Follow us on
ވެސްޓާން ހެދުމަށްވުރެ ދިވެހި ލިބާސް މާ ޗާލު
| އީމާ ވަހީދު

ހުދު ކުލައިގެ ދޫލައެއް ފަދަ ދޮންވެލި ގަނޑުގައި ފަރި ގޮތަކަށް ހިނގަމުން ދިޔަ އަންހެން ކުއްޖާ ކިތަންމެހާވެސް ފުރިހަމައެވެ. އެކުއްޖާ ދިމާ ބަލައިލުމުން ދިވެހި ކަނބަލެއް ކަމުގެ ރަމުޒު ދައްކުވައިދެއެވެ. އޭނާ ލައިގެން ހުރި ހެދުމުން ދިވެހިވަންތަކަން ފެންނަމުން ދިޔައެވެ. އެ ހެދުމުގެ ކަރުދޮށްް ޖަރީކޮށްފައިވަނީ ކަސަބުންނެވެ. އެއީ މިޒަމާނުގެ އެންމެ ފަހުގެ ފެޝަނަބަލް ހެދުމެއް ނޫނެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން ދިވެހި އަންހެން ކަނބަލުން ލައިގެން އުޅުނު ދިވެހި ލިބާހެވެ. ކަސަބާއި ބޯވަޅުން ޖަރީ ކޮށްފައިވާ އެ ރަތް ލިބާހުގައި އެކުއްޖާގެ ރީތިކަމާއި އަންހެން ވަންތަކަން އެތައް ހާސް ގުނައަކަށް އިތުރު ކޮށްދިނެވެ.

ދިވެހި އަންހެން ކަނބަލުން ކުރިން ލައި އުޅުނު ދިވެހި ލިބާހަކީ ދިވެހިންގެ ރަމުޒެވެ. މިއަދު ހާއްސަ މުނާސަބަތަކާއި ގުޅިގެން ނޫނީ ދިވެހި ރަތް ލިބާސް ނުލިއަސް މިއަދުވެސް ދިވެހި އަންހެނުން ރީތީ ދިވެހި ލިބާސް ލައިގެން ހުންނައިރެވެ. އެ ލިބާހުގެ ކަރުވަޅުގައި ކަސަބުން ޖަރީކޮށްފައި ހުންނައިރު ހީވަނީ ރަނާއި ރީހީގެ އުޅާގަނޑު ކަރުގައި އަޅާފައި ހުންނަ ހެންނެވެ. ލިބާހާއި ކަނޑިކި ލައިފައި ހުންނައިރު ރީތިކަން އެތައް ހާސް ގުނައަކަށް އިތުރު ކޮށްދެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އަދި މެހެމާނުންވެސް ވަރަށް ޝައުގުވެރިކަމާއި އެކު ދިވެހި އަންހެން ކަނބަލުން ކުރިން ލައި އުޅުނު ދިވެހި ލިބާސް ލައެވެ. އެމީހުންނަށް އެ ރަތް ލިބާސް ލެވުމުން ވަނީ ފަހުރަކަށެވެ. އެމީހުންވެސް ތިބެނީ ދިވެހި ލިބާހުގެ ރީތިކަމުން އާޝޯހުވެފައެވެ. އެހެނަސް މިއަދު ގިނަ އަންހެން ކުދިންނަށް ދިވެހި ރަތް ލިބާސް ލުން ވެފައިވަނީ ލަދަކަށެވެ. މިއަދު ގިނަ ކުދިން ދެކޭ ގޮތުގައި ދިވެހި ލިބާސް ލުމަކީ ވަރަށް ނާތަހުޒީބީ ކަމެކެވެ. މިއީ އަޅުގަނޑުމެން އެންމެން މިއަދު ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މިއަދު ދިވެހި އަންހެން ކުދިން ލައި ޓޮޕާއި ޖީންސްއަށް ވުރެ ދިވެހި ރަތްލިބާހާއި ކަނޑިކި ލާފައި ހުރުމުން މާ ރީއްޗެވެ. މިއަދު މިލައި އުޅޭ ފަހުގެ ހެދުންތަކަށް ވުރެ މިއަދުވެސް ދިވެހި ރަތް ލިބާސް ލުމުން މާ ރީއްޗެވެ. ހަގީގަތަކީ މިއަދުވެސް ދިވެހި ކަނބަލުން ރީތީ ދިވެހި ރަތް ލިބާސް ލައިގެން ހުންނައިރެވެ.

ހިތާމައާއި އެކީ މިފަހަކަށް އައިސް މިއަދުގެ އަންހެން ކުދިންނަށް ދިވެހި ރަތް ލިބާސް ކަމުނުދިޔުމެވެ. މިޒަމަނުގެ އަންހެން ކުދިންނަށް ލިބާސް ލުން ވަނީ ވަރަށް ކަޑަ އަދި ވައި ކަމަކަށެވެ. އެކުދިންގެ އެ ވިސްނުން ބަދަލުކުރަން މިހާރު ލަސް ވެއްޖެއެވެ. ދިވެހި ޅަދޮޅު އަންހެން ކުދިންގެ ހިތުގައި ދިވެހި ލިބާސް ލުމުށް ޝައުގުވެރި ކުރުވަން މިހާރު ލަސްވެއްޖެއެވެ. މިއަދުގެ ޒުވާން އަންހެން ކުދިން ލިބާސް ލުން ހަދަންވީ ލަދަކަށް ނޫނެވެ. ފަހުރަކަށެވެ.

ޚިޔާލު ފާޅުކުރައްވާ