Follow us on
ލޯބިވެރިޔާ ބުންޏަސް “ބެސްޓީ” އާ ދުރުނުވާށެ!
| ޒިދާން މުޙައްމަދު

ދައްކަން މިއުޅެނީ މަދެއްކޮށް ނަމަވެސް ދިމާވާ ކަމެެއްގެ ވާހަކައެވެ. އެއީ، ލޯބިވެރިޔާ ބުނެގެން ނުވަތަ ލޯބިވެރިޔާ ނުރުހިގެން “ބެސްޓީ” (އެންމެ ގާތް އެކުވެރިޔާ) ދޫކޮށްލާ ވާހަކައެވެ.

ތިމާގެ ލޯބިވެރިޔާގެ ފަރާތުން ކަމަކާއި ނުލާ “ބެސްޓީ” އާ ދުރުވުމަށް އަންގާ އެންގުމަކަށް ނުވަތަ އިޢުލާނަކަށް ތިމާ ތަބާވާން ނުޖެހޭ އެތައް ކަމެއް އެބަހުށްޓެވެ.

ފުރަތަމަ ކަމަކަށް ތިމާ ދެކެ އިންތިހާ ލޯބިވާ ގާތް އެކުވެރިޔާއާ ރުޅިވުމަށް، ލޯބިވެރިޔާ އެދިއްޖެ ނަމަ އޭގެން ހާމަވަނީ، ތިމާ ދެކެ އެ ލޯބިވެރިޔާގެ ހިތުގައި ލޯބި އޮތްލެއް ކުޑަކަމެވެ. ލޯބިވެރިޔާގެ ބޮޑާ ކަމެވެ. އަމިއްލަ އެދުން ބޮޑު ކަމެވެ.

ދެވަނަ ކަމަކަށް ވިސްނާށެވެ. ހެޔޮއެދޭ ލޯބިވާ ރަހުމަތްތެެރިއެއް ވަރަށް މަދުވާނެއެވެ. ނަމަވެސް، ތިމާ ބޭނުން ނަމަ ސަތޭކައިން ބިޓުން ލިބިދާނެއެވެ. ނޫން ހެއްޔެވެ؟ ވީއިރު ލޯބިވެެރިޔާގެ އެދުމަކަށް، ރަހުމަތްތެރިކަމުގައި ކޮޅުފައިން ޖަހަން ހެޔޮނުވާނެއެވެ. ހަމަ ޔަޤީނުންވެސް ހަމަ ބުއްދި ހުރި، ހޭޖެހޭ މީހަކު ނުކުރާނެ ކަމެއްކަން އަޅުގަނޑަށް ކަށަވަރުން ޔަޤީނެވެ.

އެކުވެރިން ބައިތިއްބުމަކީ ތިމާގެ އަމިއްލަ ކަމެކެވެ. ވީއިރު ލޯބިވެރިޔާ އެ ކަމާ ބެހުމުގެ މާނައެއް ނެތެވެ. ލޯބިވެރިޔާއަށް ވެސް ނުބެހެވޭ ކަންކަން ހުންނާނެ ނޫން ހެއްޔެވެ؟ އެގޮތުން ތިމާއާ ތިމާގެ ރައްޓެހިންނާއި، އާއިލާާއާ އޮންނަ ގުޅުމަކީ ލޯބިވެރިޔާއަށް ބެހެވިގެން ނުވާނެ ކަމެކެވެ. އެ ފުރުސަތު ނުދޭށެވެ. ތިމާގެ ހައްޤުތަކެއްވެސް ވެއެވެ. ތިއީ މީހެއްގެ އަޅަކަށް ނުވާށެވެ.

ނިންމާލަމުން ވެސް ބުނެލަން ބޭނުމީ “ދެލޯފުޅާ ރަންކޮޅާއެ، ލޯބިވެރިޔާ ބުންޏަސް ބެސްޓީއާ ގުޅުން ނުކަނޑައްޗެ.” ސަބަބު މިހާރު އެނގޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