރާފަރަކަށް ވާށެވެ. އެހެނަސް އޭރު އަތުގައި ރަނގަޅު ފެންވަރުގެ ފޮޓޯއެއް ނަގަން ބޭނުންވާ އާލާތްތަކެއް ނެތެވެ.

“އެންމެ ކުޑައިރުވެސް ފޮޓޯނަގަން. އެކަމަކު އޭރު ފޮޓޯނަގާ އުޅުނީ ފޯނުން. އެކަމަކު  ފޯނަށް އެކި ވައްތަރު ވައްތަރުގެ ފޮޓޯ އެޑިޓްކުރާ އެޕް އަޅައިގެން އެޑިޓްކުރަން. އަބަދުވެސް ބަލަނީ މޮޅު ގޮތަކަށް ފޮޓޯއެއް ނެގޭތޯ.”

އަފްޒަލް ނަގާފަައިވާ ފޮޓޯއެއް

އަފްޒަލް ބުނިގޮތުގައި އެންމެ ފުރަތަމަ ކެމެރާއަކުން ފޮޓޯއެއް ނަގަލުުމުގެ ފުރުސަތު ލިބުނީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން ދުވަހަކުވެސް އަފްޒަލް އަށް “ޑީއެސްއެލްއާރް” ކެމެރާއެއްގައި އަތް ޖަހާލަންވެސް ފުރުސަތެއް ނުލިބެއެވެ.

“އެންމެ ފުރަތަމަ ޑީއެސްއެލްއާރް އެއްގަ އަތް ޖަހާލަންވެސް ފުރުސަތު ލިބުނީ 2015 ވަނަ އަހަރު. އެއީ އޭރު ބޭންޑް ޓީޗަރަކަށް ހުރި ޖަޕާން  ޓީޗަރު ގެންގުޅުނު ކެމެރާ. ދެން އެ ކެމެރާއިން އޭރު ބައެއް ފަހަރު ފޮޓޯއެއް ނަގާލަން. އެކަމަކު ނޭނގޭ އޭގެ ވާނުވާއެއް. ހަމައެކަނި އެނގެނީ ފޮޓޮ ނެގޭކަން.”

އަފްޒަލް އޭނާ އެންމެ ފުރަތަމަ ޑީއެސްއެލްއާރް ކެމެރާއެއްގައި އަތް ޖަހާލަން ލިބުނު ދުވަހުގެ ތަޖުރިބާތައް ކިޔާދިނެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެހެނަސް އަފްޒަލް “މޮޅު ފޮޓޯގްރަަފަރަކަށް” ވުމަށް ދެކެމުން އައި ހުވަފެނަށް ކުޑަވެއް ކިލަނބުކަމެއް ނާދެއެވެ. އޭނާ އިންތިޒާރުކުރަމުން އައީ އަމިއްލަ ކެމެރާއެއް ލިބޭނެ ދުވަހަކަށެވެ. އެގޮތަށް ހުރެފައި ޓިވެޓް އޮތޯރިޓިއިން ލ.ފޮނަދޫގައި ބޭއްވި ފޮޓޯގްރަފީ ކޯހެއްގައި ބައިވެރިވުމަށް އޭނާ އަޒުމުކަނޑައަޅާ އަމިއްލަ ކެމެރާއެއްވެ ގަތެވެ. މިއީ އަފްޒަލް އަށް ފޮޓޯނެގުމުގެ ތެރެއަށް ލޯ ހުޅުވާލަން ލިބުނު ފުރުސަތެވެ.

ކުރި ހިތްވަރާއި ބުރަ މަސައްކަތުން އަފްޒަލް ކޯސް ފުރިހަމަކުރިއެވެ. އަދި ކޯހުގައި ބައިވެރިވި ގިން ދަރިވަރުންނާއި ޚިލާފަށް އަފްޒަލް ކޯސް ނިމުމުން ފޮޓޯނެގުން ހުއްޓާލީކީ ނޫނެނެވެ. އަފްޒަލް ފޮޓޯނަގަން ފެށި އަދި ކިރިޔާއެވެ.

އަފްޒަލް އަޒަލް.އެމްވީގެ ނަމުގައި ފޭސްބުކް ޕޭޖެއް ހެދިއެވެ. އަދި އޭނާ ނަގާ ފޮޓޯތައް އެ ފޭސްބުކް ޕޭޖުގައި ހިއްސާކުރަމުން ދިޔައެވެ. އަދި އޭނާގެ އިންސްޓަގްރާމް އެކައުންޓުގައިވެސް ހިއްސާކުރަމުން ދިޔައެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ. ބޮޑެތި އިންސްޓަގްރާމް އަފްޒަލް ކުރި ބުރަ މަސައްކަތުން އޭނާ ނަގާ ފޮޓޯތައް ބޮޑެތި އިންސްތަގްރާމް އެކައުންޓުތަކުން ޖާގަ ހޯދަން ފެށިއެވެ.

