Follow us on
މާލޭގަ އުޅުމަށްވުރެ ރާއްޖެތެރޭ ދިރިއުޅުން މާ އޮބި!
| އީމާ ވަހީދު

އިންޑިއާ ކަނޑުގެ މެދަށް އުކާލެވިފައިވާ މުތީތަކެއް ފަދަ މި ކުޑަ ކުޑަ ދިވެހި ރާއްޖެއަކީ މިތަނަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ސުވަރުގެ ފަދަ ތަނެކެވެ. މި ރަށްތަކުގެ މަތިން އުދުހިފައި ދާ ކާޅާއި އަދި އެކި ވައްތަރުގެ ދޫނި ސޫފާސޫފި އިހުސާސް ކުރަނީ މި ޖައްވުގެ މިނިވަން ކަމާއި ހަމަހިމޭން ކަމެވެ. މި ރަށްތަކުގެ ދޮންވެލި ތުނޑިތަކުގައި ފައި ބީއްސާލާ ކޮންމެ މީހެެއްގެ ރޫހު ތާޒާ ކޮއްލަދެނީ ހޭޅި ފަށުން އިވެމުންދާ ވައި ރޯޅިތަކުގެ ލުއިލުއި މިޔުޒިކުންނެވެ. މި ދޮންވެލި ތުނޑިތަކުގެ ރާޅުޖެހާ ފަށުގައި ފައި ބީއްސާލުމުން އަޅުގަނޑުމެންނަށް މަރުހަބާ ކިޔަން އަންނަނީ ހިންދު ކަނޑުން ފުރޭނިގެން ސާފުވެގެން އަންނަ ކުދި ކުދި ރާޅުތަކެވެ. މި ކުދި ކުދި ރަށްތަކުގެ ރީތި ކަމުގެ ވާހަކަ ކިޔައި ހުސްނުވާނެއެވެ.

އެހެނަސް މިއަދު ގިނަ ދިވެހިން އިހުތިޔާރު ކުރަނީ މި އަމާން ހިތްފަސޭހަ ދިރިއުޅުމަށް ވުރެ މާލޭގެ ހަލަބޮލި ދިރިއުޅުމެވެ. އައިލާ އެެއްކޮށް އެެއް ކޮޓަރިއެެއްގައި ނިދަން ޖެހުނު ކަމަށް ވިއަސް ގިނަ ދިވެހިން ފައި ވިއްދާލަނީ މާލޭގައި ވަޒަންވެރި ވުމަށެވެ. ތިމާއަށް ލިބޭ އާމްދާނީ އިން ދެކޮޅު ނުޖެހުނު ކަމުގައި ވިއަސް ވަރިހަމަ ކަމަށް ހަދައިގެންނެވެ. ރަަށްފުށުގެ ދިރިއުޅުމާއި މާލޭގެ ދިރިއުޅުމާއި އުޑާ ބިމާއި ހާ ތަފާތެވެ. އެހެންކަމުން ރަށްފުށު ދިރިއުޅުމާއި މާލޭގެ ދިރިއުޅުމާއި ހުރި ތަފާތަ ތަކަށް ބަލައިލަމާ ހިނގާށެވެ. ރަނގަޅު ތަނެއް އިހުތިޔާރު ކުރާނީ ތިޔަ ބޭފުޅުންނެވެ.

އާދޭހެވެ. ގިނަ އާއިލާތައް މާލެ ބަދަލުވަނީ ހިތުން ރުހުމުން ބޭނުންވެގެންނެއް ނޫނެވެ.. ގިނަ ފަހަރަށް ދަރިންގެ މުސްތަގުބަލަށްޓަކައި މަޖުބޫރު ވެގެންނެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދާ ދިނުމަށް ޓަކައެވެ. އެހެނަސް މިހެން މާލެ ބަދަލުވާ އާއިލާތައް މާލޭގައި އުޅޭނެ ގޮތަށް ބަލައިލަމާ ހިންގަވާށެވެ.

