Follow us on
ޒާން އުފާކޮށްލަން ވީވަރަކުން އެހީވޭ
| އީމާ ވަހީދު

އެހެން މީހެއްގެ ހާލަތު ގަލަމަކުން ބަޔާންކޮށްދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެބައެއްގެ އިހްސާސްތައް ދެނެގަންނަން މަސައްކަތްކުރިޔަސް، އެފަދަ ހާލަތެއް ދިމާނުވަނީސް އެކަން ފަހުމުކޮށްދޭން ދަތިވާނެކަން ކަށަވަރެވެ.

ހދ. ވައިކަރަދޫ، ހިސާން، އައިމިނަތު އިހުސާނާ އާއި އަދި ހަމަ އެރަށު މުނިއާވިލާ އަހްމަދު ޒަބީރުގެ ފިރެހެން ދަރިފުޅު ޒާން ޒަބީރު އަކީ އެންމެން 9 އަހަރުގެ ކުއްޖެކެވެ. ޒާންގެ މޫނުމަތިން ކިތަންމެ ލޯބި މައުސޫމު ހިނިތުންވުމެެއް ފެންނަން ހުއްޓަސް އެ ތުއްތު ފުރާނަ އެދަނީ އެތައް އުނދަގޫތަކެއް ތަހައްމަލު ކުރަމުންނެވެ. ޒާން އަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މި އުފެދުމުގައި ހުރި އުނިކަމުގެ ސަބަބުން ޒާންއަށް ކަންކަމަށް ސަމާކަލުންދީ ވާހަކަ ދެއްކުމުގައި އެތަށް ދަތިތަކަކާއި ކުރިމަތި ލާން ޖެހެއެވެ. އެހެންނަމަވެސް ޒާންއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ.

ޒާން ވެސް އެހެން ކުދިންނެކޭ އެެއްފަދައިން އޭނާގެ އާއިލާ މީހުންނާއި އެކުވެރިންނާއި އަދި އޭނާގެ މަންމައާއި ބައްޕައާއި ވާހަކަ ދައްކާ މަޖާ ކޮށްލަން ބޭނުންވެއެވެ. އެމީީހުން ކިޔައިދޭ ވާހަކަތައް އަޑުއަހަން ބޭނުންވެއެވެ. ޒާންވެސް އޭނާގެ އެހެން ރައްޓެހިން ފަދައިން އުފަލުގައި އުޅުމުގެ ހުވަފެން ދެކެއެވެ.

Hi, This is Zaan.Zaan loves to listen to stories and watch cartoons. He is 9 years and loves sharing hugs with people…

Posted by Zaan on Monday, 29 October 2018

ރިސާޗްތަކުން ދައްކާ ގޮތުން ސްޓެމް ސެލް ޓްރީޓްމެންޓްއަކީ އޯޓިޒަމްގެ މިފަދަ ތަފާތު މައްސަަލަތަކާ ކުރިމަތިލާ ކުދިންނަށް ހުރި ރަނގަޅު ފަރުވާއެކެވެ. ޒާން އަށް މި ފަރުވާ ދެވިއްޖެނަމަ އޭނާގެ ވާހަކަދެއްކަން ފަސޭހަވުން ފަދަ ސެންސޮރީ މައްސަލަތައް ރަނގަޅުވާނެއެވެ. މީގެ ސަބަބުން ވަށައިގެންވާ މާހައުލަށް ހޭލުންތެރިވެ އަމިއްލަ ކަންކަމަށާ އެހެނިހެން ކަންކަމަށް ސަމާލުކަން ދެވޭލެއް ބޮޑުވެގެންދާނެއެވެ. އާންމުގޮތެއްގައި އެ ފަރުވާގެ ސަބަބުން އޯޓިޒަމްގެ އަލާމާތްތަށް ރަނގަޅުވުމަށް މަގުފަހިވެއެވެ. ވީމާ ޒާންް ވެސް ރަނގަޅުވުމުގެ އުއްމީދު އެބަ އޮތެވެ.

މިއަދު ޒާން ބޭނުންވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީއަކައަށެވެ. ސްޓެމް ސެލް ޓުރީޓުމެންޓު ހެދުމަަށްޓަކައި 12000 ޑޮލަރު ބޭނުންވެއެވެ. ޒާން އަދި އޭނާގެ އާއިލާއިން މިއަދު އެދެނީ ޒާން އަށް އެހީތެރި ވުމަށެވެ.

އެ މައުސޫމު ކުއްޖާގެ ދިރިއުޅުމަށް އަލިކަމެއް ލިބެން އޮތީ ތިޔަ ހުރިހާ ބޭފުޅުންގެ ދީލަތި އެހީއިންނެވެ. ފާނޫޒުގެ ޓީމުން އުންމީދުކުރަނީ ޒާންގެ ބައްޔަށް ވީހާވެސް އަވަހަކަށް ފަރުވާ ކުރެވޭނެ ގޮތް މިންވަރު ވުމެވެ.

ޒާން އަށް އެހީތެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ޒާންގެ މަންމަ، އައިމިނަތު އިހުސާނާގެ އެކައުންޓަށް ލާރި ޖަމާކުރެއްވުމަށް އާއިލާއިން އެދިލައްވައެވެ.

7770000023486 (ދިވެހި ފައިސާ އެކައުންޓް)
7770000025637 (ޑޮލަރު އެކައުންޓް)


ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޚިޔާލު ފާޅުކުރައްވާ