Beauty is truth's smile when she beholds her own face in a perfect mirror.

Posted by Azal on Saturday, 13 October 2018

ކުރިން ފޯނުން ފޮޓޯނެގި ނަމަވެސް މިއަދު އަފްޒަލް އަކި ވަރުގަދަ ފޮޓޯގްރަފަރެކެވެ. ގިނަ ބަޔަކު ލޯބިވާ ފޮޓޮގްރާފަރެކެވެ. މިހާ އަފްޒަލް އެކި އަގުތަކުގައި ފޮޓޯނަގައިދެއެވެ. އެގޮތުން އަފްޒަލް މިހާރުވެސް ވަނީ ކައިވެނި ޕާޓީތަކުން ފެށިގެން ގޮސް ޕޯޓްރެއިޓް ފޮޓޮތަކާއި ހަމައަށް ނަގާފައެވެ.

އަފްޒަލް ދެކޭގޮތުގައި އޭނާއަށް މިހާހިސާބަށް މި އާދެވުނީ އެތައް ބައެއްގެ އެހިތެރިކަމާއި އެކުގައެވެ. އެގޮތުން އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރަނީ އޭނާއަށް ހިތްވަރުދީ އެހީތެރިވާ އެކުވެރިންނަށެވެ. އަދި ޚާއްޞަކޮށް އައި ކޭންޑީ، ހެޕީ، ޒައީމް އަދި ޒޮލް އަށް ޝުކުރު އަދާކުރުކެއެވެ.

އަފްޒަލް އެންމެ ކުރިން ކެމެރާ ހިފައިގެން މަގުމައްޗަށް ނުކުތުމުން ގިނަ ބަޔަކު ކުރީ މަލާމާތެވެ. އެހެނަސް މިއަދު އެ މަލާމަތްކުރި މީހުންވެސް އަފްޒަލްހެ ކިބައިން އެދެނީ ފޮޓޯއެއް ނަގާިނުމަށެވެ. މިއީ އަފްޒަލް އަށް ލިބޭ އުފަލެކެވެ.

އަފްޒަލް އަކީ ހަމަ ޔަގީނުންވެސް ހިތްވަރުގަދަ ޒުވާނެކެވެ. ކަމެއް ކާމިޔާބުވާނީ އަތުގައި އޮންނަ އާލަާތަކުން ނޫންކަމާއި، ކުރާ މަސައްކަތުންކަން އަފްޒަލްގެ ވާހަކައިން އެބަ އެނގެއެވެ.

https://www.facebook.com/azal.mv/

ޚިޔާލު ފާޅުކުރައްވާ

  1. އަބުޅަ

    މޮޅު ފޯޓޯގުރާފަރަކަށް ވުމަކީ ތިމާ އެނަގާ ފޮޓޯއަކުން ޙާސިލްކުރަން ބޭނުންވާ މަޤުސަދު ޙާސިލްކުރެވުމެވެ. މިސާލަކަށް މިހާގެ ފޮޓޯއެއް ނަގާއިރު ބޮލުންފެށިގެން ކަށިމަތި މެދާ ހަމަޔަށް ހުރުމުގެ ބަދަލުގަ އެ ފޮޓޯ ފުރިހަމަވާނީ ބޮލުން ފެށިގެން ފައިތިލައިގެ ނިޔަލަށް ނެގުމެވެ. އެމީހާ ހުރި މާހައުލުގެ ރީތިކަން ދައްކަން އެގޮތަށް ފޮޓޯއެއްނަގާނަމަ އެ މާހައުލަށް ފޯކަސްކުރެވެންވާނެއެވެ. މިހާލަތުގަ ފައިތިލަޔާ ހަމަޔަށް ނުނެގުނަސް އެންމެރަނގަޅެވެ. ރޭގަނޑު އަނދިރީގަ ލޭމްޕެއް އެގޮތަށް ހިފަހައްޓާނަމަ (ފޮޓޯގައިވާ ގޮތަށް) އެ ލޭމްޕްގެ އަލިން މީހާގެ މޫނު އިތުރަށް ގްލޯރ ވާންޖެހޭނެ (ފޮޓޯގެ ދެންހުރި ބައިތަކަށްވުރެ ބޮޑަށް). މާބަނޑު މީހާގެ ފޮޓޯގަ ޝެޑޯއާ އެކު ނެގިއިރު ޝޭޑޯގަވެސް މީހާ ފުރިހަމަވާންޖެހޭނެ، އެނެންނޫނީ އެ އަދި ފުރިހަމަ ފޮޓޯއަކަށް ނުވާނެ.