Follow us on
ކޮންމެ މީހަކު ރަށުތެރެއިން ކޮތަޅެއްގެ ކުނި ހޮވާފަ ފޮޓޯ ފޮނުވަބަލަ!
| ފާނޫޒް.ކޮމް

އިންޑިޔާ ކަނޑުގެތެރެއަށް އުކާލެވިފައިވާ ރަން މުތީތެއްފަދަ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ރީތި ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ. ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމަކީ ކޮންމެ މީހަކުވެސް ބަލާ ފޫހިނުވާފަދަ ރީތިކަމެކެވެ. ދުނިޔެމަތީގެ ސުވަރުގެ ފަދައިން ބޭރުމީހުން ރާއްޖެދެކެއެވެ. އަދޭހެވެ. ބޭރުމީހުން ރާއްޖެ ދެކެނީ ދެވެނައެއް ފަދައިންނެވެ.

އެހެނަސް މިއަދު މިފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެކެވެ. މަގުމަތިން ފެންނަނީ ފުޅިއާއި، ދަޅާއި، ސިނގެރޭޓު ފިލްޓަރ ފަދަ ކުންޏެވެ. ރާއްޖޭގެ ދޮންވެލި ތުނޑީގެ ހުދުހުދު ހިމުން ދޮންވެލިތަކުގެ ތެރެއިން ފެންނަނީ އެކި ޒާތްޒާތުގެ ޕްލާސްޓިކެވެ. އެ ނޫކަނޑުގެ ތެރެއިން ގިނަވެފައިވަނީ ޕްލާސްޓިކް ކޮތަޅެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ މިނެޓެއްގެ ތެރޭގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 7160 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު މޫދަށް އެއްލާލައެވެ. އަދި އެ ޕްލާސްޓިކް ކޮތަޅުތަކުގެ ސަބަބުން އަހަރަކު އެތައް މިލިއަން ދިރުމެއް މަރުވެގެން ދެއެވެ.

މިކަން ހުއްޓުވަން އެބަޖެހެއެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރަން އެބަޖެހެއެވެ. ރަށުގެ ސަރަހައްދުތައް ސާފުކުރަން އެބަޖެހެއެވެ. ރާއްޖެ އަކީ ސާފު ތަނަކަށް ހަދަމާ ހިނގާށެވެ. ކުޑަ ކަމަކުން ނިކުންނަ އާޚިރު ނަތީޖާއަކީ ބޮޑު އެއްޗަކަށް ވެދާނެއެވެ. އެގޮތުން މިއޮތީ ކުރަން ވަރަށް ސަޅި ކަމެކެވެ.

ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅޭ ރަށުން ކޮތަޅެއްގެ ކުނި ހޮވަމާ ހިނގާށެވެ. 1000 މީހުން 1000 ކޮތަޅުގެ ކުނި ނަގައިފިނަމަ އެއީވެސް ވަރަށް ބޮޑު ކުރިއެރުމެކެވެ. އަޅުގަނޑުމެންގެ މިޤައުމު ސާފުކުރަން އިތުރު މީހެއް ނާންނާނެއެވެ. އެހެންކަމުން މިފަހަރު އެންމެންވެސް މިކަން ކުރަމާ ހިނގާށެވެ. ކޮންމެ މީހަކުވެސް އެމީހަކު ދިރިއުޅޭ ރަށަކުން ކޮތަޅެއްގެ ކުނި ހޮވާފައި ފޮޓޯ ފޮނުވާށެވެ. ހުރިހާ އެންމެންގެ ފޮޓޯވެސް މިމަހުގެ 19 ވަނަ ދުވަހު އާންމުނަށް ފެންނަގޮތަށް ފާނުޒުގެ ފޭސްބުކު ޕޭޖުގައި ޝާޢިޢު ކުރެވޭނެއެވެ.

ރަށުތެރެއިން ކޮތަޅެއްގެ ކުނި ހޮވުމަށްފަހު އޭގެ ފޮޓޯ ފޮނުވާނީ ފާނޫޒު ވައިބާ ނަމްބަރ 7424787 އަށެވެ. މިފަދަ ކުޑަކަމަކުންވެސް ބޮޑު ބަދަލެއް ގެނެވިދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

 1. ޅެންބެ

  ލޮލް

 2. އުތީމް / މުދިން މުޙައްމަދުބޭ

  ތީ ވަރަށް ސަޅިކަމެއް…

 3. ދޮންބެ

  ތިކަމަށް ވަރަށް ތާއީދު.
  އަދި ތިކަމުގެ ސަބަބުން މަގުމައްޗަށް ކުނިއެޅުން މަދުވާނެކަމަށް އުންމީދުކުރަން.
  މިއަންނަ އަހަރު ތިކަހަލަކަމެއްގައި އެތައްހާސް ބަޔަކު ބައިވެރިވެގެންވެސް 1000 ކޮތަޅު ހަމަ ނުކުރެވޭ ވަރަށް ކުނިއެޅުން މަދުވާނެކަމަށް އުންމީދުކުރަން.