“ކޮންކުރިޓު ޖަންގަލީގެ” ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މާލޭގައި މިއަދު އުޅޭނޭ ހިޔާވެއްސެއް ފޯރާ އަގެއްގައި ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. ކުޑަކުޑަ އެންމެ ކޮޓަރި ގަނޑަކާއި ކާތަނެއް އެއްކޮށް ވެސް އެންމެ އަގުހެޔޮކޮަށްވެސް ލިބޭނީ 7000 ނުވަތަ 8000 ދިވެހި ރުފިޔާއަށެވެ. ތިމާއަށް ލިބޭ މުސާރާގެ ބޮަޑުބައި ހަރަދު ވެގެން ދަނީ އުޅޭ ތާނުގެ ކުއްޔަށެވެ. ދެން ވިސްނާލައްވާށެވެ!. ރާއްޖެތެރޭ ރަަަށެއްގައި އުޅޭ މީހަކު 8000 ރުފިޔާއިން ހުރިހާ ހަރަދުތަކެއް ހިފަހައްޓާލައި އަދި ބާކީވެސްވެއެވެ. މާލޭގައި ދިރިއުޅޭ މީހާ ހަމައެކަނި އަދި ގޭ ކުލި ދައްކައިގެން ސަލާމަތް ވީކީ ނޫނެވެ. އަދި ކަރަންޓު ބިލާއި ފެން ބިލު އެބައޮތެވެ. މިހުރިހާ ބިލުތަކެެއް ދައްކާ ނިމޭއިރު އޮންނަނީ މުސާރައަށް ވީގޮތެއް ނޭގިފައެވެ. މަސް ދެބައި ނުވަނީސް ޖެހެނީ ގޭގެ ހަރަދުތައް ބަލަހައްޓަން ކޮންމެވެސް އެކުވެރިއެއްގެ އަތުން ލޯނަަަށް ރުފިޔާކޮޅެއް ނަގަން ޖެހިފައެވެ. ލިބޭ އާމްދަނީން އޮންނަނީ ދެކޮޅު ނުޖެހިފައެވެ. އަދި ފަހަށް ރައްކާކުރާނޭ އެއްޗެއް ނޯވެެއެވެ. އެހެނަސް ރާއްޖެ ތެރޭ ރަށެއްގައި ދިރިއުޅޭ މީހަކަށް ރަނގަޅަށް ދެކޮޅު ޖެހިގެން ދަރަންޏަށް ލާރި ނުނަގާ އުޅެވެއެވެ.

ހަމަހިމޭންކަމާއި ހިތްފަސޭހަކަމާއި އަދި އަމާންކަމަށް ބަލައިލިނަމަވެސް ރަށްފުށުގެ ދިރުއުޅުން މާ ރަނގަޅެވެ. މާލޭގައި ދިރިއުޅޭ މިހާ އާދަވެފައި ހުންނަނީ ދުއްވާ އެއްޗެހީގެ އަޑުތައް ކަހަލަ އެކި އެކި އަޑުތަކަށެވެ. އެހެނަސް ރަށްފުށުގައި އުޅޭ މީހާ އާދަވެފައި ހުންނާނީ ކޮވެލި އަދި ކާޅުގެ އަޑަށެވެ. މާލޭގައި މިއަދު އެއްވެސް ވަރަކަށް އަމާންކަމެއް ނެތެވެ. ވައްކަމާއި ފޭރުމާއި މާރާމާރީ އަދި މީހުން މެރުން ކަހަލަ ކަންތައް އިންތިހާ ދަރަޖައަށް އިތުރުވެފައެވެ. މިއަދު މާލޭގެ މަގުތަކުން ހިނގަން ޖެހެނީ ބިރުން ހިތްސިހިސިހި ހުރެއެވެ. އެހެނަސް ރާއްޖެތެރޭ ރަށެއްގައި އުޅޭ މީހުން އުޅެނީ އެކަހަލަ އެއްވެސް ބިރެއް ނެތި ސަލާމަތް ކަމާއި އަދި އަމާން ކަމާއި އެކުގައެވެ.

މިހެން ކިޔަންޏާ ކިތަންމެ ތަފާތެއް ވެސް ކީ ދާނެއެވެ. ރަށްފުށާ މާލެއާއި އެތަކެއް ތަފާތު ތަކެއް ވެއެވެ. އަމާންކަމާއި ހިމޭންކަންމަތީ އުޅެވޭނީ ރަށްފުށުގައެވެ. އެެހެނަސް ދަރިންގެ ހައްގުގައި ގިނަ އާއިލާތައް މާލޭގެ ހަލަބޮލި ދިރުއުޅުން ހިޔާރު ކުުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

 1. ބިގަރު

  މިލިޔުމުން މިއިނގުނީ މާލެޔަކީ ރާއްޖޭން ބޭރު ރަށެއްކަން ކަރަންޓް ބިލް ވެސް އެހެން ރައްތަކުގައި ދިރިއުޅޭ މީހުން ދައްކަންނުޖެހެޭކަން މިކަހަލަ ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައް:

 2. ސީން

  ހައްހައްހާ

 3. ރަށުމީދާ

  ޢޮބިނަމަ މޮޔަވެގެންއެންމެން މާލެ ނާންނާނެ
  އޮބިނަމަ ރާއްޖެތެރޭ މީހުން މާލެ އަންނަހެން މާލޭމީހުން ރާއްޖެތެރެ ޚިޔާރު ނުކުރަންވީ ކީއްވެ