Follow us on
ފޮނަދޫ ކަނބަލުންގެ ދުވަސް ފަށެނީ ހިތްގައިމު ބޮޑުމަގުން
| ފާނޫޒް.ކޮމް

ފަތިހު ހޭލުމަކީ އަހަރެން ކޮށްއުޅޭ ކަމެއް ނޫނެވެ. ހެނދުނު ނުވައެއްގެ ކުރިން އެންމެ ދުވަހަކުވެސް ނުތެދުވަމެވެ. ވުމާއެކު އޭގެ ކުރިން ރަށުތެރޭގައި ކަންކަން ވާގޮތެއް އަހަންނަކަށް ނޭނގެއެވެ. އެހެނަސް މީހެ ހަފްތާއެއް ކުރިން އެއްދުވަހަކު ފަތިހު އެކުވެރިޔަކާއެކު ފަތިސްގަޑިގައި ދުއްވާލަން ދިޔައިމެވެ. ދިވެހި ރާއްޖޭގައި އޮތް އެންމެ ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެންމެ ދިގު މަގުގައެވެ. އެ ހިތްގައިމު މަގުން ދުއްވާފައި ދިޔައިރު ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. އެތައް ކަންބަލުންނެއް އަދި ފިރިހެނުންވެސް މަގުމަތީގައި ހިނގާ، ކަސްރަތުކުރާ މަންޒަރެވެ.

ކަސްރަތުކުރުމަކީ ކޮންމެ އިންސާނަކަށްވެސް ވަރަން މުހިންމު ކަމެކެވެ. ވުމާއެކު ފޮނަދޫ ކަނބަލުންވެސް ހާއްސަ ސަމާލުކަމެއް ދީގެން ކަސްރަތުކުރެއެވެ. ފޮނަދުއަކީ ލ.އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ހައްދުންމަތީގެ ރަށްތަކުގެ ތެރެއިން އެންމެ ތަރައްގީވެ ތަޙުޒީބުވެފައިވާ ރަށަކީ ފޮނަދުއެވެ. އެހެނަސް ފޮނަދޫގައި އަދި ޖީމް އެއް ނެތެވެ. ވުމާއެކު ކަސްރަތުކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ އެދެވޭ ވަސީލަތްތައް ބޭނުންކޮށްގެން ކަސްރަތުކުރުމުގެ ފުރުސަތެއް ނުލިބެއެވެ.

” އަސްލު ދައްތަވެސް ވަރަށް ބޭނުން ރަނގަޅު ގޮތުގަ ކަސްރަތުކުރަން. އެކަމަކު އަދިވެސް މިރަށުން ކަސްރަތުކުރާނޭ ވަސީލަތްތަކެއް ނުލިބޭ. އެހެންވެ ދައްތަމެން ކޮންމެ ދުވަހަކު މިހެން ހިނގަން އަންނަނީ. ފޮނަދޫއިން ފެށިގެން ކައްދޫ އެއަރޕޯޓާއި ހަމައަށް ހިނގަނީ ކޮންމެ ދުވަހަކުވެސް. – ފަތިހު ހިނގަންދާ ފޮނަދޫ އަންހެނަކު ކިޔައިދިނެވެ. ”

ފޮނަދޫގެ ކަނބަލުންނަކީވެސް ދުޅަހެޔޮ ޞިއްހަތެއްގައި ތިބެން ބޭނުންވާ ބަޔަކަށްވެފައި، ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށް ކަސްރަތަކީ މުހިންމު އެއްޗަކަށް ވުމާއެކު ފެންވަރު ރަނގަޅު ކަސްރަތުކުރުމަށް ބޭނުންވާ އާލާތްތައް ލިބެން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނަސް ފޮނަދުގެ ރައްޔިތުންނަށް މިތަކެތި ނުލިބޭތީ ކަސްރަތުކުރުމުގެ ނަމުގައި އެންމެ ބޮޑަށް ކުރެވޭ ކަމަކީ ދުވުން ނުވަތަ ހިނގުމެވެ. އަދި ފޮނަދޫގައި ވަކިން މޫދަށް އެރުމަށް ނުވަތަ ޕިކްނިކް ދިޔުމަށް ޚާއްޞަކޮށްގެން ސަރަހައްދެއް ސާފުކޮށް، ބަލަހައްޓަމުން ނުދާތީ މޫދަށް އެރި، ފަތާލާނޭ ސަރަހައްދެއްވެސް ފޮނަދޫގެ ރައްޔިތުންނަށް ލިބިފައެއް ނެތެވެ.

Beautiful Laamu

Posted by Saaliha on Tuesday, 6 March 2018

ފޮނަދޫ ރައްޔިތުން ދާނޭ ޖީމެއް ނެތަކަސް ހާހެއް ނުވެއެވެ. ކޮންމެ ދުވަހަކު ދެދަޅަޔަށް ކޮންމެ މިހަކުވެސް ދިވެހިރާއްޖޭގައި ހެދިފައި އޮތް އެންމެ ދިގު މަގު، އަދި އެންމެ ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުގައި ހިނގަން ދެއެވެ. ދެފަރާތުގައި ގަސް ހެދިފައިވާ 17 ކިލޯމީޓަރުގެ މި މަގުގައި ހިނގާލުމުން ހިތަށް ހަމަޖެހުން ލިބިގެންދާކަމަށް މަގުގައި ހިނގާ ގިނަ ބަޔަކު ބުނެއެވެ. ވާނީވެސް އެހެންތާއެވެ. ގަސްތަލުން ލިބޭ ސާފުވަޔާއެކު މީހާ ތާޒާކޮށްގެއެވެ.

ފޮނަދޫ ކަނބަލުން ބޮޑު ފަތިހާ ތެދުވެ ހިނގަން ދިޔުމުން އެމީހުންގެ މުރާލިކަންވެސް އެބަ އެނގެއެވެ. ހިނގާ، ކަސްރަތުކުރުމަސްފަހު ކަންބަލުން ނިކުމެ ގޭ ދޮރުމަތީ ކުނިކަހަނީވެސް ނުހަނު މުރާލިކަމާއި އެކުގައެވެ.

ޚިޔާލު ފާޅުކުރައްވާ